ދުބާއީގައި ދިިރިއުޅެމުން އަންނަ މީހެއްގެ ހަށިގަނޑުގައި ރޯވީ އޭނާގެ ޖީބުގައި އޮތް ވޭޕެއް ގޮވުމުންނެވެ. އާ އަހަރު ފާހަގަ ކުރުމަށް އާއިލާ އާއި ރަހުމަތްތެރިންނާއެކު އުމުރުން 48 އަހަރުގެ ގަރަހްމް ޓޫބީ އުޅުނީ އޭނާގެ މާބަގިޗާއެވެ.

އެ މަޖާ ނެގުމުން ކުއްލިއަކަށް ބޮޑު އަނިޔާއަކަށް ވެގެން ދިޔައީ، ޓޫބީގެ ޖީބުގައި އޮތް ވޭޕް ގޮވާ އޭނާ ލައިގެން ހުރި ފަޓުލޫނުގައި ރޯވާން ފެށުމުންނެވެ. އޭގެން ފެންނަމުން ދިޔައީ ނޫ ކުލައިގެެ ކަންޏެވެ.

"އަހަރެންގެ ގަޔަށް ދައްތަ ފިރިމީހާ ފެންއެޅި. އެކަމަކު ގޮތެއް ނުވި، އެއީ ލިތިއަމް ބެޓަރީއެއް ވީމަ، އެ އަލިފާން ނިވޭނީ އޭގެ ބާރު ދެރަވުމުން" ގަލްފް ނިއުސްއަށް ޓޫބީ ބުންޏެވެ.

އޭނާ ބުނީ، ކުއްލިއަކަށް އެހެން ވުމުން ހުރިީ ވަރަށް ބޮޑަށް ހާސްވެފައިކަމަށާއި، ހަދާނެ ގޮތްވެސް އެގަޑީގައި ނޭނގުނު ކަމަށެވެ. އަދި އެނގުމެއް ނެތި އޭނާގެ ޖީބުން އަލިފާނު ކަނި ބުރައި، އޭނާގެ ހަަށިގަނޑުގައިވެސް އަލިފާން ރޯވީ ކަމަށް އޭނާ ބުންޏެވެ. އެންމެ ފަހުން އޭނާ ޖެހުނީ ލައިގެން ހުރި ފަޓުލޫނުވެސް ބާލާށެވެ.

އެ ހާދިސާގައި އޭނާގެ ފައިގެ ފަލަމަސްގަނޑުން ބޮޑު ތަންގަނޑެއް ފިހުނެވެ. ވަގުތުން އޭނާ ރާޝިދު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ. އެ ހޮސްޕިޓަލުން އޭނާގެ ދެ އޮޕަރޭޝަނެއް ކުރިއެވެ. ފުރަތަމަ އޮޕަރޭޝަން ކުރީ އެ ފައިގެ ފަލަ މަސްގަނޑުގައި މަރުވެފައި ހުރި މަސްގަނޑު ނެގުމަށެވެ. އަދި ހަ ހަފްތާ ފަހުން ދެވަނަ އޮޕަރޭޝަން ކުރީ އޭނާގެ ފައިގެ ފަހަތުން މަސްގަނޑު ނަގައިގެން، ކުރިން މަސްގަނޑު ނެގި ތަނުގައި އެޅުމަށެވެ.

އެ ހާދިސާއަށްފަހު އޭނާ ދެ މަސް ވަންދެން މަސައްކަތައް ނުނިކުމެ އުޅެން ޖެހުނެވެ. އެއާއެކު އޭނަ ފަށަައިގަތީ މީހުން އެކަމަށް ހާލުންތެރި ކުރުމުގެ މަސައްކަތެވެ.

"އަހަރެން އޭގެ ފަހުން ސިގިރެޓްވެސް ނުބޮން، ވޭޕްއެއްވެސް ނުބޮން، އަހަރެން ސަައިކަލު ދުއްވަނިކޮށް މިފަދަ ކަމެއް ވި ނަމަ ކިހިނެއްބާ ވާނީ" އޭނާ ބުންޏެވެ.

އޭނާ ބުނީ، ވޭޕްގެ ބެޓަރީވެސް ދޭތެރެ ދޭތެރެއިން ބަލާ ޗެކް ކުރަން ވާނެ ކަމަށެވެ. އެއީ އޭގެ ބެޓަރީއަކީ ވަރަށް އަވަހަށް ހޫނުގަދަވާ އެއްޗެއްކަމުން، އެއަށް ސަމާލުކަން ދިނުން މުހިއްމު ކަމަށެވެ. އޭނާ ވަނީ ވޭޕް ޖީބަށް ލައިގެން ނޫޅެންވެސް ނަސޭހަތްތެރިވެފައެވެ.

އޭނާ ބުނީ، ގޮވި ވޭޕަކީ، އޭނާ ބެޓަރީ ޗާޖްކޮށްގެން ގެންގުޅޭ އެއްޗެއް ކަމަށެވެ. އޭނާ ވަނީ ވޭޕް ގެންގުޅުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު