އިންޑިއާގެ ޕަންޖާބްގެ އަމްބަލާގައި އޭޓީއެމްއެއް ވަގަށް ނަގައިގެން ފިލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ވަގުންގެ ބަޔަކު އިންޑިއާގެ ސެންޓްރަލް ބޭންކްގެ އޭޓީއެމްއެއް ވަގަށް ނަގައިގެން ގޮސްފައި މޮޅުގޮތަކަށެވެ. އެގޮތުން އޭޓީއެމްގެ ބޫތުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކަށް ސްޕްރޭ ޖެހުމަށްފަހު އެ މީހުން ވަނީ އޭޓީއެމް ވަގަށް ގެންގޮސްފައެވެ.

އަދި އެ މީހުން އެ އޭޓީއެމް ވަގަށް ގެންގޮސްފައި ވަނީ އޭޓީއެމް އިންނަ ތަނުން ނެއްޓުމަށްފަހުއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ވަގަށް ގެންދިޔަ އެ އޭޓީއެމްގައި ގިނަ އަދަދެެއްގެ ފައިސާ ހުއްޓެވެ. އިންޑިއާގެ ބައެއް ނޫސްތައް ބުނާގޮތުގައި، އެ އޭޓީއެމްގައި ހުރި ފައިސާތަކުގެ އަދަދު 19 ލައްކައަށް އަށް އަރައެވެ.

އިންޑިއާ ފުލުހުން އިއްޔެ ބުނެފައި ވަނީ، އެ މައްސަލަ ފުލުހުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އެ ސަރަހައްދުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ ފޫތޭޖްތައް މިހާރު ނަގާފައިވާ ކަމަށެވެ.

އަދި އެކަމުގައި ހިމެނެނެތީ ކިތައް މީހުން ކަމެއް އަދި ފުލުހުންނަށް ކަށަވަރެއް ނޫނެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މީގެ ކުރިންވެސް އިންޑިއާގައި އޭޓީއެމްއެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވިއެވެ. އެފަހަރު ވަގަށް ގެންގޮސްފައި ވަނީ، ކަނަރާ ބޭންކްގެ އަކްބަރް ބޭންކްގެ އޭޓީއެމް އެކެވެ. ވަގަށް ގެންދިޔަ އެ އޭޓީއެމްގައި އޭގައި 3.33 ލައްކަ ރުޕީސް ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިދަ ދަނޑި

    ތިވީ ގޮތުން އަދި ގެންދާނެ ބޭންކް ވެސް ހުރިތަނުންއުފުރާލައިގެން . . .

    16
    1