މެލޭޝިއަން އެއާލައިންސްގައި 25 އަހަރު ވަންދެން މަސައްކަތް ކުރަމުންދިޔަ ކެބިން ކްރޫއެއްގެ ވަޒީފާ ގެއްލުނީ އެންމެ ކިލޯއެއް ބަރުވެގެން ކަަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އެ އެއާލައިނަކީ ވަކި ގަވާއިދުތަކަކަށް ފައްތައިގެން ކެބިން ކްރޫއިން ގެންގުޅެމުން އަންނަ އެއާލައިނެކެވެ. އެ އެއާލާއިންގެ ގަވާއިދުގައި ބުނާގޮތުން، އެ ކެބިން ކްރޫއެއްގެ ބަރުދަނުގައި ހުންނަން ބަރުވެގެން ހުންނަން ޖެހޭނީ 59 ކިލޯއެވެ.

މައްސަލައަަކަށްވީ އިރާ މެލެއިސާ ހަސިމްގެ ބަރުދަނުގައި 60 ކިލޯ ހުރުމުންނެވެ. ފަސް ފޫޓޫ ދެ އިންޗި ހުންނަ އޭނާ، ކޮންޓްރެކްޓް ވަނީ 2017 ވަނަ އަހަރު ތެރޭގައި ޓާމިނޭޓްކޮށްފައެވެ.

އެހެން ނަމަވެސް މި އަހަރުގެ ފެބްރުއަރީ 12 ވަަނަ ދުވަހު މެލޭޝިއާގެ އިންޑަސްޓްރިއަލް ކޯޓުން ކުރި ހުކުމް ނިންމީ އެއާއިލާއި އެއްކޮޅަށެވެ. އެއާއެކު މެލީސާއަށް އޭނާ ގަވާއިދާއި ހިލާފަށް ވަޒީފާއިން ވަކި ކުރި ކަަމަށް ބުނެ ހުށަހެޅި މައްސަލަ ނާކާމިޔާބުވެފައެވެ.

ދަ އިންޑިޕެންޑެންޓުން ރިޕޯޓްކޮށްފައިވާގޮތުގައި، އޭނާ ވަޒީފާއިން ވަކި ސިއްހަތު ރަނގަޅު ބަރުދަނެއްގައި ނެތުމުން ކަމަށެެވެ. އަދި މެލިސާގެ ބަރުދަން ލުއި ކުރުމަށް 18 މަސް ދުވަސް އެއާއިލައިނުން ދިން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެ އެއާލައިނުން ބުނާގޮތުގައި، ކެބިން ކްރޫން ބަރުދަނަށް ބަލަން ޖެހެނީ ފަސެންޖަރުންގެ ރައްކާތެރިކަމަށް ކަމަށެވެ.