ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުންދާ ކުޑަކުޑަ މި ކުއްޖާ ދޫކޮށްލާފައި އޭނާގެ މަންމަ ވަނީ ގޮސްފައެވެ. އޭނާގެ ކުށަކީ ކޮބައިހެއްޔެވެ؟

ގޮންގ މިއޯ ނަމަކަށް ކިޔާ މި ނުވަ އަހަރުގެ ދަރިފުޅު ދޫކޮށްލާފައި މަންމަ ފިލައިފިއެވެ. ގޮންގއަށްވެސް އެކަން އެނގި އެހެރީ މިހާރު ހިތް ފަޅައިގެންދާ ވަރުވެފައެވެ. ލޭގެ ކަންސަރާއި ހަނގުރާމަ ކުރަމުންދާ ގޮންގގެ މަންމަ ގޮންގ ދޫކޮށްލާފައި ވަނީ އޭނާ ލޭގެ ކެންސަރު ހުރި ކުއްޖެއްކަން އެނގުނުތާ ތިން މަސް ފަހުންނެވެ.

ގޮންގގެ ހިތްފަޅައިގެންދާވަރު ވެއްޖެއެވެ. މަންމައާއެކު ކުރިން ނަގާފައިވާ ކުރީގެ ފޮޓޯތައް ބެލުމަށްފަހު މުޅި ކުއްޖާ ރޮއްވާލައެވެ. މިއީ މިހާރު އޭނާގެ ހާލެވެ. ބަލިވެ އެންމެ އަޅާލުން ބޭނުންވި ދުވަހު އެއްލާލާފައި ފިލާނީ އެ މަންމަގެ ރަހުމެއްވެސް ނެތީމާ ނޫންތޯއެވެ.

ޗައިނާއަށް ނިސްބަތްވާ މި ކުޑަކުޑަ ކުއްޖާ ދަނީ ހޮސްޕިޓަލްގައި ގިނަ ކީމޯތެރަޕީ ސެޝަންތަކެއް ކުރިއަށްގެންދަމުންނެވެ. ގޮންގގެ މަންމަ އޭނާ ދޫކޮށްލި ފަހުން ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ ބައްޕައެވެ. އެންމެ ގާތުގައި ވަނީ ބައްޕައެވެ. އެންމެ ބޮޑު އެހީއެއްވެސް ލިބެމުން ދަނީ ބައްޕަގެ ފަރާތުންނެވެ.

މިދިޔަ އަހަރުގެ މާރިޗް މަސް ތެރޭގައި މާބޮޑަށް ބަލިވެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ހެދި ޓެސްޓުތަކުން އެނގުނީ ގޮންގއަކީ ލޭގެ ކެންސަރު ހުރި ކުއްޖެއް ކަމެވެ. އަދި އޭނާގެ ފުއްޕާމޭގައި އިންފެކްޝަން ހުރިކަންވެސް އެނގުނެވެ.

ގޮންގގެ ބަލި ހާލަތު އެނގުމާއެކު މަންމަ ގެއްލުނީއެވެ. ގުޅާވެސް ނުލައެވެ. އަދި މެސެޖެއްވެސް ކޮށްނުލައެވެ.

"އަހަރެންގެ މަންމަ އަހަރެން ދޫކޮށްލީ އަހަރެންގެ ބަލި ހާލު ހުރިގޮތުންތަ؟" މިއީ އޭނަ ރޮއެރޮއެފައި ބައްޕަ ގާތުގައި ކުރާ ސުވާލެވެ. އެ ބައްޕަ މިއަށް ދޭނެ ޖަވާބަކީ ކޮބައިހެއްޔެވެ؟.

 

ކިޔުންތެރިންގެ ހިޔާލު