އެތައް ބައެއް އިންތިޒާރު ކުރަމުން އަންނަ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3 މިރޭ ޕްރިމިއާ ކުރާނެއެވެ. މިއީ އެ ޝޯވއަކަށްޓަކައި ހުރިހާ ދިވެހިން ޓީވީ ދޮށަށް ޖަމާވާ އެ ޝޯވއެވެ. އެތައް ދިވެހިންގެ ހިތްތަކާއި ކުޅެލާ ކަހަލަ އެތައް ލަވައެއް މިރޭ އަޑުއިވިގެންދާނެއެވެ.

މިރޭގެ ޝޯވގައި އޮތީ މާލެ އޮޑިޝަންއަށް ހާއްސަކޮށެވެ. ރާއްޖޭގެ ތިން ސަރަހައްދެއްގައި އޮޑިޝަން ބޭއްވި މި ޝޯވގެ އޮޑިޝަންތަކުގައި އެންމެ ގިނައިން ބައިވެރިވެފައި ވަނީ މާލޭގައި އޮތް އޮޑިޝަންގައެވެ.

ޝޯވއަށް ބަލާއިރު، މިފަހަރު ވަރަށް ތަފާތު ވާނެކަމަށް އައިޑޮލް ޓީމުން ބުންޏެވެ. މީސް މީޑިޔާ މެދުވެރިކޮށް މިހާރުވެސް ޝޯވ ޕްރޮމޯޓް ކުރަމުން އަންނައިރު، ގިނަ ބަޔަކު ޕޯސްޓްތައް ޝެއަރ ކުރަމުންދާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

https://www.facebook.com/MaldivianIdolOfficial/photos/a.860851247332304.1073741829.859194730831289/1588406414576780/?type=3&theater

އައިޑޮލްގެ ސީޒަން 3 މިރޭ ފަށާއިރު، ޖަޖިންގ ޕެނަލްއަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މި ފަހަރުގެ ސީޒަންގައި ވަނީ ހަތަރު ޖަޖުން ހިމަނައިފައެވެ. ޖަޖުންގެ ޕެނެލާ އަލަށް ގުޅުނު ފަންނާނަކީ ޒާރާ މުޖުތަބާއެވެ. ދެން ހިމެނޭ ޖަޖުންނަކީ ކުރީ ސީޒަންތަކުގައި ވެސް ޖަޖްކަންކޮށްފައިވާ އަހުމަދު އިބްރާހީމް (އައްމަޑޭ) އާއި މަރިޔަމް އުނޫޝާގެ އިތުރުން އިސްމާއީލް އައްފާނެވެ.

މީގެ އިތުުރުން، މިފަހަރުގެ އައިޑޮލް ޕްރެޒެންޓް ކުރުމަށް މޫސާ ވަސީމްއާއެކު ފެނިގެންދާނީ އާ މޫނެކެވެ. ނަމަވެސް އެ އަޑެއް ދިވެހިންނަށް އަލެއް ނުވާނެއެވެ. އެއީ ޝާއިނާ ޝަރީފެވެ. ދިވެހި އެފްއެމް އިން އެތައް ބައެއްގެ ލޯބި ލިބުނު ހުނަރުވެރިއެކެވެ.