ޓިކްޓޮކް އަކީ ދުނިޔޭގެ ގިނަ ބަޔަކު މުނިފޫހި ފިލުވުމަށާއި އެހެން މީހުންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. މީހުން ހެއްވާލާ ފަދަ ވީޑީއޯތަކާއި ގައިން ހީބިހި ނަގައިގެންދާ ފަދަ ވީޑީއޯ ކުޅެލުމަކީ އެފަދަ މީހުންނަށް މާ ބޮޑު ކަމަކަށް ނުވެއެވެ.

އެހެން ނަމަވެސް ނޭނގޭ ހަގީގަތަކީ އެފަދަ ވީޑިއޯ ނަގަން އުޅުމުގެ ތެރޭގައި ކިތައް މީހުންނަށް ގެއްލުން ވެ، ކިރިޔާ މަރުން ސަލާމަތް ވެފައިވާ ކަމެވެ. އެފަދަ ވީޑިއޯ ހަދާއިރު ބައެއް ފަރާތްތަކަށް މިދެންނެވި ކަންތައް ދިމާވެއެވެ. އެހެން ނަމަވެސް އެފަދަ މީހުން އެ ކަހަލަ ވީޑިއޯ އާއްމު ނުކުރެއެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އަކުން ފެންނަ ގޮތުގައި ޓިކްޓޮކް ވީޑީއޯއެއް ހަދަން އައިސް ފެންގަނޑަކަށް އެރިގެން އުޅުނު މީހަކު މަރުނުވަނީ ހަމަ ކިރިޔާއެވެ.

https://www.instagram.com/p/B88-5Qig3E3/?utm_source=ig_embed&utm_campaign=embed_video_watch_again

ޖާސަން ކްލާކް އަކީ ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ޓިކްޓޮކް ގައި އޭނާ ފޮލޯ ކުރަމުން އަންނަ މަޝްހޫރު މީހެކެވެ. އޭނާ ބުނެފައިވަނީ އެ އައިސް ގަނޑުތެރޭ އޭނާ ފީނަން ފެށިތާ މާ ގިނަ އިރު ނުވަނީސް ލޯ އެއްކޮށް އައިސް ވެފައިވާ ކަމަށެވެ. އަދި ތަންތަން ސާފު ނުވުމުން އޭނާ ފޭބި ތަން ގެއްލުނު ކަމަށެވެ.

އޭނާ ވަނީ އެ ވީޑިއޯ އިންސްޓަގްރާމަށް ލާފައެވެ. އަދި އޭގައި އޭނާ ވަނީ އޭނާ އަށް ކުރެވުނު ހިތި ތަޖުރިބާގެ ވާހަކަ ބުނެދީފައެވެ. އޭނާ ލޯ ފުސްވެގެން ވަކި ހިސާބަކުން ނޭވާ ހާސްވާން ފެށީ އެތަނަށް ފޭބި ތަން ނުފެނިގެންނެވެ.

ވީޑިއޯ އިންސްޓަރާމަށް ލުމުން 2 ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯ ބަލާފައެވެ. އަދި ގިނަ ބަޔަކު ބުނެފައިވަނީ ފޮލޯވާސް ހޯދަން އެފަދަ ކަންތައް ނުކުރުމަށެވެ. އަދި ގިނަ ބަޔަކު ބުނަނީ އެހެން މީހުންގެ ސަމާލުކަން ހޯދަން ކުރާ ކަމަކުން މީހާގެ ނަފްސަތް ގެއްލުން ލިބޭ ފަދަ ކަންތައް ނުކުރުމަށެވެ.