"ހޮޓް" މިބަސް މިމާނަ ކުރަނީ އެއްވެސް ހާލެއްގައި ރީތި މީހެއްގެ ވާހަކަ އެއްނޫނެވެ. ހަށިގަނޑުގެ ފިނިހޫނު މިނަށެވެ، ފަހަރުގައި އެގޮތަށް ހީވެފައި އޮވެދާނެތީ އެވާހަކަ ބުނެލީއެވެ.

ސައިންސްވެރިން ބުނާގޮތުގައި އަންހެނާގެ ހަށިގަނޑުގެ ފިނިހޫނުމިން ފިރިހެނާގެ ހަށިގަނޑުގެ ފިނި ހޫނުމިނާ އަޅާބަލާއިރު އެތަށް ތަނެއް ދަށެވެ. ސަބަބު މިއޮތީއެވެ.

ފަޔާއި އަތުގެ ހޫނު އެހެން ގުނަވަންތަކަށް

އަންހެނާގެ ހަށިގަނޑުގެ ފިނިހޫނުމިން މައިގަނޑު ގޮތެއްގައި ދަށްވާ އެއްކަމަކީ އަންހެނާގެ ޠަބީއަތުގައި ހުންނަ އެއްކަންތަކެވެ. އެއީ ހޫނު ރައްކާތެރި ކުރުމަށް އަންހެނާގެ ހަށިގަނޑު ހައްދަވާފައިވާ ގޮތެވެ، މިގޮތުން އަތާއި ފައިފަދަ ގުނަވަންތަކުގެ ހޫނު، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފޯރުކޮށްދެއެވެ. މިހެން ވުމުގެ ސަބަބުން އަންހެނާގެ އަތާއި ފައިގެ ފިނި ހޫނުމިން ފިރިހެނާގެ އަތާއި ފައިގެ ފިނި ހޫނުމިނަށްވުރެ އެވަރެޖްކޮށް 3 ޑިގްރީ ދަށްވާނެއެވެ.

މެޓަބޮލިޒަމް ރޭޓް

މެޓަބޮލިޒަމް ރޭޓްއަކީ ހަށިގަނޑުން ކާނާ ހަޖަމްކޮށް އެ ހަކަތައަށް ހަދާ މިންވަރެވެ. އާއްމުކޮށް އަންހެނެއްގެ ހަށިގަނޑުގައި މިކަން ހިގާލެއް ލަސްވާނެއެވެ. އަދި މެޓަބޮޒަމްއަކީ އޭގެ ޒާތުގައި ހޫނު އުފައްދާ ކަމެއް ކަމުގައި ވުމުން މެޓަބޮލިޒަމް ރޭޓް މަތި ނަމަ ހަށިގަނޑު ހޫނުވާލެއް އަވަސް ވާނެއެވެ.

މަސް އަދި ސަރުބީ ގިނަވުން

ފިރިހެނުންނަކީ ހެއްދުވުމުގައިވެސް މަސް އަދި ސަރުބީ ގިނަ ބައެކެވެ. ސަރުބީއާއި މަހަކީ އޭގެ ޒާތުގައި ހޫނު ރައްކާކޮށްދޭ އެއްޗެކެވެ. މިހެން ކަމުން ފިރިހެނާގެ ހަށިގަނޑުގެ ފިނިހޫނުމިން އިތުރުކޮށްދެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކިލިކް ބައިޓެއް ދޯ

  2. ދަވޭ

    ހޮޓަވާނީ ޖެނެޓިކް ސައެންސް ބުނާ ގޮތުން ނަމަ ފިރިހެން މީހާގެ ބޮޑީ އެވެ. ހިއުމެން ހިސްޓްރީ އަށް ބަލާ ނަމަ ފުރަތަމަ އުފައްދެވީ އެއީ ފިރިހެން މީހާގެ ބޮޑީއެވެ. އެބޮޑީ އުފެއްދެވިއިރު އެ ބޮޑީ އުފައްދަވާފައިވަނީ އިންޓެލިޖެންޓް ޑިޒައިން އެއްގެ ގޮތުގައެވެ. އެ ޑިޒައިން ގެ ތެރޭން ހިއުމެންސް ރިޖެނެރޭޓް ކޮށް ދުނިޔެ އާބާދު ކޮށް ދުނިޔެ އިމާރާތް ކުރުމަށް ޓަކައި ޕެއަރ އެއް ހަމަ ކުރުމަށް ޓަކައި ފިރިހެން މީހާގެ އަރިކަށި ކަށި ކޮޅަކުން އުފެއްދެވީ އަންހެން މީހާއެވެ. ބޮޑީ ޓެމްޕްރޭޗަރ މަތިވާނީ ފިރިހެނުންގެއެވެ. އެއީ ޔަގީން ކަމެކޭ.