ދިވެހި ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ފަންނާނުންކަމުގައިވާ އަބްދުﷲ މުއާޒު (މުއާ) އާއި މަރިޔަމް އައްޒަ (އައްޒަ)،ގެ ހަނީމޫން ހައިޑްވޭ ބީޗް ރިސޯޓުގައި ހޭދަކުރަމުންދާއިރު އިންޑިއާގެ ޓީވީ ތަ, ރި، އަންޖަލީ އަނަންދު ވެސް ހުރީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަން ގޮހެވެ.
މި މަހު 02 ވަނަ ދުވަހު ރަންކިޔާ 20 ވަނަ ދުވަހު އައްޒައާއި މުއާ ވަނީ ކައިވެނިކޮށްފައެެވެ. ދެތަރިން ކައިވެނި ކުރުމަށްފަހު އޭގެ އަނެއް ދުވަހު ފުރައިގެން ދިޔައީ ހަނީ މޫނަށެވެ.
ހައިޑްވޭ ރިސޯޓުގައި ހަނީމޫންގެ އުފާވެރި ވަގުތު ކޮޅުތައް އެ މީހުން ހޭދަކުރަމުންދާއިރު، އިންޑިއާގެ ޓީވީ ތަރި އަންޖަލީ ނުވަތަ "ކުލްފީ ކުމާރް ބާޖޭ ވާލާ" ގެ ތަރި ލަވްލީއާއެކު އެ މީހުން ދަނީ ވަގުތު ޙޭދަކުރަމުންނެވެ.
އެގޮތުން މަސްދަތުރު ތަކާއި ހެނދުނު ނާޝްތާ އަދި ރޭގަނޑުގެ ކެއުންތަކުގައިވެސް އަންޖަލީ ބައިވެރިވެއެވެ. އަންޖަލީ ވަނީ މީސްމީޑިއާގައި ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ.
އައްޒަ އާއި މުއާ ކައިވެނިކޮށްފައި ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުއެވެ.
އަންޖަލީ އެންމެ ފުރަތަމަ ފެނިގެންދިޔައީ 2017 ވަނަ އަހަރު ސްޓާ ޕްލަސްއިން ގެނެސްދިން "ޑާއި ކިލޯ ޕިޔާރް" އިންއެވެ. "ކުލްފީ ކުމާރ ބާޖޭ ވާލާ" ގައި އަންޖަލީ ފެނިގެންދަނީ ވަރަށް ޒީލަގަދަ އަންހެެނެއްގެ ގޮތުގައެވެ.
އައްޒަ އާއި މުއާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ދިވެހި ފިލްމު "ލީނާ" އިންނެވެ. އަދި މި ދެ ތަރިން ދަނީ ހުވާ ދެ ވަނަ ސީޒަންގައިވެސް މަސައްކަތް ކުރަމުންނެވެ.
އައްޒަ އަދި މުއާވެސް މީގެ ކުރިން ކައިވެންޏެއްކޮށްފައި ވެއެވެ. އަދި ދެ މީހުންގެވެސް އެއް ކުއްޖަކު ހުރެއެވެ.
އަޅެ ބޯވަ ހާދަ މީރުވާނޭ.
ރަގަލު
ޥަޓް އަ ޖޯކް
ވާއު.. ރައްޒެ ވަރަށް އުފާ ވާނެ..
އައްޒަ ކައިވެނީގެ ކުރިންވެސް ގޮއްސި ހަނީމޫނަށް އެތައް ފަހަރަކު
އަންޖަލީ މިޔަރެއް ބޭނި ވާހަކަ ކީއްވެ ނުޖެހީ ؟ އެއީ ޤާނޫނީ ކުށެއް. އައްޒަ ސްނެޕް ވެސް ކުރި