ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ "ކަސޯޓީ ޒިންދަގީ ކޭ" ގައި އަނުރާޖް ޕުރޭނާ މަރާލާ މަންޒަރު ފެނިގެންދާ ވީޑިއޯއެއް ދައްކާލައިފިއެވެ.

މި ޑްރާމާގެ ޕްރޮޑިއުސަރ އެކްތާ ކަޕޫރު އިންސްޓާގްރާމްގައި ހިއްސާއެއްގައި ވީޑިއޯއިން ފެނިގެންދަނީ ޕްރޭނާ އޭނާގެ ލޯބި ސާބިތުކޮށް ދިނުމަށް މަރުވެސް ވާން ތައްޔާރުކަމަށް ބުނާ ހިސާބުން އަނުރާޖް އޭނާ ޓެރެސްމަތިން ކޮށްޕާލާ މަންޒަރެވެ. މި ވީޑިއޯއެކު ގިން ބަޔަކު ތިބީ ދެން ވެގެންދާނެ ގޮތެއް ބަލާލުމަށް ކެތްމަދުވެފައެވެ.

https://www.instagram.com/p/B8_ekdiAkar/?utm_source=ig_web_copy_link

މި ޑްރާމާ އަކީ 2001 ވަނަ އަހަރު ނެރުނު މި "ކަސޯޓީ ޒިންދަގީ ކޭ-1" ގެ ރިމޭކްއެކެވެ. މި ޑްރާމާގެ ފުރަތަަމަ ބަޔާއި އެއްގޮތް ވާހަކަތަކެއް ކިޔާދޭ މި ޑްރާމާއަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.

ޝޯގެ ބަތަލާ ޕްރޭނާ އާއި ބަތަލް އަނޫރާގްއާއި ދެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވި ނަމަވެސް އެކަކު އަނެކަކާއި އެއްކޮށް ނޫޅެވި، އާއިލާއާއި އެހެނިހެން ސަބަބުތަކާއި ހުރެ ދެ މީހުން ތަހައްމަލް ކުރަންޖެހޭ ދަތި މި ސީރީޒްއުން ފެނިގެންދެއެވެ.

އަދި އެންމެ ފަހުން ސީރީޒްގައި ފެނިގެންދަނީ އަނޫރާގް ހަނދާން ނެތުމުގެ ސަބަބުން އޭނާ ޕްރޭނާ ދެކެވާ ލޯބި ދެނެނުގަނެވިގެން އުޅޭ މަންޒަރެވެ.

އަދި ފިލްމްގެ ނެގެޓިވް ރޯލް އަދާކުރާ ކޮމޮލިކާގެ ހީލަތްތެރި ރޭވުންތައް ދަނީ ފެންނަމުންނެވެ. މިފަހަރުގެ ޓްވިސްޓް މިއަންނަނީވެސް އޭނާގެ ނުބައި ރޭވުންތަކުގެ ތެރެއިންނެވެ. ކޮމޮލިކާވަނީ އޭނާގެ ބައިވެރިއަކު މެދުވެރިކޮށް ޕްރޭނާ މަރާލަން އުޅުނު މަންޒަރެވެ.