އިންޑިއާގެ އެކްޓްރެސް އަނުޝްކާ ޝެޓީ ކްރިކެޓް ކުޅުންތެރިޔަކާއި ކައިވެނި ކުރަން އުޅޭކަމުގެ ހަބަރުތައް ދަނީ ފެތުރެމުންނެވެ. ދާދި ފަހުން އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އަނުޝްކާ ކައިވެނި ކުރަން އުޅެނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނާ ސައުތް ރަންޖީ ޓީމްގެ ކްރިކެޓް ކުޅުންތެރިޔަކާއެވެ.

މިގޮތަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް، އޭނާ މި ވާހަކަތައް ދޮގު ކުރެއެވެ. އޭނާ ބުނީ، އެ ވާހަކަތަކާއި ގުޅިގެން ވަރަށް ކަންބޮޑުވާ ކަމަށާއި، އޭނާ ކައިވެނި ކުރަން އުޅޭކަން އިއުލާނު ކުރާނެ ކަމަށެވެ.

އުމުރުން 38 އަހަރުގެ އަނުޝްކާ ބުނީ، އޭނާގެ ކައިވެންޏަކީ އެރޭންޖް މެރިއޭޖެއް ކަމަށެވެ. އެހެންކަމުން އޭނާ ކައިވެނި ކުރާނީ އާއިލާއިން ބުނާ މީހަކާއެވެ.

އަނުޝްކާ މީގެ ކުރިން ބާހުބްލައިގެ ކޯ ސްޓަރ ޕްރަބާސްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވާހަކަދެކެވިގެން ދިޔައެވެ. އެހެން ނަމަވެސް އޭނާ ވަނީ އެ ވާހަކަތައްވެސް ދޮގުކޮށްފައެވެ. އަދި އޭނާ އުޅެމުން ދަނީ ސިންގަލްކޮށް ކަމަށް އޭނާ އެއިރު ބުނެފައި ވެއެވެ.

އަނުޝްކާ ޝެޓީގެ ފިލްމްތަކެއް މި އަހަރުވެސް ނެރޭނެއެވެ. އެގޮތުން ދެން އޭނާ އެންމެ އަވަހަށް ފެނިގެން ދާނެ ކަމަށް ބެލެވެނީ ނިޝާބްދަމް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިރާޓް

    އަނުޝްކާ ކިޔައިފިޔާ ހަމަ ކްރިކެޓަރަކާ އިންނަން ޖެހޭނީ