އިންޑިއާގެ ވިޔަފާރިވެރިއަކު އޭނާގެ ދަރިފުޅާއެކު ސައިކަލުގައި 16 ގައުމު ހުރަސް ކުރަން ނިިންމައިފިއެވެ.

ހައިދަރުއާބާދަށް ނިސްބަތްވާ ޖީވީ ޕްރަސާދު ނަމަކަށް ކިޔާ އެ ވިޔަފާާރިވެރިޔާ މި ދަތުރު ފަށަން ނިންމީ، ހުރިހާ ގައުމެއްގެ މީހުންގެ މެދުގައި ދެކޮޅުވެރިކަމުގެ ބަދަލުގައި ލޮތްބާާއި އަމާންކަމާއި އުފާވެރިކަން އޮންނަން ޖެހޭނެ ކަމުގެ މެސެޖެއް ތަފާތު ގޮތަކަށް ފޯރުކޮށްދިނުމަށެވެ.

އޭނާއާއި އޭނާގެ ދަރިފުޅު ސައިކަލުުގައި ކުރާ މި ދަތުރު ފަށަން ނިންމާފައި ވަނީ މި ހިނގާ އެޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ. މި ދަތުރު ނިމޭ އިރު 17000 ކިލޯމީޓަރަށް ދަތުރު ކުރެވޭނެއެވެ. އަދި 16 ގައުމު ހުރަސްކޮށް ދެވޭ އިރު ދަތުރު ނިންމާލާނީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައެވެ.

ޕްރަސާދު ބުނީ 55 ދުވަސް ތެރޭގައި ލަންޑަން އަށް ދެވޭނެ ކަމަށެވެ. އަދި އެ 55 ދުވަހުގެ ތެރެއިން 42 ދުވަސް ހޭދަ ކުރާނީ ވަރުބަލި ފިލުވުމުގައި ކަމަށް އޭނާ ބުންޏެވެ.

މި ދަތުރުގައި އެ ދެބަފައިންގެ އިތުރުން ހަތަރު މީހަކު ބައިވެރިވާނެއެވެ. އެ މީހުންނަކީވެސް ހަމަ އެއް މަގުސަދެއްގައި ދަތުރުގައި ބައިވެރިވާ މީހުންނެވެ.

އެ ހަ މީހުުން ސައިކަލުގައި އެހާ ދިގު ދަތުރެއް ފަށަން އުޅޭކަން އިއުލާނު ކުރުމުން އެކަން ވެގެން ދިޔައީ އެތައް ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ. އަދި އެމީހުން ދުނިޔެއަށް ފޯރުކޮށްދޭން އުޅޭ މެސެޖު އިނގުމާއެކު ގިނަ ބަޔަކު ވަނީ އެ މަސައްކަތައް މަރުހަބާ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިބޫ ހުޅުމާލެ

    ސައިކަލުގައި ލަންޑަނަށް އެއްގަމު މަގުން ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ސަބަބަކީ އިގިރޭސި ވިލާތަކީ ވަކިން އޮންނަ ޤައުމަކަށްވާތީ އެއީ ޔޫރަޕް ބައްރުގެ އެހެން ޤައުމުތަކާއި ވަކިންއޮންނަ ޤައުމަކަށްވާތިވެ، އެންމެ ކައިރިއަށްވެސް ދެވޭނީ ބެލްޖިއަމަށް އެހިސާބުން ދެން އޮންނާނީ އިގިރޭސި ޗެނަލް އެހުރަސް ކުރެވޭނީ ކަނޑުމަގުން އެކަނި ވީމައި އެއްޤަމު މަގުން ސައިކަލުގައި ލަންޑަނަކަށް ނުދެވޭނެ......ވަރަށް ސަލާމް

    • ޢަލިބިޔާއްކަލޯ

      ޢިބޫ ހުޅުމާލެ
      ޢިބޫ އަށް ތި އުޅެވެނީ 1980 ގެ ތެރޭގަ

    • އަލީ

      އަޑިން އޮންނާނެ މަގު ބުރޯ

    • ހުސޭނުބޭ

      ޓަނަލް ޗެނަލެކޭ ކިޔާ ބިންގަރާސް މަގެއް ބޭނުންކުރާތާ 23 އަހަރުވެއްޖެ. ފްރާންސް އިން އިގިރޭސިވިލާތަށް އެމަގުން ދެވޭނެ.

  2. ފަސްމީރު

    ދިވެހިރާއްޖެއަށްނައިސް ތިޔަދަތުރުނިންމާލުމަކި ދެގައުމުގެދެމެދުގާ އޮތްގާތްގުޅުމަށް އެކަމުންއަސަރުކުރާނެކަމެއްކަމުގާދެކެން .

  3. މަލީހް

    އެހެންވީމަ 13 ދުވަހު ދޯ ސައިކަލް ދުއްވާނީ

  4. ޒާ

    މަ ހީކުރީ އިބޫ ހުޅުމާލެއަށް ވަރަށް ކަންކަން އެނގިގެން ކޮމެންޓް ކުރިކަމަށް. އެކަމަކު ނޭނގުނުތާދޯ. ފްރާންސުން އިނގިރޭސިވިލާތަށް ކަނޑު އަޑިން ޓަނަލެއް އަޅާފައިވާކަން ނޭނގުނީ ދޯ. އެހެން ވެދާނެ. މިގޮތަށް ނޭނގި މިރާއްޖޭގެ ވަރަށް ގިނަމީހުން ސިޔާސީވެގެންވެސް އުޅޭ.