އިންޑިއާގެ މަޝްހޫރު ބަތަލާ ރާނަ ދަގުބާޓީގެ މިހާރު ނެރުމަށް ހަމަޖެހިފައިވާ ފިލްމަށް ފިޓުވުމުގެ ގޮތުން އޭނާ ވަނީ 30 ކިލޯ ވަނީ ލުއިކޮށްފައެވެ.

ޕްރަބޫ ސޮލޮމާން ޑައިރެކްޓްކޮށް އޭޕްރިލް 2 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ "ހާތީ މެރޭ ސާތީ" ގެ ލީޑު ރޯލުން ރާނާ ދައްގޫބާޓީގެ އިތުރުން ފެނިގެންދާނީ ޕުލްކިތް ސަމްރާތު އާއި ސްރެޔާ ޕިލްގޯންކަރް އަދި ޒޯޔާ ހުސެއިނެވެ.

މި ފިލްމު ވަނީ ތަމިލް، ތެލޫގޫ އަދި ހިންދީ އިން ކުޅެފައެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި މި ފިލްމުން "ކަޒިރަންގާ"ގައި އުޅޭ އެތްތަކުގެ ވާހަކަ ކިޔައިދޭނެއެވެ.

މިދިޔަ ހަފްތާގައި މި ފިލްމުގެ ޓީޒާ ވަނީ ނެރެފައެވެ. މީގެކުރިން އަޑުތައް ފެތުރިފައިވާ ގޮތުގައި މި ފިލްމަކީ 1971 ވަނަ ރާޖޭޝް ކަންނާގެ "ހާތީ މެރޭ ސާތީ"ގެ ރިމޭކް ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދަނީ އެތަކާއި އިންސާނަކާއި ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުމުގެ ވާހަކައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި ފިލްމަށް ރެޑީ ވުމުގެ ގޮތުން ރާނާ 2 އަހަރަށް ވުރެ ގިނަ ދުވަހު ޑައިޓްކޮށް ހަށިގަނޑު ފިޓްކުރުމަށް ވަރަށް ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ. މި ފިލްމުގައި އޭނާ ފެނިގެންދާނީ ޖަންގަލޫގައި ދިރިއުޅޭ އުމުރުން 50 އަހަރުގެ މީހެއްގެ ރޯލުންއެވެ.

ކިޔުންތެރިންގެ ހިޔާލު