އިންޑިއާގެ ލަކްނައު ޔުނިވާސިޓީ މާބަނޑުއިރު އުޅެން ޖެހޭ އާދަކާދަތައް ދަސްކޮށްދިނުމަށް ހާއްސަ ކޯހެއް ފަށަން ތައްޔާރުވެއްޖެއެވެ. މިއީ އިންޑިއާގައި މިފަދަ ކޯހެެއް ފަށާ ފުރަތަމަ ކޯހެވެ.

އެ ދާއިރާއިން ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާ ލެވްލްއަށް ކިޔަވާދޭން ފަށާނެއެވެ.

މި ކޯސްގެ ތެރެއިން ދަރިވަރުންނަށް، މައިވަންތަކާއިގުޅޭ ގޮތުންނާއި، މާބަނޑު އަންހެނުން ހެދުން އަޅަން ޖެހޭ ގޮތާއި، ކާން ޖެހޭ އެއްޗެއްސާއި، އުޅުން ބަހައްޓަން ޖެހޭ ގޮތާއި، ފިޓް ކޮށް ހުރުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން، މާބަނޑު އަޑު އެހުން ރަނގަޅު މިއުޒިކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރާނެއެވެ.

މި ކޯހަކީ ވަޒީފާ ލިބުމުގައިވެސް އެހީތެރިވާނެ ކޯހެކެވެ.

އެ ޔުނިވާސިޓީން މައުލޫމާތުދޭގޮތުގައި، މި ކޯހުގައި ފިރިހެނުންނަށްވެސް ބައިވެރިވެރިވެވޭނެއެވެ.

މިއީ އިންޑިއާގައި މިފަދަ ކޯހެއް ހިންގާ ފުރަތަމަ ފަހަރު ނަމަވެސް، ބައެއް އެހެން ގައުމުތަކުގައިވެސް މިފަދަ ކޯސްތައް ހިންގައެވެ. އޭގެ ތެރޭގައި ޖަރުމަން ވިލާތު ހިމެނެއެވެ.

ގައިނޮކޮލޮޖިސްޓުންނާއެކު، ކުރިއަށްގެންދާ މި ކޯސް މިހާރު ވަނީ ފަށަފައެވެ.

ސީނިއާ ގައިނޮކޮލޮޖިސްޓް ޑރ މަދޫ ގުޕްތާ ބުނީ، މި ކޯސްގެ ސަަބަބުން އަންހެނުންނަށް ސަޕޯޓް ލިބޭނެ ކަމަށާއި، އަދި ޗައިލްޑް ވެލްފެއާ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް އެހީވެދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު