ގަލަމަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައިވެސް ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. އާންމުކޮށް އަޅުގަނޑުމެން ބޭނުން ކުރަނީ އަތްފޯރާ ފަށުގައި ހުންނަ ފަސޭހައިން ލިބޭ އާދައިގެ ގަލަމެވެ. ނަމަވެސް ބައެއް މީހުންނަކީ އަގުބޮޑު ގަލަން ގަތުމަށް ލޯބިކުރާ މީހުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ އަގުބޮޑު ގަލަން ގަތުމަށް ބޮޑު ހޭދައެއް ކުރާ މީހުންވެސް ދުނިޔޭގައި އެބައުޅެއެވެ.

އިޓަލީގެ ގަލަން އުފައްދާ ކުންފުންޏަކުން އުފައްދާފައިވާ އަރޯރާ ޑިއަމެންޓޭ ފައުންޓަން ޕެންގެ ނަމުން ނަން ދީފައިވާ މި ގަލަމަކީ ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ އަގުބޮޑު ގަލަމެވެ. އެ ގަލަމުގެ އަގު 1.5 މިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު އެގަލަމަކީ އެހެން ގަލަންތަކަށް ވުރެއް އެތަކެއް ގޮތަކުން ތަފާތު ގަލަމެކެވެ.

މިގޮތުން އޭގައި ވާ ދެއްޔަކީ ފަސޭހައިން ލިޔެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ދެއްޔެކެވެ. އަރޯރާ އެހާ އަގުބޮޑުވުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސަބަބަކީ ގަލަމުގައި ބޭނުންކޮށްފައިވާ ޚަޒާނާތަކެވެ. އެގޮތުން 2000 ހަށް ވުރެއް ގިނަ ޑައިމަންޑް ވަނީ އެ ގަލަމުގެ ވަށައިގެން ހަރުކުރެވިފައެވެ. އަދި މަދުން ނޫނީ ނުފެންނަ ރަނުގެ ބާވަތްތަށްވެސް އެ ގަލަމުގައި ބޭނުންކޮށްފައިވެއެވެ.

އަރޯރާ އުުފެއްދި ކުންފުނިން ބުނި ގޮތުގައި އެގަލަންތަށް އުފައްދާފައިވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންނަށް އަމާޒުކޮށް ކަމަށެވެ. ނަމަވެސް އެ ގަލަން ބޮޑަށް ފާާހަގަވެފައިވަނީ ލިޔުމުގައި ބޭނުން ކުރާ އެއްޗަކަށް ވުރެއް ހަޒާނާއެއްގެ ގޮތުގައި ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަިިިަްއިއްބެ (ބޮންޑު)

    މަގެންނުޅޭ ގަލަމުގަ ޖަވާހިރު ނެތަކަސް މާ އަގުހުންނާނެ....ލިޔެވޭނީވެސް ހުދުން...

  2. ަިިިަްއިއްބެ (ބޮންޑު)

    މަގެންގުޅޭ ގަލަން ޖަވާހިރުނެތަސް މާ އަގުހުންނާނެ... ދެލި ވެސް ހުސް ނުވާނެ