އިސްކޮޅުން ކުރުމަކުން ސްކޫލްގައި (ގަނާ) ބުލީގެ ޝިކާރައަކަށް ވުމުން، ދުނިޔޭގައި އުޅެން ބޭނުން ނުވާ ކަމަށް ބުނެ ވާހަކަ ދެއްކި އޮސްޓްރޭލިއާގެ ކްއަޑޭން ބޭލެޒްއަށް މީސް މީޑިއާގައި ވެސް ގަނާއާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ބެލޭޒްގެ ވާހަކަ އޭނާ ކިޔައިދޭ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާގެ މަންމަ ފޭސްބުކްގައި އާއްމު ކުރުމުން ގިނަ ބަޔަކު ގެންދަނީ އޭނާ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބެލޭޒްއަށް އެހީވުމަށް "ގޯފަންޑްގައި" ހުޅުވާފައިވާ ފަންޑަށް 450000 އަށް ވުރެ ގިނަ ފައިސާ ލިބިފައެވެ. އަދި މަޝްހޫރު އެތައް ބަޔަކު ގެންދަނީ އެމީހުން ބެލޭޒްއާއި އެކު ތިބިކަން ހާމަކުރަމުންނެވެ.

ބެލޭޒްއަށް ބޮޑު ސަމާލުކަމެއް ލިބިފައި ވަނިކޮށް ޓްވިޓާ އާއި ފޭސްބުކްގައި ބައެއް މީހުން ވަނީ ބެލޭޒް އަކީ "އެކްޓަރެއް" ކަމަށް ބުނެ އޭނާ އަށް ގަނާ ކުރަން ފަށާފައެވެ. ބެލޭޒްއަށް ގަނާ ކުރަމުން ގެންދާ މީހުން ބުނާ ގޮތުގައި އުމުރުން 09 އަހަރު ކަމަށް ބުނާ ބެލޭޒްގެ އަސްލު އުމުރަކީ 18 އަހަރެވެ.

އެމީހުން ބުނާ ގޮތުގައި ބެލޭޒް އާއި އޭނާގެ މަންމަ އުޅެނީ އޮޅުވާލައިގެން ފައިސާ ހޯދަން ވެގެންނެވެ.

ބެލޭޒްއަށް ގަނާ ކުރަމުން ގެންދާ މީހުންގެ ވާހަކަ ބައެއް މީހުން ގަބޫލު ކުރި ނަމަވެސް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ބެލޭޒް އުމުރު އޮޅުވާލާފައިވާ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކުގެ އެއްވެސް ހަޤީޤަތެއް ނެތެވެ.

ބެލޭޒް އުމުރުން ހަތަރު އަހަރުގައި 2015 ވަނަ އަހަރު ވެސް އޮސްޓްރޭލިއާގެ މަޝްހޫރު ޓީވީ ޗެނަލްއަކަށް އިންޓަވިއުއެއް ދީފައި ވެއެވެ. އޭރު އޭނާގެ ވީޑިއޯއަށް ބެލުމުން ވެސް އެއީ ހަތަރު އަހަރުގެ ކުއްޖެއްކަން އެނގެއެވެ. އެހެންކަމުން މިހާރު އޭނާގެ އުމުރާއި ބެހޭ ގޮތުން ސުވާލެއް ނުއުފެދޭ ކަމަށް މީޑިއާތަކުން ބުނެއެވެ.

މީގެ އިތުރުން 2011 ވަނަ އަހަރުން ފެށިގެން ބެލޭޒްގެ މަންމަ މީސް މީޑިއާގައި ކޮށްފައި ހުރި ޕޯސްޓްތަކަށް ބެލުމުން ވެސް ބެލޭޒްގެ އުމުރާއި މެދު ސުވާލެއް ނުއުފުދޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބެލޭޒްއަށް ގަނާ ކުރަން މީސް މީޑިއާގައި ބޭނުން ކުރަމުން އަންނަ ބައެއް އެކައުންޓްތަކަށް ވެސް މިހާރު މީހުން ގެންދަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސީރިއަސް

    އަހަރެންނަށް ތިތަޖުރިބާ ކުރަން ޖެހުނު އެންމެ ކުޑައިރު 1 އިން ފަށައިގެން މިއަދާ ހަމައަށްވެސް.. ދެން އަހަރެން މާ ހިކީ އޯ އެމީހުންނަށް. "ގައިމު މީންދިހާ ވަރަކަށް ކާނަމަ ކޮންފަދަހޭ ވައިރޯޅިއެއް ޖެހޭ އިރަށް ވެއްޓޭނެ ނޫންހޭ. ހީވަނީ ހިކި އިލޮއްޓެއްހެނޭ" މީ ހުރިހާވެސް އެމީހުން ކިޔާފަހުރި އެއްޗެހި ވަރަށް ރުޅި އާދޭ ދެރަވޭ. ސްކޫލް ބައެއް ޓީޗަރުންވެސް ކިޔާނެ ކުދިން އެންމެގިނައިންކީ. އަހަރެންގެ ދައްތަ ވެސް ކުރިން ވަރަށް ހިކިވާނެ. އޭނައަށް އަދި އަހަންނަށްވުރެ މާގިނަ އެއްޗެހި ކިޔާފަހުރިކަމަށް ވަނީ. ދެންމިހެންގޮސް ކިޔާނެކަމެއްނެތް ފާޑުކިޔުން އިންތިހާއަށް ގޮއްސަ އޮއްނަ ތަނެއްމީ.

    31
    2
  2. Anonymous

    ކްއަޑޭން ބޭލެޒް ސޯޝަލް މީޑިއާއަށް ވަނީމަދޯ އޭނާއަށް ގަނާ ކުރީ...

    1
    7
  3. Anonymous

    ކުށްކުރާކުދިންނަށް ސީދާގޮތުންނާ ނުސީދާ ގޮތުން ހިތްވަރު ދިނުމުގެ ބަދަލުގައި ހެޔޮ އަޚްލާގް ދަސްކޮށްދީ އަދަބު ވެރި ކުރުވާށެވެ އިންސާނިއްޔަތުގެ މުހިއްމުކަން ވިސްނަދޭށެވެ ﷲތައާލާ ދާދި ގާތުގައި ބައްލަވާ ވޮޑިގެން ވާކަން ހަދާން ކޮށްދީ އަނިޔާވެރިންދެކެ ލޯބިވެ ވޮޑިގެން ނުވާކަން ދަސްކޮށްދޭށެވެ ސްކޫލް ތަކުގައި ބުލީކުރަނީ ޓީޗަރުންގެ ތެރޭން ބަޔަކު ކުށްކުރާ ކުދިންނާ ބައިވެރިވެ އެކުދިން ހިމާޔަތް ކުރާތީއެވެ އަބަދުވެސް ދެރަދޭން ބޭނުންވަނީ ޓޯޗާކުރެވި ޝިކާރަޔަކަށް ވާކުއްޖާޔަށެވެ މޮޅު ދެރަ ކިޔާ އަޅާ ކިޔަން ފަށަނީ ގޯސްކުދިންގެ މައިން ބަފައިންނާ ހަސަދަ އުފެދޭ ޓީޗަރުންނެވެ ބުލީ ކުރުމަކީ ކޮށްގެން ނުވާނެ ކަމެކެވެ އެކަން އެންމެންވެސް ހަދާނުގައި ބަހަށްޓާށެވެ

    7
    1
  4. ލީމް

    ތިއީ ހަމަ ވަރަށް ބޮޑުތެދެއް. އަހަރެންގެ ވެސް 2 ކުދިހިން ތިބޭ އިރު އެދެކުދިހިންގެ ކުލަ ތަފާތު. އެއީ އިންސާނާ ހެއްދެވި ފަރާތުގެ ކުޅަދުންވަނަތަކަން. އެއީ އިންސާނަކަށް ބާރު ފޯރުވޭ ކަމެއްނޫން. އެކަމަކު ދެރަވަނީ އަހަރެން އެ ދެކުދިން ގޮވައިގެން އެއްފަހަރާ ބޭރަށް އާންމުންގެ ތެރެއަށް ނުކުމެއްޖެ ނަމަ ، ދިމާވާ އެކުވެރިން ހަމަ ކުދިންގެ ކުރިމަތީގައި އބަދުވެސް އެވާހަކަ ދައްކާ. ކަލޭ ހާދަ ދޮނޭ ކޮއްކޮ ހާދަ ކަޅޭ . އެންމެ ފަހުން އަހަރެންނަށް ކެތް ނުވެގެން އެމީހުންގެ ކުރިމަތީގައި ބުނަންފެށިން ﷲ ދެއްވާފައިވާ ނިތްމަތަށް އަހަރެން ޝުކުރުވެރިވާކމަށް. މިހާރު އަހަރެންގެ އެކުވެރިންނަށް ވެސް ނުކެރޭ އެގޮތަށް ވާހަކަ ދައްކަން. ބުނަން މިއުޅޭނީ އަސްލު ދިވެހިންނަކީ ވެސް ތި ސިފަ އެކުލެވިގެންވާ ވަރަށް ނާތަހުޒީބީ ބައެއްކަން.

    20
    1
    • ތުމްސޭ

      ތިހެދީ ހަމަ ރަނގަޅަށް. ބައެއް މީހުންގެ އަނގަ މައިތިރިވާނީ ވަރުގަދަ އެއްޗެއް ބުނެލީމަ. އެއްޗެއް ބުނީމާ ބުނާމީހާ ގޯސްވާނީ. ތިމާ މީހާ ކިޔާ އެއްޗެއް ތިމާ އަށް ނުވިސްނޭނެ

    • ެެއެކުވެރިން

      އެކުވެރިން ދިމާކޮށް ހަދާނެ. އަނެކާގެ އިހުސާސް ދެނެގަންނާނެ. އެކަމަކު އެކުވެރިއެއްގެ ދަރިންނަކާ ދިމާކޮށެއް ހުހަދާނެ. ތީނަގެ ތިހިރީ އެކުވެރިން ބާވައޭ ހިތަކަށް ނާރާތަ. މަ ނަމަ ގުޅުމެއްވެސް ނުބާއްވާނަން އެކަހަލަ މީހުންނަކާ.

      6
      1