މަޝްހޫރް ބޮލީވުޑް އެކްޓަރު އަމީތާބު ބައްޗަންގެ ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަން އާއި 1994 ވަނަ އަހަރުގެ "މިސް ވޯލްޑް" ގެ ޝަރަފު ހޯދާފައިވާ އައިޝްވާރިޔާ ރައީގެ ކައިވެނީގެ އަހަރީ ދުވަސް މިފަހަރު އެދެމީހުން ފާހަގަ ކުރީ ތަފާތު ގޮތަކަށެވެ. އެ ދެމަފިރިންގެ ކައިވެނީގެ ހަޔާތަށް 11 އަހަރުވީ ކަން އާންމުކޮށްފައިވަނީ ކުރެހުމެއްގެ ޒަރިއްޔާއިންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އަބީޝެކްއާއި އައިޝްވާރިޔާގެ ތަސްވީރު ފެންނަ ކުރެހުމެއްގައި، "11 އިޔާޒް" ޖަހާފައި އަބީޝެކް ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއް ޝެއާރ ކޮށްފައެވެ.

މި ކުރެހުމަކީ މަޝްހޫރް ކުރެހުންތެރިޔާ ފިފީ ފިޓްރިޑާ ކުރަހައިދީފައިވާ ތަސްވީރެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އަބީޝެކްއާއި އައިޝްވާރިޔާ ދިމާވެފައިވަނީ 2006 ވަނަ އަހަރުގައި، ބޮލީވުޑްގެ ފިލްމު "ދޫމް 2" ގެ ޝޫޓިންގެ ތެރެއިންނެވެ. އޭގެފަހުން ދެމީހުންގެ ގުޅުން ކުރިއަށް ގެންގޮސް، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ ދެމީހުން ވަނީ އެންގޭޖްވެ އެކަން އާންމުކޮށްފައެވެ. އަދި ކައިވެނީގެ ގޮށް ޖަހާ ދެމީހުން ގުޅިފައިވަނީ އެ އަހަރުގެ އޭޕްރީލް ގައެވެ. މިހާރު މި ކައިވެންޏަށް އަންހެން ދަރިއަކުވެސް ލިބިފައިވެއެވެ.

Abhishek Bachchan Posted This Pic Of Wife Aishwarya And Himself On 11th Wedding Anniversary

 

އަބީޝެކް އޭނާގެ އަންހެނުން ސިފަކޮށް ބުނެފައިވަނީ އެއީ ވަރަށް ކޫލް މީހެއް ކަމަށާއި ފިލްމެއްގެ ރޯލަކުން އޭނާ ފެނުމާއި އޭނާއާއި ޕާސަނީ ދިމާވުމާއި ވަރަށް ތަފާތު ވާނެ ކަމަށެވެ. އަދި އެ ފަދަ އަންތްބެއް ލިބުނީތީ ވަރަށް ފަޚުރުވެރިވެ އެހާމެ އުފާވާ ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.

"އެންމެ ކުޑައިރުއްސުރެވެސް ދެމީހުންވެސް ވަރަށް ޕޮޕިއުލާ. އެހެންވެ މިހާރު އެހާ ބެލެންސް ވެފަ މި ހުންނަނީ މި ކަން ވެސް" މަޝްހޫރު ސެލެބްރިޓީސް އަށް ވުމުން އުނދަގޫވޭތޯ ކުރި ސުވާލަށް ޖަވާބު ދެމުން އައިޝްވާރިޔާ ބުނެފައިވެއެވެ.

1997 ވަނަ އަހަރު ބޮލީވުޑަށް ނިކުތް އައިޝްވާރިޔާ ދެން އެންމެ އަވަހަށް ފިލްމަކުން ފެނިގެންދާނީ އަނިލް ކަޕޫރާއި އެކުގައި ކަމަށް ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް އަބީޝެކްއާއި އައިޝްވާރިޔާ އެއްކޮށް އެއް ފިލްމަކުން ފެނިގެންދާނެ ދުވަހަކަށް އެ ދެމަފިރިންގެ ފޭނުން ދަނީ އިންތިޒާރު ކުރަމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓޫވެލް

    ކައިވެންޏަށް 11 އަހަރު ފުރުން މިފަހަރު ތަފާތު ގޮތަކަށް އަބިޝެކް އައިޝް އަށް ވިޝް ކުރުން އެއީ މަމެން ވަރަށް އުފާ ކުރާ ކަމެކޭ. މަމެން އެދެމޭ ދުވަހަކު ވެސް އަބިޝެކް އައިޝް ދޫކޮށް ނުލާނެ ކަމަށް ދުވަހަކު ވެސް ދޫކޮށް ނުލާނެ ކަމަށް މުޅި ބޮލީ ވުޑް ގައި ހުރި އެންމެ ރީއްޗަށް ޑިސްކޯ ޑާންސް ކުރެވޭ ހަމަ އެކަނި އެކްޓްރެސް އެއް ކަމަށް މަމެން ނަށް ގަބޫލުކުރެވެނީ އައިޝްއޭ އައިޝް މިދޭތެރެއިން ފަލަ ވުމުން ވެސް މަމެން އައިޝް އަށް ކުރާ ސަޕޯރޓް ދޫނުކުރަމޭ މަމެންނަށް އޮތޭ ޔަގީން ކަން އައިޝް ހަށިގަނޑު ހިއްކާލާނެ ކަން. އައިޝް ވަރިޔާ އެއީ ބޮލީ ވުޑް ގައި އުފެދުނު އަންހެން އެކްޓްރެސް ތަކުގެ ތެރެއިން މާސްޓަރޕީސް އެކޭ. މޭބީ ޝީ އިޒް އަ މާރސްޓަރ ޕީސް ފޯރ އޯލް އޮފް އަސް ހާރ ފޭސް ސީމްސް ޓު ބީ ގިވިންގް އަ ހެޕީ ގްލޯވިންގް ޓު އަވަރ ހާރޓް އެން މައިންޑް އޯއް ހާރ ލައިފް ކެރިއަރ ސީމްސް ޓު ބީ އެން އެމޭޒިންގް އެން ފްލޯލެސް ލައިފް ވިދް ފުލް އޮފް ސިންސިއަރިޓީ އެން ފެއިތް އޯއް އޯއްް އޯއް ޔޭއް ސްޓިލް އައި އޭމް ލުކިންގް އެޓް ދި އިލެވެން އިޔަރސް އޮފް ބިއުޓިފުލް މޯމެންޓްސް އޮފް ދިސް ޕްރިޓީ ލިޓިލް މައިންޑްސް ޓެލްމީ އެބައުޓް ޔުއަރ ޕާރސްޓް ތިންކިންގް ޔުއަރ ފިއުޗަރ އިޒް މީން ޓު އޯލް އޮފް އަސް. އޯއް އޯއް އޯއް އައި ރިމެމްބަރ ދިސް މޯމެންޓް އޯލްޓޫވެލް ހޭއް ހޭއް އޯލް އޯލް ޓޫވެލް ޓޫވެލް ޓޫވެލް..

  2. ދަލޭކާ

    އޭޝް އަކާ ވައްތަރެއް ނޫން