ފަސް އަހަރުގެ ލޯފަން ކުއްޖަކު ރޭޑިއޯ އަޑުއަހައިގެން ޤުރުއާން އެކީ ހިތުދަސްކޮށްފިއެވެ.
ހުސައިން މުޙައްމަދު ތާރިޤް ނަމަކަށް ކިޔާ މި ކުއްޖާ އަކީ ޖިއްދާއަށް އުފަން އުފެދުމުގައިވެސް ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ކުއްޖެކެވެ.
ހުސައިންނާއި ބެހޭ ގޮތުން އޭނާގެ ބައްޕަ ބުނެފައިވަނީ ހުސައިން ވަރަށް ތުއްތު އިރު ރޭޑިއޯއެއް ގެނައީ ހުސެންނަށް ޓީވީ ނުފެންނާތީ ކަމަށާއި އެ ރޭޑިއޯ އަބަދުވެސް ޓިއުނުކޮށްފައި ހުންނާނީ ޤްރްޢާން އަންނަ ސްޓޭޝަންއަކަށް ކަމަށެވެ.
"ޤުރުއާނަށް ލޯބިޖައްސުވާ ޤުރުއާން އަޑުއެހުމަށް އާދަ ކުރުމަށް އެ ސްޓޭޝަންއަށް ޓިއުނުކޮށްފައި ހުންނާނީ. ހުސައިން ރެޑިއޯ އަޑުއަހައިގެން ޤުރުއާން ހިތުދަސްކުރާކަން އެނގުނީ އާއިލާގެ ދިރިއުޅުން މަދީނާއަށް ބަދަލުވުމަށް ފަހު މަސްޖިދުލް ނަަބަވީއަށް ޒިޔާރަތް ކުރި ފަހަރެއްގައި ސޫރަތުލް ބަގަރާއެކީ ހިތުން ކިޔައިދިނުމުން. އެވަގުތު ލިބުނީ ކުއްލި ސިހުމެއް." ހުސައިންގެ ބައްޕަ ބުނެފައިވެއެވެ.
ހުސައިންގެ ބައްޕަ ބުނީ ހުސައިނަށް ޤްރްޢާން ހިތުދަސްކޮށްދިނުމުގެ ޝައުގުވެރިކަން އުފެދުނީ އޭނާ ހިތުން ކިޔައިދިން ބަގަރާ ސޫރަތުގެ ސަބަބުން ކަމަށެވެ. ތަޖުވީދުގެ ހަމަތަކަށް އަހުލުވެރިކުރުމަށް މަސްޖިދުލް ނަބަވީގައި ލޯފަން ކުދިންނަށް ޤުރުއާން ހިތުދަސްކޮށްދިނުމުގެ ކުލާސްތަކުގައިވެސް ހުސައިން ބައިވެރިކުރަން ފެށި ކަމުގައި އޭނާގެ ބައްޕަ ބުނިއެވެ.
ހުސައިންގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅުގެ މި ކާމިޔާބީގެ ސަބަބުން ކުރެވެމުން އައި ފިކުރު އެކީ ގޮސްފައިވާ ކަމަށެވެ. އެނާ އިތުރަށް ބުނީ ހުސައިންނަށް ލޮލުގެ ފެނުމުން މަޙްރުމް ވީ ނަމަވެސް ﷲ އޭނާ އަށް އެދެއްވި ވަރުގަދަ ހަނދާނާއި އަޑުއެހުމުގެ ތޫނުފިލިކަމުގެ ސަބަބުން އެކަލާންގެ އަށް ހަމްދުކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
ماشاء الله ماشاء الله
ﷲ ހަމްދުކު ރަން
ޢަހަރެން ރާއްޖެ ތެރޭގައި ހުރި އިރު ދިމާވިކަމަކީ ޥަރަށްގިނައިން އަހަރެންގެ8މަހުގެ ދަރިއަށް މިންޝާވީގެ ގްރުއާން ރޯލު ޖަހައިދެން އެކަމަކު ކިޔަވައެއް ނުދެން ކިވައިދޭކަށް މަސައްކަތެއްވެސް ނުކުރަން އެކަމަކު އެއްދުވަހަކު ހަމަ އަމިއްލަޔަށް އުގުގައި އިދެފަ ސޫރަތުލްމަސަދު ގެ ބައެއް ކިޔެވީ އޭގެ ފަހުން ވަރަށް ބުރަކޮން މަސައްކަތް ކުރިން ގްރުއާން ހެޔޮކޮން ކިޔަން ދަސްކޮށްދެވޭތޯ އަސްލު ކީރިތި ގްރުއާނަކީ ފަތަހަ ކުރުމުގެ ބާރަކާ އިންސާނުންގެ މައްޗަށް ބާރުފޯރުމުގެ ވަރުގަދަ ޖާޒުބިއްޔަތެއް ލިބިގެންވާ ފޮތެއް އެފޮތް މަތިވެރިކުރާމީހަކު ﷲ މަތިވެރި ކުރައްވާ ދެއްވަވާ އެއީ ކުޑަކުދިންނަށް ލިބިގެންވާ ނަސްރު ދެނިވި ބާރެއް
ޢޭ ކާކުތަ ޖޭ ވަނީ ޖޭ ވާކަށް ނުވާނެ ލާދީނީ މީހުންދޯ ގުރުއާނުގެ ވާހަކަ ދައްކާތީ ހިތައް ތަދުވީތަ
ޢަހަރެންގެ ދަރިޔަކީ ކުޑައިރު އޯޓިސްޓިކު ކުއްޖެއް އޭނަ އަށް ޝިފާލިބި މޮޅު ކުއްޖަކަށްވީ ކިރިތި ގުރުއާން ގިނަގިނައިން ކިޔެވުމުގެ ސަބަބުން އޭނަ ޕްރައިމަރީގައި އުޅުނު އިރު ދަންވަރު ނުނިދުނީމަ ގުރުއާން ކިޔާވާނީ އެކަމުގެ ސަބަބުން ﷲ އޭނަޔަށް ދަރުމަވަންތަވެ ވޮޑިގެން ރަހުމަތް ލެއްވި ގްރުއާނަކީ ޝިފާއެއް ނޫރެއް ކުޑަކުދިންގެ ބެލެނި ވެރިންނަށް އަޅުގަނޑު ބުނަން އޮތީ ކީރިތި ގުރްއާނަށް އަހުލު ވެރި ކުރުވާށެވެ އޭރުން ތިބާ ދެކެން ބޭނުންވާ ތިބާ އުންމީދު ކުރާ ހެޔޮލަފާ ދަރިފުޅު ތިބާޔަށް މާތްﷲގެ ރަހްމަތުން ފެނިގެންދާނެޔޭ
ماشاء الله ماشاء الله