އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގެ ލީޑު ރޯލުން އާލިއާ ބަޓް ފެނިގެންދާނެ ކަން އޭނަ ވަނީި އިއުލާނު ކޮށްފައެވެ. ނަމަވެސް އާލިއާއެކު ކެޓްރީނާ ކައިފް ވެސް ފެނިގެންދާނެ ކަމަށް އިންޑިއާގެ ނޫސްތަކުން އަންނަނީ ބުނަމުންއެވެ.

މި ފިލްމުގައި އާއިލާ ފެނިގެންދާނެ ގޮތް މިހާރު ވަނީ އާންމުންނަށް ދައްކާލައިފައެވެ. މި އަހަރު ސެޕްޓެމްބަރު 11 ވަނަ ދުވަހު ސިނަމާއަށް ނެރުމަށް ތާވަލު ކުރެވިފައި މި ފިލްމަކީ ހަގީގީ ވާހަކައެއްގެ މައްޗަށް ކުޅޭ ފިލްމެކެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ކެޓްރީނާ ވަނީ ސަންޖޭގެ އޮފީހުން ފެނިފައެވެ.

ކެޓްރީނާއަކީ ކުޅަދާނަ އެކްޓަރެއްގެ އިތުރުން މޮޅު ނެށުންތެރިއެކެވެ. "ޗިންނީ ޗަމޭލި"، "ޝީލާ ކީ ޖަވާނީ" އަދި "ކާލާ ޖަޝްމާ" ފަދަ ލަވަތަކުން ކެޓްރީނާ ވަނީ ފެނިފައެވެ. އާލިއާއެކު ލީޑު ބަތަލުގެ ރޯލުން ފެނިގެންދާނީ ޝާންތަނޫ މަހޭޝްވަރީއެވެ.

އާލިއާ އެންމެފަހުން ފެނިގެންދިޔައީ އަބީޝޭކް ވަރްމަން ޑައިރެކްޓްކޮށް މިދިޔަ އަހަރުގެ އޭޕްރިލްގައި ނެރުނު "ކަލަންކް" އިންއެވެ. މި ފިލްމުގައި އާލިއަގެ އިތުރުން މާދުރީ ދިކްޝިތް، ސޯނާކްޝީ ސިންހާ، ސަންޖޭ ދަތް، އަދިތިޔާ ރޯއި ކަޕޫރު އަދި ވަރުން ދަވަން ވަނީ ފެނުނެވެ.

މި ފިލްމު ބެލި ގިނަ މީހުން ވަނީ އުންމީދު ކުރި ވަރަށް ވުރެ ފިލްމު ރީތި ނޫން ކަމަށް ބުނެފައެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރުމަން ލިޔެ/ޑައިރެކްޓް ކުރި ފިލްމަށް ގިނަ ކްރިޓިކުން ދީފައި ވަނީ ފަސް ތަރިން 2-3 އާ ދޭތެރޭ ރޭޓިންއެކެވެ. މިއީ ހަގީގަތުގައި "ކަލަންކް" އަށް އުންމީދު ކުރި ވަރަށް ބަލާއިރު ވަރަށް ދަށް ރޭޓިންއެކެވެ.

ކިޔުންތެރިންގެ ހިޔާލު