މިހާރު ކުރިއަށްދާ މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގައި މިރޭގެ ޝޯވ އިން ޙަސަން ޝަހުދާން ކަޓައި، މުބާރާތުގެ ގަދަ ފަސް ބައިވެރިން ކަށަވަރުވެއްޖެއެވެ.

މުބާރާތުގެ ޓޮޕް ފައިވް ކަށަވަރުވެފައިވަނީ މިރޭ ކުރިއަށް ދިޔަ މޯލްޑިވިއަން އައިޑަލްގެ އެލިމިނޭޝަން ނައިޓުގައެވެ.

މިރޭގެ ޝޯވގެ ތެރެއިން- ފޮޓޯ: މޯލްޑިވިއަން އައިޑަލް

މިރޭގެ ޝޯވގެ ލަވަތައްވެސް ގެނެސްދީފައިވަނީ ޚާއްޞަ ތީމަކަށެވެ. އެގޮތުން، ކުރިން ރާއްޖޭގައި ލަވަ ކިޔާފައިވާ މަޝްހޫރު ފަރާތްތަކުގެ ލަވަތައް ކިޔައި، އެފަރާތްތަކަށްވަނީ ޓްރިބިއުޓް ދީފައެވެ. އަދި މި ލަވަތައް ހުށަހަޅައިދިނުމަށް ގަދަ ހައެއްގައި ހިމެނޭ ބައިވެރިންނާ، ރާއްޖޭގެ މަޝްހޫރު ހަ ލަވަކިޔުންތެރިޔަކު ވަނީ ބައިވެރިވެފައެވެ.

މިރޭގެ ޝޯވގެ ތެރެއިން- ފޮޓޯ: މޯލްޑިވިއަން އައިޑަލް

މީގެއިތުރުން، މިރޭ ގެސްޓަ ޖަޖެއްގެ ގޮތުގައި ބައިވެރިވެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބްރާސް ބޭންޑުގެ މާސްޓަރެވެ. ހަމައެހެންމެ، ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެމްއެންޑީއެފް ބްރާސް ބޭންޑުގެ އޮކެސްޓްރާ ހުށަހެޅުމެއް. ޝޯވ ފެށުމުގެ ގޮތުން ގެނެސްދީފައިވެއެވެ.

ޝަހުދާން ކަޓައިގެން ގޮސްފައިވާއިރު، މިހާރު މުބާރާތުގައި ތިބި ބައިވެރިންނަކީ:

ނައުޝާދު އަބްދުލް ލަތީފު

އައިޝަތު އަޒަލް އަލީ ޒާހިރު

އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު

ތަސްލީމް އަބްދުލް ކަރީމް

މަރިޔަމް މައީޝާ

އައިޑަލް ސީޒަން ތިނެއްގައި ހަތަރު ފަނޑިޔާރުން ތިބެއެވެ. މުބާރާތް ކުރިއަށް ގެންދަނީ ފަނޑިޔާރުންގެ 50 އިންސައްތަ މާކްސް އާއި ބެލުންތެރިންގެ 50 އިންސައްތަ ވޯޓާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަދީފް

    އެލައިޑްގެ ވައުޗާ ސޭޓު ކަޓައިގެން އެ ދިޔައީ!

  2. ޜާްވެރިބެ

    ޥަރައް ދެރަ

  3. Anonymous

    ދެރަ ވަރަށް????

  4. ތަފާތު

    ސައިނާ އަށް ދީފަ ނިންމާލަންވީނު ދެން ތިވަރަށް އޭނައަށް ފެވަރ ނުކޮށް އުނޫޝާ ހަމަ ފާޅުގަ ތަފާތު ކުރަނީ