މުސްކުޅި އުމުރުގައި ދެ ފަހަރު މަތިން ދަރިއަކު ހޯދި އިންޑިއާއަށް ނިސްބަތްވާ ރަމްޖީޓް ރަޖަވް، މަރުވެއްޖެއެވެ. އޭނާ މަރުވިއިރު އުމުރަކީ 104 އަހަރެވެ.
"ދުނިޔޭގެ އެންމެ ދުވަސްވީ ބައްޕަ"ގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ ރަމްޖީޓް މަރުވެފައި ވަނީ، އެނދު މަތީ އޮށޯވެ އޮވެގެން ސިގިރެޓް ބޮމުން ދަނިކޮށް، ގޮދަޑީގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެންނެވެ.
އޭނާ މީގެ ކުރިން ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދާފައި ވަނީ، 2010 ވަނަ އަހަރު އޭނާއަށް ދަރިއަކު ލިބުމާއި ގުޅިގެންނެވެ. އެއިރު އޭނާގެ އުމުރަކީ 94 އަހަރެވެ. އޭނާގެ އަނބިމީހާ ޝަކުންޓަލާގެ އުމުރަކީ 60 އަހަރެވެ. އެއީ ދެމަފިރިންގެވެސް އޭނާގެ ފުރަތަަމަ ދަރިފުޅެވެ. އެފަހަރު އޭނާއަށް ފިރިހެން ކުއްޖަކު ލިބުނުއިރު، އޭގެ ދެ އަހަރު ފަހުން އަނެއްކާވެސް އޭނާއަށް ވަނީ ދަރިއަކު ލިބިފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ކުރިން ރެެސްލިންގ ކުޅުމުގައި އުޅެމުންދިޔަ އެ މީހާ މަރުވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.
މި މަހުގެ ކުރީކޮޅު ހިނގާދިޔަ އެ ހާދިސާ ހިނގާދިޔަ ގޮތް އެނގޭ އަވައްޓެރިއަކު ބުނެފައިވާގޮތުގައި، އޭނާގެ ގައިގައި އަލިފާން ރޯވެގެން އޭނާ ދުވެފައި ބޭރަށް ނުކުތުމުން، އޭނާގެ ގަޔަށް ފެން އެޅީ އެ އަވައްޓެރިިޔާއެވެ.
"އަލިފާން ރޯވެގެން ރޮމުން ރޮމުން އައީމަ އޭނާގެ ގަަޔަށް ފެންއެޅީ އަހަރެން، އަދި އަހަރެންގެ ވެހިކަލްގައި އޭނާ ހޮސްޕިޓަަލަށް ގެންދިޔައީ"
ފަހުން އޭނާއަށް ފަރުވާދެމުންގެންދިޔައީ ރޮހްޓެކްގައި ހުންނަ އެހެން ހޮސްޕިޓަލެއްގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ވަނީ ފޭރިގެން ގެންގޮސްފައެެވެ. ބަސް ޓާމިނަލެއްގެ ބެންޗުގައި ޝަކުންޓަލާ ނިދާފައި އޮއްވާ، ދަރިފުޅު ޖަހައިގެން ގެންދިޔަ ފަހުން ދަރިފުޅާއި މި މީހުން ދިމާވެފައެއް ނުވެއެވެ.
އަދި ފަހުން ޝަކުންޓަލާ ވަނީ ރަމްޖީތު ދޫކޮށްލާފައި ގޮސްފައެވެ. އޭގެ ފަހުން އޭނާއަށް އޭނާގެ އަނބިމީހާ އާއި ދަރިފުޅެއް ނުފެނެއެވެ.
ރަމްޖީތް ކަށުކަމާއި ކެމީގެ ކަންތައް ނިންމާ، އޭނާ އަންދާލީ ފެބްރުއަރީ 13 ވަނަ ދުވަހުއެވެ.
60 އަހަރުގައި އަންހެނުނަށް ކުދިން ލިބޭތަ؟؟؟
ކީއްވެ ނުލިބޭންވީ؟؟؟..އިންސާނުންނަށް ދަރީން ދެއްވަނީ މާތްﷲ.މާތްﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމެއް ވުމަށް،ލަހެއް ފަހެއް ނޯވެ،ދުނިޔޭގެ އާދަތައް ފޫއަޅުވާލަނިވި އެތައްކަމެއް ވެދޭ..ﷲއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހް.
"ރަމްޖީތް ކަށުކަމާއި ކެމީގެ ކަންތައް ނިންމާ، އޭނާ އަންދާލީ ފެބްރުއަރީ 13 ވަނަ ދުވަހުއެވެ."
ލޮލް............