ރާއްޖޭގެ ފިލްމުގެ އިންޑަސްޓްރީގައި ތަރި މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ) ގެ ކައިވެނީގައި އައްޒަގެ ހެދުމަށް ގިނަ ބައެއްގެ ލޯތައް ވަނީ ހުއްޓިފައެވެ.
މި ދެމަފިރިންގެ ކައިވެނީގެ ފޮޓޯތައް މިހާރު މީސް މީޑިއާގައިި ދައުރުވަމުންދާއިރު، ގިނަ ބަޔަކު ތިބީ އައްޒަގެ ވެޑިން ޑްރެސް ޑިޒައިން ކުރި މީހެއް އަދި މިއީ ކިތައް ދުވަހުގެ މަސައްކަތްތޯ ބަލަން ކެތްމަދު ވެފައެވެ. އައްޒަގެ ވެޑިން ޑްރެސް ޑިޒައިން ކޮށްފައިވަނީ ރަޒީނާ ތައުފީގެވެ.
ރަޒީ "ވަގުތަށް" ބުނީ "މި ހެދުމަށް ހޭދަވީ އެއް ދުވަސް. ހެދުން ހަވާލު ކުރިތާ ތިން ދުވަސް ތެރޭގައި" ނިމިފައިވާ ކަމަށެވެ.
ރަޒީ ބުނީ ހެދުން ފެހުމަށް ބޭނުންވާ ފޮއްޗާއި ލޭސް، ލިބުނީ އޭނާގެ އާ ފިހާރަ ހުޅުވުމަށް ފޮތި ގެނެސްފައި ހުރި ދުވަސްވަރަކާ ދިމާވުމުން ކަމަށެވެ. ރަޒީގެ ހެދުންތަކަށް ހާއްސަ ފިހާރައެއް މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރުގައި ވަނީ ހުޅުވައިފައެވެ.
ރަޒީ ބުނި ގޮތުގައި އައްޒަގެ ވެޑިން ޑްރެސް ޑިޒައިން ކުރީ އައްޒަ އަށް އެންމެ ކަމުދާ ގޮތަށެވެ.
މި ހެދުމުގެ އަގަކީ 20،000ރ. އެވެ. ނަމަވެސް މި ހެދުމަކީ ރަޒީގެ ފަރާތުން އައްޒައަށް ދިން ހަދިޔާއެއް ކަމަށް ރަޒީ ބުންޏެވެ. ރަޒީ ބުނި ގޮތުގައި އައްޒަ ބޭނުންވީ އެހާ ގޮތް ބޮޑު ނޫން ވަރަށް "ގާލީ" ވެޑިން ޑްރެސްއެކެވެ.
އައްޒަ އާއި މުއާ ކައިވެނިކުރީ މި އަހަރުގެ ރީތި ތާރީހު (20/02/2020) ގައެވެ. ކައިވެނީގެ ހަފްލާ ބޭއްވީ އައުޓްޑޯ ވެޑިންއެކެވެ. މި ވެޑިން އޮތީ ހުޅުމާލެ ބްރެޑް މެޓާސް ގާޑެންގައެވެ.
އައްޒަ އާއި މުއާގެ ހަނީމޫން މިހާރު ކުރިއަށް ދަނީ ހައިޑްވޭ ބީޗް ރިސޯޓުގައެވެ.
އައްޒަ އާއި މުއާ ކައިވެނި ކުރީ ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުއެވެ.
އައްޒަ އާއި މުއާ އެންމެ ފަހުން ފެނިގެން ދިޔައީ ދިވެހި ފިލްމު "ލީނާ" އިންނެވެ. އަދި މި ދެ ތަރިން ދަނީ ހުވާގެ ދެ ވަނަ ސީޒަންގައި ވެސް މަސައްކަތް ކުރަމުންނެވެ.
އައްޒަ އަދި މުއާ ވެސް މީގެ ކުރިން ކައިވެންޏެއްކޮށްފައި ވެއެވެ. އަދި ދެ މީހުންގެ ވެސް އެއް ކުއްޖަކު ހުރެއެވެ.
ކީއްވެބާ އެއްލަކަރުފިޔޭ ނުބުނީ...ހެދުން ވަރަށް ހަޑި...
އައްޒަގެ ވެދިނޑު ރެސް އަހަ ރެމެންނަކަށް މުހިންމެއް ނޫން...އޮރިޔާންވެސް ނިވާ ނުވޭ
ކާކު ކެެއްމަދުވެފަހުރީ އެހެން ނޫން ނަމަ މިހާ އިރުވާއިރު މީހަކު ކޮމެންޓެއްވެސް ލިޔާނެތާ ހަހަހަހ
މަގޭ އަންހެނުން ފެހި ތިޔައްވުރެ މާ ސަޅިކޮށް
އިންނަން ނޫލޫނީސް ތިހެދުން ފަހާ ހެޔޮވަރުކުރި. އަދި ތީ ފިލްމީ ހެދިގެން އުލޭ އައްޖަ. ތިޔައީ ދޮގު ހަބަރެއް
ދެން މި ދެމީހުން ވަރި ވުމާ ހަމައަށް ތަސްބީހައެއް ހެން ކުރާ އަޅުކަމަކަށް ހަދައިގެން ދެ އިރު ދެ ދަޅައަށް ހަބަރު ލިޔާތި
Well.. that wedding dress looks disgusting.... Tbh Rankiyun looks far better than their wedding
ހުދުކުލައިގެ ފޮތިގަޑެއް، ދެކޮޅު އައްސާފައި މެދުން ލޯވަޅެއް އަޅާފައި އޮރިޔާން ނިވާނުވާގޮތަށް ބޮލަށް ފައްތާކަށް މާކަގިނައިރެއް ނުނަގާނެ. އެންމެ ދުވަހެއް ކީއްކުރަން އެންމެ ގަޑިއިރުވެސް ނަގަންވީ ކަމެއް ނޫން.
ހާދަ އޮރިޔާން ހެދުމެއް!!
ނިމުން ވަރަށް އަވަސް ވާނެ....
ތި ހެދުން ފެހި ދާނެ އެއްދުވަހުގެ އެއްބައިންވެސް.. އައްޒަވެސް މާބޮޑަށް ދެއްކެއްވެގެން އުޅެނީ
ތީގަ ފަހާނެ އެއްޗެއް ނެތެއްނު. އެހެންވީމާ ގަޑިއެއްގެ ތެރޭގައިވެސް ނުމުނީސް. ރަޒީ ހާދަ ލަހޭ ދޯ ފަހާލެއް.
މުއާގެ ވެެޑިން ޑްރެސް ވަރަށް ސަޅި، އައްޒަ ބުރުގާ އެޅީމަ މާ ރީތި ވާނެ
ޙެދުން ރީތި ވާހަކަ ދަ އްކާ އިރު ހެދުމުގެ ތަންކޮޅެ އއް ފެންނަނީ އެތަން ކޮޅުން ވެސް ހެދުމުގެ ބަދަލުގަ ހަށިގަނޑުގެބަ އި ބޮޑަށް ފެންނަނީ އަޅެ ހެދުމުގެ ފޮޓޯ އެއ އއް ވަކިން ޖަހާލިނަމަ ތިޔަހާ ރީތިވެގެން އުޅޭ ހެފުމެ އް ވީމަ
ހާދަ ރީއްޗޭ