މޫނުގައި އަތް ޖެއްސުމަކީ ވަރަށް އާއްމުކޮށް ކުރެވޭ ކަމެކެވެ. ނަމަވެސް ކޮވިޑް-19 ގެ ބިރުވެރިކަމާއި އެކު ޑޮކްޓަރުންނާއި، ސައިންސްވެރިންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ މޫނުގައި އަތްލުމުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތައް ހަނދާން ކޮށްދެމުންނެވެ. ނަމަވެސް ލޯ ކަހާލުން، ނޭފަތް ކޮއްޓާލުން، މޫނުގެ ކޮންމެވެސް ތަނެއް ކަހާލުން ނޫނީ މޫނުގައި އަތް ޖައްސާލުން އެއީ ވަރަށް އާއްމުކޮށް ކުރެވިދާނެ ކަމެކެވެ.

މިއީ އެތައް ސިއްހީ މައްސަލައަކަށް މީހާ ހުށަހެޅިދާނެ ކަމެކެވެ. ހާއްސަކޮށް ކޮވިޑް-19 ފެތުރެމުން މިދާ ދުވަސްވަރު އަތުގައި ކޮންވެސް ގޮތަކުން ވައިރަސްގެ އަސަރު ހުއްޓާ ހަށިގަނޑަށް ވައިރަސް ފޯރުމަށް މިކަމުގެ ސަބަބުން މަގުފަހިވެއެވެ.

ނިއުޔޯކްގެ ސައިކޯތެރަޕިސްޓެއް ކަމަށްވާ ޑރ.ޕޯލް ހޮކްމެޔާ ވިދާޅުވީ ގިނަ މީހުން މޫނުގައި އަތް ލަނީ އެއްވެސް ވިސްނުމެއް ނެތި ކަމަށެވެ. ބައެއްފަހަރު ކަންބޮޑުވެ ހާސްވުމުން، ފިކުރު ބޮޑުވުމުން، ނުވަތަ ފޫހިވުމުން ވެސް މޫނުގެ ކޮންމެވެސް ތަނެއް ކަހާލެވެއެވެ. ނުވަތަ މޫނުގައި އަތް ޖައްސާލެވެއެވެ.

"މޫނުގައި އަތް ލުން ހުއްޓާލަން ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ މޫނުގައި އަތް ލުމަކީ ސިއްހީ މައްސަލަތަކެއް ދިމާވާނެ ކަމެއްކަން ގަބޫލުކޮށް، އެކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުން." ޕޯލް ވިދާޅުވިއެވެ.

ނަމަވެސް މިކަން ހަނދާނުގައި ބަހައްޓަން ގިނަ ފަހަރަށް މަސައްކަތް ކުރިނަމަވެސް ހަނދާނަށް އަންނަނީ މޫނުގައި އަތް ލުމަށްފަހުއެވެ. އެހެންކަމުން މިކަމަށް އޮތް ހައްލެއްގެ ގޮތުގައި ޑރ.ޕޯލް ވިދާޅުވަނީ ކަމެއް ނެތިފައި އިންނައިރު އަތައް ކޮންމެވެސް އެއްޗެއް ލައިގެން އިނުމެވެ. ކުޑަކުޑަ ކުޅޭ އެއްޗެއް، ނުވަތަ ފަސޭހައިން ދެއަތުން ކުޅެލެވޭ ވަރު އެއްޗެއް އަތުގައި ބޭއްވުން އެއީ މޫނުގައި އަތް ލުމަށް އޮތް ހުރަހަކަށް ވާނެ ކަމަށް ޑރ.ޕޯލް ވިދާޅުވެއެވެ.

މިވަރުން ވެސް މޫނުގައި އަތް ލެވޭނަމަ ދެން އޮތް ހައްލެއްގެ ގޮތުގައި ޑރ.ޕޯލް ހުށަހަޅުއްވަނީ ކޮންމެވެސް ވަރެއްގެ އުންތަކެއް ހުންނަ އަންގިއެއް އަތައް ލައްވާށެވެ. އޭރުން މޫނުގައި އަތް ޖައްސާލެވޭ ކޮންމެ ފަހަރަކު ކޮންމެވެސް އުނދަގުލެއް އިހްސާސް ކުރެވޭނެއެވެ. އެހެންކަމުން ދާދި އަވަހަށް މޫނުގައި އަތް ލުން ހުއްޓާލެވޭނެއެވެ.

މިކަމުގައި ކައިރީގައި އެއްކޮށް އުޅޭ މީހުންގެ އެއްބާރުލުން ވެސް މުހިއްމެވެ. މޫނުގައި ގިނައިން އަތްލާ ރަހުމަތްތެރިޔަކު އުޅޭނަމަ އެކަން އޭނާ ކުރާ ކޮންމެ ފަހަރަކު އެއީ ގޯސްކަމެއް ކަން ހަނދާން ކޮށްދޭށެވެ. އޭރުން ވެސް މޫނުގައި އަތްލުން މަދު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިޔާލު

    އާގިސާގެ ކުދިން ހަމަމިހާރުންމިހާރަށް މޫނުގަ އަތްލުން ހުއްޓާލާ

  2. އަހްމަދުބިންސައީދު

    މޫނުގައި އަތްލުމުން ގެއްލުން ލިބެނީ އަތުގައި ޖަރާސީމު ހުންނާތީތޯ ނޫނީ ހުރެދާނެކަމަށްތޯ؟ އަތުގައި އަންގީ ލެއްވީމާ އެއަންގީގައި ޖަރާސީމު ހަރުނުލާނެތޯ؟ އަންގީލައިގެން މޫނުގައި އަތްލީމާ އެއަންގީގައި ހުންނަ ޖަރާސީމު ނޫނީ ވައިރަސް މޫނަކަށް ނާރާނެބާ؟ ތިއަށްވުރެ މާރަނގަޅުވެ ރައްކާތެރިވާނެ ކާއެއްޗެތިބަންދުކުރާ ރަބަރު މޫނުގައި ތަތްކޮށްފާ ބެހެއްޓީމާ . ފަސޭހައިން ތަތްކޮށް ނައްޓާވެސް ލެވޭނެ. މިވައިރަހުގެ އަސްލު ނޭގުނީމާ ކޮންމެ މީހަކުވެސް މިއުޅެނީ ސައިންސް ވެރިންނޭ ކިޔާގެން މޮޅުވާހަކައެއްދެއްކޭތޯ؟ މިވައިރަހަކީމީ ޗައިނާ ސަރުކާރުން ކީރިތިޤުރްއާނަށް ބަދަލުގެންނަން ކަނޑައެޅުމުން އެޤުރް އާން ބާވާލައްވާ ރައްކާތެރި ކުރެއްވިފަރާތުން ފޮނުއްވިކޯފާއެއް. ﷲގެ ކޯފާ އަތުވެއްޖެނަމަ އެއިން ސަލާމަތް ވެވޭނެ ހަމަ އެކަކުވެސް ނުހުންނާނެ.

    16
    1
  3. Anonymous

    Thedu

    3
    1
  4. ބެއްޔާ

    ތިޔަކަމަށް އޮތް ޙައްލަކީ ދެއަތް ފުރަގަހަށް ލައި އެއްސުން

  5. XD

    ދެ އަތުގައި މިރުސް ހާކާފައި ބެހެއްޓުންވެސް ރަނގަޅުވާނެ އޭރުން އެއްފަހަރު އަތްލެވުނަސް ދެވަނަ ފަހަރު ބިރުން އަތްލާން ނުކެރޭހާ ދިލަނަގާލާނެ.

    9
    1