އިންޑިއާގެ ޓީވީ އެކްޓަރ ޗައްހަތް ޚައްނާއަށް އެއް ދުވަސްތެރޭގައި ދިމާވި ބިރުވެރި ކަންތައްކުގެ ވާހަކަ އޭނާ މި ވަނީ ހިއްސާކޮށްފައެވެ. އޭނާ އެ ދުވަހު ފުރަތަމަ ދިމާވީ އޭނާއާއެކު ސެލްފީ ނަގަން އުޅުނު ޓެކްސީ ޑްރައިވަރެކެވެ. އެ ޑްރައިވަރު އޭނާއަށް ބިރުދެއްކީއެވެ. އަދި އޭގެ ފަހުން އޭނާ ފްލައިޓަށް އެރެމުން، ވިއްސާރައިގެ ސަބަބުން ފްލައިޓް ވަރަށް ބޮޑަށް ތެޅުވިއެވެ. އެކަމާއިވެސް އޭނާ ހުރީ ބިރުން ފިތްކަނޑައިގެން ދާ ވަރު ވެފައެވެ.

އެ ވާހަކަތައް މި ވަނީ މީޑިއާގެ ސަމާލު ކަމަށް އައިސްފައެވެ.

ދަ ބޭޑް އައްޗީ ލަގްތީ ހޭ އިން ފެނިގެން ދިޔަ ޗައްހަތް އެ ދުވަހު ދިމާވި ފުރަތަަމަ ހާދިސާ ކިޔާދެމުން އޭނާ ބުނީ، އޭނާ އެއާޕޯޓަށް ދާން ނެގި ކެބް ޑްރައިވަރު ކުއްލިއަކަށް، އޭނާ ކައިރިން އެދުނީ ސެލްފީއެއް ނެގުމަށް ކަމަށެވެ.

"އެއީ ރޭގަނޑު 4:00ޖެހި ހާއިރު، ދުއްވަމުން ގޮސް ކުއްލިއަކަށް ތަނަކަށް މަޑު ކުރުމަށްފަހު، އަހަރެން ކައިރީ އެދުނީ ކާރުން ފައިބައިގެން، އޭނާ ކައިރިއަށް ގޮސް ސެލްފީއެއް ނަގަން ކަމަށް. އެކަމާއި އަހަރެން ދެކޮޅު ހެދުމުން އެ ޑްރައިވަރު އޭނާއަށް އިންޒާރު ދިން". އޭނާ ބުނެފައި ވެއެވެ.

އެންމެ ފަހުން އޭނާ އެ މީހާ ކައިރިން ސަލާމަތްވާން ޖެހުނީ، ފުލުހުންނަށް ގުޅާނެ ކަމަށް ބުނެ އިންޒާރު ދީގެންނެވެ.

އެކަމުން ސަލާމަތްވެގެން އޭނާ ދިޔައީ އެއާޕޯޓަށެވެ. އެއާޕޯޓަށް ދެވުނީވެސް ހަމަ ކިރިޔާއެވެ.

އޭނާ ބުނީ، އެއާޕޯޓަށް އައިސް ފްލައިޓުގައި އިންދާ ވިއްސާރައިގެ ސަބަބުން ރަންވޭ މަތީގައި ބްރޭކް ޖެއްސުމުން ފްލައިޓް ވަރަށް ބޮޑަށް ތެޅުވި ކަމަށެވެ.

"އަހަރެންނަށް އެ ދުވަހު ހީވީ އަހަރެން މަރުވެދާނެއޭ. އެހެން ނަމަވެސް، އަހަރެންވެސް އަދި ފްލައިޓްގައި ތިބި އެންމެންވެސް ސަލާމަތްވި. އަދި ހަމަނޭވާއެއް ލެވުނީ ގެއަށް ދެވުނު ހިސާބުން".

ޗައްހަތް ފެނިގެންް ދިޔަ އިންޑިއާގެ ބައެއް އިތުރު ސީރީއަސްތަކަށް ބަލާއިރު، ކުބޫލް ހޭ، ދަ ފިލްމް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮޑުތަކުރުފާނު

    ދެންވަރަށްބިރުވެރި

    22
    4
    • ސަމް

      އެކަހަލަ ކަމެއް ދިމާ ވީމަ އިހުސާސް ކުރެވޭނީ

      14
      1
  2. ޔާމިން

    ކަލޭ މަރުވާނެ ތާއަބަދު ދުނިޔެއަކު ނޫޅެވޭނެ.

    15
    3
  3. ކުޅުދުއްފުށި-މާލެ

    މިއަދު ހެނދުނު ކުޅުދުއްފުށިން މާލެ އައި ފުލައިޓްގައި ވެސް ވަރަށް ބޮޑަށް ތަޅުވާލި. ވަރަށް ބިރުގަތް. އަސްލު ދިމާވީމަ އިނގޭނީ ބިރުވެރިކަން ހުރި މިންވަރު. އެއްފަހަރު ހިތަށްއެރި ބޯޓު މި ވެއްޓެނީއޭ.

    13
    1