އިންޑިއާ މީހުން އެކިއެކި ބަލިތަކުން ރައްކާތެރިވުމަށާއި ބުއްދި ހަމަނުޖެހޭ ތަފާތު އެކި ކަންކަމަށް ގެރީގެ ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާތަކެތި ބޭނުން ކުރަމުން ގެންދާއިރު، އިންޑިއާ ސައިންސަވެރިން ހެދި ތަހުލީލުތަކުން އެއިން އެއްވެސް ފައިދާ އެއް އިންސާނުންގެ ހަށިގަނޑަށް ނުކުރާކަން ހާމަވެއްޖެއެވެ.

އިންޑިއާ ސަރުކާރުގެ އިސްވެރިން މީގެ ކުރިން ގެރީގެ ނަޖިހުން ކޮވިޑް-19 ވައިރަސް އަށް ފަރުވާ އެއް ލިބޭނެކަމަށާއި އޭގެން ކެންސަރު ބަލި ނައްތާލުމުގެ އިތުރަށް ގެރީގެ ކިރުން ރަން ފެންނަ ކަމަށްވެސް ބުނެފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އެވާހަކަ ތަކަކީ ތެދެއްކަން ބަޔާންކޮށްދިނުމަށް ސައިންސްވެރިންގެ ގްރޫޕެއް އެކުލަވާލާފައެވެ.

ގެރީގެ ނަޖިހުން ފައިދާވާނެ ކަމަށްބުނެ އިންޑިއާ ސަރުކާރުން ބޭނުންވަނީ ގެރީގެ ނަޖިސް ބޭނުންކޮށްގެން މަދިރި ކްރީމާއި، ދަތް އުނގުޅާ ބޭސްފަދަ ތަކެތި އުފައްދާށެވެ. ނަމަވެސް ސައިންސްވެރިންގެ ގްރޫޕުން ވަނީ ގެރީގެ ނަޖިހުން އިންސާނުންގެ ހަށިގަނޑަށް އެެއްވެސް ފައިދާ އެއް ނުކުރާކަން ހާމަކަން ބޮޑު ގޮތެއްގައި އިއުލާން ކޮށްފައެވެ.

އެ ޓީމުގެ ސައިންސްވެރިން ބުނެފައި ވަނީ ސަރުކާރުން ބޭނުންވަނީ ހަމައެކަނި ގެރިން އެފަދަ ޕްރަޑަކްޓުތައް އުފައްދަން ކަމަށާއި އެހެންކަމުން މިއީ ގެރި އާއި ގުޅިފައިވާ ކަމެއްކަން ހާމަވާ ކަމަށެވެ.

މިއާއިއެކު އެގައުމުގެ ރިޕޯޓުތައް ބުނަމުން އަންނަނީ މި ޙަބަރަކީ އިންޑިއާ ސަރުކާރަށް އަޑުއަހަން ފަސޭހަ ޙަބަރަކަށް ވެގެން ނުދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ގެރިމޯދީ

    ހަހަހަހަހަ

    53
    2
  2. އަލިބެއްޔާބެ

    ޖަމަލުގެ ކުޑަކަމުދާތަކެތި ބުއިމުން ފައިދާ ލިބޭނެ ކަމަށް އަޅުގަންޑު ގާތު މީހަކު ބުނި. އެކަމުގަވެސް ސެލެކްޓިވް ބަޔސްޑު ރިސާޝް ހަދާ ބަޔަކު އެ ޕުރޫވް ކޮށްދޭން އުޅޭ. ގެެރި ނަޖިހުގެ ކަންތަކުގަވެސް އިންޑިޔާގެ ސައިންޓިސްޓުންތަކެއް ޕުރޫވް ކުރަން ކަމަށް ބުނެ ރިސާޗުތަކެއް ހެދި. އެމީހުމް އަމިއްލަޔަށް ބޭނުންވާ ނަތީޖާ ލިބޭނެ ގޮތަށް. ޕުރޫވް ނުވަންޔާ ދެން ބުނާނެ ''އަދި ސައެންސަށް ނުހޯދެނީއޭ ' ބޮޑު ޖޯކެއް ނޫންތޯ.

    40
    1
    • ވަހީދު

      ޖަމަލު ކޭސް ވަރައް ތަފާތު.. ޖަމަލުގެ ބަޔޮކޮޖީގެ އެންމެ ހައިރާންކުރުވަނިވި ކަމަކީ ގަދަފަދަ ހޫނުހުންނަ ސަހަރާގައި އެތަކެއް ދުވަހެއް ވަންދެން ފެން ނުބޮއެ އޭއްޗައް އުޅެވޭކަން. އޭގެ ސަބަބަކީ އޭގެ ހަށިގަނޑުގައި ފެން ފިލްޓަރކޮއް އެތަކެއް ދުވަގެއްވަންދެން ގެންގުޅޭ އޯގަންތަކެއް ވުން. ޖަމަލުގެ ޔޫރިން އަކީ ބަޔޮލޮޖިކަލް ފިލްޓަރޭޝަން ޕުރޮސެސް އެއްގެ ރިޒަލްޓެއް. ގެރީގެ ބަޔޮލޮޖީގައި މިބުނާ ބާވަތުގެ އޯގަންއެއް ނުހުރޭ އަފޖ މިފަދަ ޚާއްސަ ޕުރޮސެސްއެއް އޭގެ ހަށިގަނޑުގައި ނުވެއެވެ.

  3. ޢާލިމް

    ޖަމަލުގެ ކުޑަކަމުދާތަކެތި ބުއިމުން ފައިދާ ލިބޭނެ ކަމަށް އަޅުގަންޑު ގާތު މީހަކު ބުނި. އެކަމުގަވެސް ސެލެކްޓިވް ބަޔސްޑު ރިސާޝް ހަދާ ބަޔަކު އެ ޕުރޫވް ކޮށްދޭން އުޅޭ. ގެެރި ނަޖިހުގެ ކަންތަކުގަވެސް އިންޑިޔާގެ ސައިންޓިސްޓުންތަކެއް ޕުރޫވް ކުރަން ކަމަށް ބުނެ ރިސާޗުތަކެއް ހެދި. އެމީހުމް އަމިއްލަޔަށް ބޭނުންވާ ނަތީޖާ ލިބޭނެ ގޮތަށް. ޕުރޫވް ނުވަންޔާ ދެން ބުނާނެ ''އަދި ސައެންސަށް ނުހޯދެނީއޭ ' ބޮޑު ޖޯކެއް ނޫންތޯ.

    12
    2
  4. ޝަހީދު

    އައްޗީޑި... މި ކަހަލަ ޙަބަރު ލިޔަން ޖެހޭތަ...?

    46
    4
  5. XD

    ތިކަމުންވެސް ކޮރޯނާ ވައިރަސް ކަހަލަ ބައްޔެއް އަރައިފިއްޔާ ދެން އޮންނާނީ ހަތަރެސް ކަން ހަމަވެފަ.

    37
  6. އާދން

    ފިރުއައުނު ގެނައި ސިހުރުވެރިން ފަދައިން މިމީހުންވެސް ހަޤީޤަތަށް އިންކާރު ނުކުރި ކަމަށްޓަކައި ޝުކުރު!

    30
  7. އަލީ

    ތިޔަ މީރުވެގެން އުޅޭނެ މިރާއްޖޭގަ ވެސް ... ނަމަކީ ލާދީނީ...

    30
    4
  8. ޅޮލް

    ﷲގެ ވާގިފުޅާއިއެކު ތިއެތިން ވިޔަސް ކޮރޯނާ ވައިރަސްއަށް ބޭހެއް ހޯދުމަކީ އިންސާނިއްޔަތަށް ކުރެވޭ ވަރަށް ބޮޑުކަމެއް...

    7
    28
  9. ވިސްނާ

    މިޒާތުގެތަކެތި ޕްރޮމޯޓްކޮށް އޮޅުވާލަމުންދާއިރު ދެންކޮންކަމެއްތޯ ރަގަޅުވާނީ ގެރީގެނަޖިހުން
    ފައިދާއެއްނުކުރާނެކަމަށް އިންޑިއާގެ ސައިންސްވެރިންހާމަކުރާއިރުވެސް އިންޑިއާ ސަރުކާރަށް
    އަޑުއަހަން ފަސޭހަޚަބަރަކަށްނުވިކަމުގައިވިއަސް ހިތާމަކުރާހާލުބުނެލަން ހަގީގަތް ހަގީގަތަށްވާނެ

    19
  10. މަގުމަތި

    އަނެއްކާ މި ކަމުދޭތަ މިރުސް ގަސް ހައްދަން....މީީ ގެ ގުއި.....ރާއްޖެ މީހުން ވ ފޯރި އަރުވާފަ ކުރާ ކަމެއް ވިއްޔަ.........

    11
  11. މާރިޔާ

    ގެރި މޯދީއާ ކެނެރީއާ މީހަމަ އެކައްޗެއް.