ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމުގައިވާ އަކްޝޭ ކުމާރު، ރަންވީރު ސިންގް، އަޖޭ ދޭވްގަން އަދި ކެޓްރީނާ ކައިފް އެކުގައި ފެނިގެންދާ "ސޫރްޔަވަންޝީ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމުގެ ޕޯސްޓަރުތަކުން އަޖޭ، ރަންވީރު އަދި އަކްޝޭ ފެނިގެންދަނީ ފުލުހެއްގެ ރޯލުންނެވެ. އަދި މި ފިލްމު ސިނަމާތަކަށް ނެރޭނެ ކަމަށް ލަފާކުރަނީ މާޗް 24 ހިސާބުގައެވެ. އޭގެ އިތުރުން، މި ފިލްމުގެ ޓްރެއިލާ ބެލި ހުރިހާ އެންމެންވެސް ބުނަނީ މި ފިލްމު ވަރަށް ރީތިވާނެ ކަމަށެވެ.

ރޯހިތް ޝެޓީ ޑައިރެކްޓްކޮށް މިއަހަރު ނެރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ތަފާތު މަންޒަރުތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުން ފެނިގެންދަނީ މުންބާއިއަށްދޭ ޓެރަރިސްޓް ހަމަލާއެއް ދީގެން ކަންތައްތައް ހިނގާ ގޮތުގެ ވާހަކަތަކެވެ.

މި ފިލްމަކީީ އަޖޭ، އަކްޝޭ، ރަންވީރު އަދި ކެޓްރީނާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މި ފިލްމުގައި ކެޓްރީނާ ފެނިގެންދަނީ އަކްޝޭގެ ލޯބިވެރިޔާގެ ރޯލުންއެވެ. އަދި އަކްޝޭގެ މަންމަގެ ރޯލުން ފެނިގެންދދާ ނީނާ ގުޕްތާ ބުނީ އެ ރޯލަކީ ވަރަށް ތަފާތު ރޯލެއް ކަމަށާއި މިފަދަ ރޯލަކަށް އަބަދުވެސް އިންތިޒާރު ކުރިކަމަށެވެ. އަދި މި ފަދަ ރޯލެއް ކުޅެން ލިބުމުން ވަރަށް އުފާވާ ކަމަށްވެސް އޭނާވަނީ ބުނެފައެވެ.