ޓްރެފިކް ގަވައިދާ ހިލާފުވި ކަމަށްބުނެ މަސްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ މައްސަލަ ޕަންޖާބްގެ އިންޑެޕެންޑެންޓް ސްޓޫޑެންޓް ފެޑެރޭޝަންގެ ފަރާތުން ފުލުހުންނަށް ހުށައަޅައިފިއެވެ.

އެ ފެޑެރޭޝަންގެ ރައީސް ކަސޯވް ކޯލީ ބުނީ ދާދި ފަހުން ކަޕިލް ޝަރުމާ ޕަންޖާބަށް ކުރި ދަތުރުގައި އޭނާ ޓްރެފިކްގެ ގަވައިދުތަކާ ހިލާފަށް ސައިކަލް ދުއްވާފައިވާ ކަމަށެވެ. އެގޮތުން އޭނާ ދަތުރުކޮށްފައި ދިޔައީ ސްޕީޑް ލިމިޓް އަށްވުރެ ބާރަށް ހެލްމެޓް ނާޅާކަން ފާހަގަ ކޮށްފައެވެ.

އޭނާ އިތުރަށް ބުނީ ކަޕިލް ޝަރުމާ ފަދަ އެތައް ބަޔަކު ދަންނަ އަދި އެތައް ބަޔަކު އެމީހަކަށް ސަޕޯޓްކުރާ އަދި އެތަށް ބަޔަކު ރޯލް މޮޑެލް ގޮތަށް ބަލާ މީހަކު އެފަދަ ކަމެއް ކުރުމަކީ އެހެން މީހުނަށްވެސް އެކަހަލަ ގަވައިދުތަކާ ހިލާފަށް އުޅުމަށް ހިއްވަރުދިނުން ކަމަކެވެ. އަދި އާންމު ފަރުދަކާއި އެކަހަލަ މަޝްހޫރު ފަންނާނަކާއި ގަވައިދުތަކުގެ ކުރިމަތީގައި ތަފާތުވާން ނުޖެހޭ ކަމަށް އޭނާ ބުންޔެވެ.

އޭނާ ބުނީ ޕަންޖާބު ފުލުހުންގެ ތެރޭގައި ކަޕިލް ޝަރުމާގެ ގާތް ތިމާގެ މީހުންތިބޭ ކަމަށާއި އެހެން ނަމަވެސް މި މައްސަލައިގައި އޭނާ އަށް ހައްގު އަދަބު ލިބެން ވާނެކަމަށެވެ. އަދި މިމައްސަލަ އެތަށް ޒުވާނުންނެއް ބަލަމުން ދާ ކަމަށާއި އަޅާ ފިޔަވަޅަކުން ޒުވާނުން ގޯސް ގޮތަކަށް ވިސްނުމުގެ ފުރުސަތު ލިބިގެން ގޮސްދާނެ ކަމަށެވެ.

ކަޕިލް ޝަރުމާ ވަނީ އިންޑިއާގެ އިތުރުން އެތަށް ގައުމެއްގައި އޭނާގެ ކާމިޔާބު މަޖާ ކޮމިޑީ ޝޯވްތަށް ގެނެސްދީ އެތަށް ބަޔަކު ހެއްވާލާފައެވެ. އަދި ސޮނީ ޓީވީ އިން ކޮންމެ ހަފްތާ އެކު އެއްރޭގައި އޭނާގެ ޝޯވްއެއްވެސް ދަނީ ގެނެސްދެމުންނެވެ.