އިންޑިއާގެ ކެންޑާޝް އެކްސްޕްރެސް ރޭލުން ދަތުރުކުރި ފިރިހެނަކު "ބޮމް" ޖަހާފައިވާ ދަބަހެއް އަޅުވައިގެން ހުރުމުން އެ ރޭލުގައި ތި ބަޔަކު އޭނާގެ ގައިގައި ތަޅައި އަނިޔާކޮށްފިއެވެ.

އޭނާ އަށް އަނިޔާ ކޮށްފައި ވަނީ އެއީ ޓެރޮރިސްޓެއް ކަމަށް ހީކޮށް ކަމަށާއި، އެހެން ހީކޮށްފައި ވަނީ އެމީހާ އުފުލި ދާގީނާގައި އިންޑިއާގެ މުންބާއީގެ މީގެ ކުރީގެ ނަން ރަމްޒުކޮށްދޭ ގޮތަށް ބޮމް ޖަހާފައި އޮތުމުން ކަމަށް އިންޑިއާ ޓައިމްސް ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޭނާ އުފުއްލި ދަބަހުގައި މުމްބާއީގެ މެޕުވެސް ކުރަހާފައިވާ ކަމަށް އެނޫހުން ވަނީ ބުނެފައެވެ.

އޭނާ މުމްބާއީ އަށް ދަތުރުކޮށްފައި ވަނީ ރަހުމަތްތެރިއެއްގެ ކައިވެނި ޕާޓީއަކަށް ދިއުމަށެވެ/ އެ ހާދިސާ ހިނގީ ދަތުރުގެ ތެރެއިން ރޭ ގާތްގަނޑަކަށް 11:35 ހާއިރު ކަމަށް އެނޫހުގައި ވެއެވެ.

ބޮމް ޖަހާފައިވާ ފިރިހެން މީހާ މައްސަަލަ ހޫނުވެފައި ވަނީ އޭނާ އެހެން ފަސިންޖަރެއްގެ ކިބައިން ޗާޖަރެއް ހޯދުމަށް އެދުމުން ކަަމަށްވެއެވެ. އޭނާ އަށް އަނިޔާކުރި މީހުންގެ ތެރެއިން މީހަކު ބުނެފައިވާ ގޮތުގައި ބޮމް ޖަހާފައިވާ ދަބަސް ގެންގުޅުނު މީހާ އޭނާ އަށް ބޮމެއް ތައްޔާރު ކުރާނެ ގޮތް ކިޔައިދޭނެ ކަމަށް ބުނެފައިވެއެވެ.

އަދި އޭނާ އަށް ފުރަތަމަ އަނިޔާކޮށްފައި ވަނީ ޗާޖަރު ހޯދުމަށް އެދުނު މީހާ ކަމަށާއި، އެއަށްފަހު އޭނާއަށް އެތަނުގައި ތިބި ގިނަ ފަސިންޖަރުންތަކެއް އަނިޔާކުރަން ފަށާފައިވާ ކަމަށް އިންޑިއާ ޓައިމްސް އިން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާގައި ވެފައިވާ އަނިޔާއެއް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު އިންޑިއާގެ ފުލުހުން ގެންދަނީ މި މައްސަލަ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އިންޑިޔާ ހިންދޫން މިޤައުމުން ބޭރުކުރަން ރައްޔިތުން ނިކުންނަންވީ

    4
    1
  2. މުސްލިމުން

    މުސްލިމުން ނައް ކުރާ އަނިޔާ ގެ މައްސަލަ ނުބެލެނީ ކީއްވެބާ

    3
    1