ޓެލުގޫ ފިލްމުތަކުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަހޭޝް ބާބޫ ބޮލީވުޑް ފިލްމަކުން ފެނިދާނެ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މަހޭޝް ބޮލީވުޑްއަށް ތައާރަފުވެގެންދާނެ ކަމަށް ބެލެވެނީ ސާޖިދް ނާޑިއަޑްވާލާގެ ފިލްމަކުންއެވެ. މި ފިލްމުގެ ލީޑު ރޯލުން ބޮލީވުޑްގެ މަޝްހޫރު ބަތަލް ރަންވީރު ސިންގްވެސް ފެނިގެންދާނެއެވެ.

ރަޖްނީ ކާންތް، ޗިރަންޖީވީ، ރާމް ޗަރަން، ސޫރްޔާ، ދަނުޝް އަދި ޕްރަބާސް ފަދަ ކާމިޔާބު ޓެލުގޫ ބަތަލުން ވެސް ވަނީ ބޮލީވުޑްގެ ފިލްމުތަކުން ފެނިފައެވެ. މަހޭޝް ކުރިން މީޑިއާއަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ބޮލީވުޑްއަށް ދިޔުމުގެ ހިޔާލު އޭނާގެ ނެއްތަކަމަށާއި ނަމަވެސް ފިލްމުގެ ސްކުރިޕްޓަށް ބަލާ އޭނާގެ އެ ހިޔާލު ބަދަލު ވެދާނެ ކަމަށެވެ.

ދެން އެންމެ އަވަހަށް ރަންވީރު ފެނިގެންދާނި، ކަބީރް ޚާން ޑައިރެކްޓްކޮށް ލީޑު ރޯލުން ރަންވީރު އަދި ދިޕިކާ ޕަޑުކޯން ފެނިގެންދާ "83'" ގައެވެ. އެފިލްމުގައި "83" ގެ ރަންވީރުފެ ލުކް އަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުން އެވެ.

ހެދުން އެޅުމުގައި އެހެން މީހުންއާއި ތަފާތު ރަންވީރު މި ފަހަރު ފެނިގެން ދާނީ ކުރިކެޓް ކުޅޭ މީހެއްގެ ރޯލުންއެވެ. މިއީ ބައިގްރަފިކް ފިލްމެކެވެ. ސިނަމާތަކަށް މި ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް 10 އެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު