ގަދަ އަވިން އިސްތަށިގަނޑު ވަރަށް ބޮޑަށް ހަލާކުކޮށްލައެވެ. އިސްތަށިގަނޑު އަވަހަށް ހިކި، ހަންފޮޅި، އިސްތަށިތައް ތުނިވާން ފަށައެވެ. ހޫނު ވާނަމަ އިސްތަށިގަނޑުގެ ރީތިކަން ގެއްލެން މާ ގިނަ ދުވަހެއް ނުނަގައެވެ.

މޫދަން އެރުމުގެ ފަހުން ކޮންމެ މީހަކުވެސް އިސްތަށިގަނޑު ސޭންޕޫލައިގެން ދޮންނާނެއެވެ. އެއީ ކުރަން ނުވާނެ ކަމެކެވެ. ސޭންޕޫލައިގެން އިސްތަށިގަނޑު ދޮންނަންވީ މޫދަން އެރުމުގެ ކުރިން ކަމަށާއި މޫދަށް އެރުމަށްފަހު ދޮންނަންވީ ސާފު ފެނުންކަމަށް ސިއްހީ މާހިރުން ބުނެއެވެ. އޭގެ ސަބަބުން އިސްތަށިގަނޑު މޮއިސްޗާވެ، ހިކުމުން ދުރުކޮށްދެއެވެ.

އިސްތަށިގަނޑު ޓްރިމް ކޮށްލުމަކީ މަޖުބޫރުކަމެކެވެ. ހާއްސަކޮށް ހޫނު ދުވަސްތަކުގައި އެވެ. އިސްތަށިތަކުގެ ކޮޅުތައް ހަލާކުވެފައި ހުންނަނަމަ ދިގުވުމަށް ހުރަސްއަޅާނެއެވެ. އެހެންކަމުން ކޮންމެ ދެމަހުން އެއްފަހަރު އިސްތަށިގަނޑުގެ ކޮޅުތަށް ކޮށާލާ، އެއްވަރު ކޮށްލާށެވެ. ތަފާތު ފާހަގަ ކޮށްލެވޭނެއެވެ.

އަވިން ރައްކާކުރަން ކޮންމެވެސް އެއްޗެއް ބޭނުންކުރަންވާނެއެވެ. ކުޑަ، ތޮފި ނުވަތަ ބޮލުގައި އަޅަން ފޮތިގަނޑެއް ރަނގަޅުވާނެއެވެ. އެފަދަ އެއްޗެއް ގެންގުޅުމުގެ ބޭނުމަކީ އަވީގެ އަސަރު ބޮލުގެ ތަލައަށް ކުރުމުން އިސްތަށިގަނޑަށާއި ހަމަށް ގެއްލުންތަކެއް ވެގެންދާތީއެވެ. އެގޮތުން އަވި ގަދަ ދުވަސްތަކުގައި ބޭރަށް ނިކުމެ އުޅޭއިރު އަވިން ރައްކާތެރިވާނެފަދަ އެއްޗެއް ބޭނުންކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަންޖޭ ލީލާ ބަންސާލީ

    ބުރުގާ އެޅީމަ އޯކޭ ވާނެ އަންހެނުން?

  2. އ

    جزاك اللهُ خيرًا

  3. ނާނާނާނާ

    މީހާދަ ނައިސް ސްމައިލް އެކޭ ދޯ. މީކޮން ކުއްޖެއްތޭ ޔޫ ގޮޓް ބިއުޓިފުލް އައިޒް ނޮޓް އޮންލީ ދެޓް ޔުއަރ ސްމައިލް ގިވްސް މީ އަ ހީލް ފީލިންގް ޓު ދަ ވޫންޑްްސް އޮފް މައި ހާރޓް ބޭބީ އޯއް ޔޭއް. ޔޫ ގޮޓް ދަ ޓަޗް ޔޫ ގޮޓް ދަ މެޖިކް ކަމޯން ބޭބީ ޔޫނޯ އައިވުޑް ހޭޓް ޓު ބްރޭކް ދަ ހާރޓް އޮފް އިނޮސެންޓް ގާރލްސް. އޯއް ޔޭއް. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި އޯއް ޔޭއް އައި އޭމް ލުކިންގް ފޯރ ދަ ލަވް އޮފް ޔުއަރ ލައިފް ލައި ލައި ލައި ލައި ލައިފް. ޔޫ ނޯ އައި ވުޑް ހޭޓް ޓު ބްރޭކް ޔުއަރ ހާރޓް. އައި ރިއަލީ ލައިކް ޔޫ އެން އައި ރިއަލީ މީން ޓު ބީ އޯއް އައި އޭމް ސޯ ހެޕީ ޓު ޓެލް ޔޫ އައި އޭމް އައި އޭމް ލުކިންގް ފޯރ ދަ ލަވް އޮފް ޔުއަރ ސްމައިލް ސްމައިލް ސްމައިލް ސްމައިލް ބޭބީ. ކޯއްޗެއްތޭ ރައްކާވާށޭ މިތަނުން އޯކޭ އޯކޭ އޯކޭ ޑޯންޓް ގެޓް ބްލަޝްޑް މޭބީ އައި އެކްސްޕެޓް ޓޫ މަޗް ދޯ. ނާނާނާ ނާނާނާ ނާނާނާ އައި ވުޑް ހޭޓް ޓު ބްރޭކް ޔުއަރ ހާރޓް..