އެމެރިކާގެ ނިއުޔާޒީގެ މަޝްހޫރު އަންހެނަކު މީސް މީޑިއާ މެދުވެރިކޮށް އެކި މީހުންނާއި ވާހަކަ ދައްކައިގެން، އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ އެމީހުންގެ އަތުން އަތުލި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކޮށްފިއެވެ.

އުމުރުން 22 އަހަރުގެ އަންހެނެއް ކަމަށްވާ ކައިލާ މަސާގެ ތިން ލައްކައަށް ވުރެ ގިނަ ފޮލޯވާސް އިންސްޓަގްރާމްގައި ތިބެއެވެ. އަދި ޔޫޓިއުބްގައި އޭނާ ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ އަދަދު ވެސް ލައްކައަކަށް ވުރެ ގިނައެވެ.

ފުލުހުން ބުނާ ގޮޔުގައި ކައިލާ އެހެންމީހުންގެ އަތުން އޮޅުވާލައިގެން ހޯދި ފައިސާގެ އަދަދު ދެމިލިއަން ޑޮލަރަށް އަރައެވެ. 45 މީހަކު އޭނާގެ ދަލުގައި ޖެހުނު ކަމަށް ވެއެވެ. އޭގެ ތެރޭގައި ގިނައީ 18 އަހަރު ނުވާ ކުޑަކުދިންނެވެ.

ކައިލާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓްތަކުގައި "އަސްލު ފައިސާ ހޯދަން ބޭނުން ނަމަ" އޭނާ އަށް މެސެޖް ކުރަން އެދިފައި ވެއެވެ. މެސެޖް ކުރާ މީހުންގެ އަތުން އޭނާ ޑެބިޓް ކާޑުގެ ނަމްބަރު ހޯދައެވެ. އެއީ އެމީހުންގެ ފައިސާ އިންވެސްޓް ކުރުމަށް ކަމަށް ބުނެއެވެ.

ފައިސާ ނެގުމަށް ފަހު ފައިސާ އަލުން ޖަމާކުރި ކަމަށް ބުނާ ޗެކެއްގެ ފޮޓޯ އޭނާ ފޮނުވައެވެ.

ނަމަވެސް މިހާރު އެނގިފައިވާ ގޮތުގައި ކައިލާ އެހެން މީހުންނަށް ފޮނުވަމުން ގެންދިޔައީ އަސްލެއް ނެތް ފޭކް ޗެކެކެވެ.

ފައިސާ އަތުލުމަށް ފަހު އޭނާ އިންސްޓަގްރާމް އިން އެއެކައުންޓްތައް ބްލޮކް ކޮށްފައިވެއެވެ. އެހެންވެ ފައިސާ ނުލިބުނު މީހުން ވެސް އަލުން ކޮމެންޓްކޮށް ފައިސާ ނުލިބިގެން ޝަކުވާ ކުރުމުގެ ފުރުސަތެއް ނޯވެއެވެ.

ކިޔުންތެރިންގެ ހިޔާލު