އިންޑިއާގެ ނިއު ދިއްލީ ސްކޫލް ކުއްޖަކު ގިނަ ބަޔަކު ހައިރާންކޮށްލީ އޭނާ ޓެސްޓު ޕޭޕަރުގައި ލިޔުނު އެއްޗަކުންނެވެ. އޭގެ ފޮޓޯ މީސް މީޑިއާގައި މިހާރު ވެސް ދަނީ ދައުރުވަމުންނެވެ. އެ ކުއްޖާގެ ޕޭޕަރުގައި ލިޔެފަައި ވަނީ އޭނާއަށް އެ ޕޭޕަރުން ލިބޭ ބޯނަސް ޕޮއިންޓްތައް، އެ ޕޮއިންޓްތައް އޭނާއަށް ވުރެ ބޮޑަށް ބޭނުންވާ ކުއްޖަކަށް ދިނުމަށެވެ.

ފޭސްބުކް ޔޫސާއެއްކަމަށްވާ ވިންސްޓަން ލީ މީސް މީޑިއާގައި ހިއްސާކުރި އެ ޕޭޕަރު މިހާރު މީސް މީޑިއާގައި ދައުރުވަމުންނެވެ.

އޭގައި އޭނާ ބުނީ، އޭ ސްޓާއެއް ލިބުނު ކުއްޖަކު ބޭނުންވީ އޭނައަށް ލިބޭ ބޯނަސް ފަސް ޕޮއިންޓް، އެ ޕޮއިންޓް ބޭނުންވެފައި ހުރި ކުއްޖަކަށް ދޭން ކަމަށެވެ.

"އޭނާގެ އެއްޗެއް، ޓެސްޓު އުނދަގޫވެގެން އުޅުނު ކުއްޖަކަށް އިތުރަށް މާކްސް ދިނުމަށްޓަކައި އޭނާ އެ ޕޮއިންޓްތައް ދޭން ބޭނުންވީ".

https://www.facebook.com/photo.php?fbid=2463087170621543&set=a.1381449708785300&type=3

އެ ކުއްޖާ ޓެސްޓު ޕޭޕަރުގައި ބޭނުން ޖެހިފައިވާ ކުއްޖަކަށް އެ މާކްސް ދިނުމަށް ބުނެފައިވާ އިރު، އޭގައި އެ މާކްސް ދޭންވީ ވަކި ކުއްޖެއްގެ ނަމެއް ބުނެފައެއް ނުވެއެވެ. އެހެންކަމުން އެއީ ހަމައެކަނި އޭނާގެ ރަހުމަތްތެރިއަކަށް އޭނާ ދޭންވި ޕޮއިންޓްތަކެއް ނޫންކަން އެނގެއެވެ.

އެ ކުއްޖާ އެގޮތަށް ލިޔުނު ކަމުގައިވިޔަސް އެއީ ޓީޗަރަކަށްވެސް ވާނެ ކަމެއް ނޫނެވެ. ގިނަ ބަޔަކު ބުނީ، އެއީ އެ ކުއްޖާގެ ކިބައިގައި އިންސާނިއްޔަތުކަން ހުރި މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަހަނބު0

    އެއީ ވަރަށް ރަނގަޅު ކުއްޖެއް ގިނަފަހަރަށް ތި ފަދަ ކަމެއް ނުކުރާނެ އިންސާނިއްޔަތައް ލޯބި ކުރާ އަނެކާ އިހްސާސް ދަންނަ ކުއްޖެއްނޫނީ

    71
    3
  2. ޓީޗަރު

    ތިކަން ކު ރީ މިއުޅޭ ފުލެޓް ބޮޑުބެ.

    2
    12