ޕާކިސްތާނުގެ މިއުޒީޝަނެއް ކަމުގައިވާ އަލީ ޒަފަރު، ޕާކިސްތާނުގެ މަޝްހޫރް ލަވަކިޔުންތެރިޔާ އަދި ކުޅަދާނަ އެކްޓަރު މީޝާ ޝާފީ އަށް ޖިންސީ ގޮތުން އެތައް ފަހަރަކު ފުރައްސާރަކޮށްފައިވާ ކަމަށް މީޝާ ބުނެފިއެވެ.

މީޝާ ބުނެފައިވަނީ ކުރިން މި ވާހަކަ ސިއްރުކުރީ، މި ފަދަ ވާހަކައެއް ބުނާނެ ހިތްވަރު ނެތުމުން ކަމަށާއި ނަމަވެސް މިފަހަރު މިކަން އާންމުކުރީ މިކަމަށް ފުރިހަމައަށް ތައްޔާރުވެ، މިފަދަ ކަންތައްތަކާއި ކުރިމަތިވާ އަންހެން ކުދިންގެ ވާހަކަ ތަކުން ހިތްވަރު ލިބިގެން ކަމަށެވެ.

"އަހަރެންނަކީ ޕަބްލިކް ފިގާއަކަށް ވީމަ އަސްލު ފަސްޖެހެވުނީ. އަނެއްކާ ދެމިހުންނަކީ ވެސް މަޝްހޫރު ދެމީހުން ވީމަ. އަހަރެންގެ ފިރިމީހާ ކައިރިވެސް މި ވާހަކަ ބުނެފަ އިތުރަށް ބުނިން ފިޔަވަޅެއް ނާޅަންވެސް. " މީޝާ ބުނެފައިވެއެވެ.

"އަހަރެން އަބަދުވެސް ދަރިން ގާތުގަ ބުނަން މީހަކު ނުގޮތަކަށް ގައިގަ އަތްލައިފިއްޔާ ސިއްރުނުކޮށް ބުނަން. ދަރިންނަށް އެ ގޮތަށް ވިސްނައިދީފަ އަހަރެންނަށް މި ކަހަލަ ކަމެއްވުމުން ސިއްރު ކުރަންވީމަ ވަރަށް އުނދަގޫ." މީޝާ ޓުވިޓާގައި ލިޔެފައިވެއެވެ.

ފުރަތަމަ ފަހަރު ޒަފަރު ވަރަށް ގިނައިރު ބައްދާލުމުންވެސް އެއްޗެކޭ ނުބުނެ އާދައިގެ ކަމަކަށް ހަދާލި ނަމަވެސް ފަހުންފަހުން އައިސް އޭނާގެ ޖިންސީ ފުރައްސާދިޔައީ ބޮޑުވަމުން ކަމަށް މީޝާ ބުނެފައިވެއެވެ.

އަލީ ޒަފަރުގެ ޖިންސީ ފުރައްސާރައާއި އެތައް އަންހެންކުދިންނަށް ކުރިމަތިލާން ޖެހުނު ކަމަށް ބުނެ ގިނަ ފަރާތްތަކަކުން ދަނީ މިސްމީޑިއާގައި ޕޯސްޓްތައް ކުރަމުންނެވެ.

މިކަމާއި ގުޅިގެން އަލީ ޒަފަރު ބުނެފައިވަނީ، މީސްމީޑިއާގައި ފާޑުފާޑުގެ ވާހަކަ އޭނައާއި މެދު ދެއްކުމުގެ ބަދަލުގައި، މި މައްސަލަ ކޯޓް ކޭސްއެއްގެ ގޮތުގައި ފައިލް ކޮށް އޮފިޝަލްކޮށް މައްސަލަ ކުރިއަށް ގެންދިޔުމަށެވެ.

އުމުރުން 37 އަހަރުގެ އަލީ ޒަފަރަކީ ދެ ދަރިންގެ ބައްޕައެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު