މެލްބޯންގައި ބޭކަރީއެއް ހިންގަމުން އަންނަ މީހަކު، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާންދެމުންގެންދާތާ 13 އަހަރުވެއްޖެެއެވެ. ކްރިސް މަންސޫރް ނަމަަކަށް ކިޔާ އެ މީހާއާއި އިތުރު މީހަކުވެގެން ހިންގަމުން އަންނަ އެ ބޭކަރީގެ ފަރާތުން، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާން ދޭން ފެށީ، މަގުމަތީގައި ކުނި ހޮވައިގެން ކާން އުޅުނު ދެ މީހަކު ފެނިގެންނެވެ.

އެ މަންޒަރު ފެނި އޭނާގެ ހިތްކުދިކުދި ވިިއެވެ. އޭނާ ދެން ބޭނުންވީ އެފަދަ ފަރާތްތަަކަށް އެހީވުމުގެ މަސައްކަތް ފެށުމަށެވެ.

އެ މަސައްކަތުގެ ތެރެއިން އެ ބޭކަރީން އެކި ވައްތަރުގެ ކުކީސް އާއި އެއްޗެހި ފޮށިފޮއްޓަށް އަޅާ ގެންގޮސް ކާންދެނީ މަގުމަތީގައި ހާލުގައި އުޅެމުންދާ އާއިލާ ތަކަށާއި، ފިހާރަތައް ކައިރީ ތިބޭ މީހުންނަށް އެހީވުމަށެވެ.

މަންސޫރު ބުނިގޮތުގައި، އެ މީހުން އެ އައުލެޓް ހުޅުވުމަށްފަހު މިހާތަނަށް 100،000 ޑޮލަރަށްވުރެ ގިނަ ފައިސާ ހޭދަކޮށްލީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށެވެ. އޭނާ ބުނެފައިވާގޮތުގައި، 12 އަހަރު ކުރިން މިކަން ފެށި ނަމަވެސް، އެ މީހުން މިކަމެއް ހުއްޓައެއް ނުލާނެއެވެ.

އަބަދުވެސް އެ މީހުން ދާނީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އޭނާ ޑެއިލީ މެއިލްއަށް ބުނީ، އެ މީހުން މިކަންތައް ކުރަނީ އެ މީހުންނަށް ކުރެވޭތީ ކަމަށެވެ. އަދި އެކަމުގައި ބައެއް މީހުން ފައިދާވެސް ނަގަމުން އަންނަ ކަމަށާއި، ނަމަވެސް އޭގެ ސަބަބުން މިކަމަށް ހުއްޓުމެއް ނާންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީހާ

    މުސްލިމެކޭ ނުބުނީ ކީއްވެ؟