މި އަހަރަކީ މިހާތަނަށް ފެޝަނަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނަ އަހަރެއް ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން އަގު ބޮޑު އަދި ބްރޭންޑަޑް ތަކެތި ހިމެނެއެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޖަނާވަރުގެ ގައިން ހަދާ އެއްޗެއްސާއި ތިމާވެއްޓަށް ގެއްލުންދޭ ތަކެތި އަންނަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ. އެގޮތުން ޖަނަވާރުންގެ ހަންގަނޑު ބޭނުން ކުރުމަށް އަހަރެއްގެ މައްޗަށް އެތައް ޖަނަވާރުންނެއް ދިރިތިއްބާ މަރާލައެވެ.

ދާދިފަހުން ދެ ވިޔަފާރިވެރިއަކު ވަނީ ކެކްޓަސް ބޭނުން ކޮށްގެން ލެދާ އީޖާދުކޮށް އުފައްދައިފައެވެ. އެ މީހުން ބުނާ ގޮތުގައި ކެކްޓަސް އިން ލެދާ އުފައްދާނަމަ އެެއްވެސް ކެމިކަލް އެއް ބޭނުމެއް ނުވާއެވެ. އަދި އެއީ ތިމާވެއްޓާއި ރައްޓެހި އެއްޗެއް ކަމުގައި ވަނީ ބުނެފައެވެ. ގިނަ ބަޔަކު އަންނަނީ މި ދެ މީހުންގެ މަސައްކަތަށް ތައުރީފު ކުރަމުންނެވެ.

ކެކްޓަސްގެ ލެދާ ބޭނުންކޮށްގެން ހަދާފައިވާ ދަބަހެއް ވެސް ވަނީ ދައްކާލައިފައެވެ. މިތަކެތީގެ އަގުތައް އުޅެނީ އަތްފޯރާ ހިސާބުގައެވެ. "ޑެޒާޓޯ"ގެ ނަމުން ނަންދީފައިވާ މި ލެދާއަކީ ގިނަ ދުވަސްތަކަކަށް ބޭނުން ކުރެވޭނެ އެއްޗެެކެވެ. ފެންނަ ފެނުމަށް މި ލެދާ އާއި ޖަނަވާރުން ގައިން ހާދާ ލެދާ އާއި ތަފާތެއް ނެތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ. ޖ. އ

    ?♥