އެސް ޕްރޮޑަކްޝަން އާއި މާސްކޭ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ލޯބީގެ އަސަރުގަދަ ފިލްމު "އަނދިރިކަން" ޕްރިމިއަރ ކޮށްފިއެވެ.

މަޝްހޫރު ތަރިން ކަމުގައިވާ ޝީލާ ނަޖީބް އާއި އަލީ ސީޒަން އަދި އާމިނަތު ރިޝްފާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ މަޝްހޫރު ސްކްރީން ރައިޓަރ އަހުމަދު ޒަރީރު އެވެ. މި ވާހަކަ ލިޔެފައި ވަނީ ސީޒަންގެ ކޮންސެޕްޓަކަށް ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ.

ސީޒަން ޑައިރެކްޓު ކޮށްފައިވާ މި ފިލްމުން ފެނިގެން ދަނީ ދަރިއަކު ނުލިބޭނެ ކަމަށް ހޮސްޕިޓަލަކުން ކަށަވަރު ކޮށްދީފައިވާ އަތްނބަކު، އޭނާގެ ފިރިމީހާ ބޭނުންވާ ގޮތަށްދަރިއަކު ހޯދައި އެދެމަފިރިންގެ ކައިވެނި ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތެވެ.

މާލެ އެކޭ އެއްގޮތަށް އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް "އަނދިރިކަން"ގެ ޝޯތަކެއް އެޅުވުމަށް ހަމަޖެހިފައިވާއިރު، މި ފިލްމުގައި ހަރަކާތްތެރިވާ ބައެއް ކުޅަދާނަ ފަންނާނުން އެ ރަށްރަށަށް ޒިޔާރަތް ކުރާގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް "ވަގުތަށް" މައުލޫމާތު ލިބެއެވެ.

މި ފިލްމުގައި އިތުރު ތަރިންގެ ގޮތުގައި ހަރަކާތްތެރިވާ މީހުންގެ ތެރޭގައި މަޝްހޫރު އަދި ދާއިރާގައި ދުވަސްވީ ދެ ފަންނާނުން ކަމުގާއިވާ އަހުމަދު ސައީދު، އަދި ޒީނަތު ހިމެނެއެވެ.

މި ފިލްމުގެ ބޮޑު ބައެއް މ. މަޑުއްވަރީގައި ޝޫޓު ކޮށްފައިވާއިރު، އދ. ދަނގެތީގައިވެސް ވަނީ މި ފިލްމުގެ ބައެއް ޝޫޓް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަސަދުﷲ

    އޯ ލޯބިވާ މުސްލިމް ދަރީންނޭވެ. ދުނިޔެއަށް ވަބާތަކާ ބަލާތަކާ މުޞީބާތްތައް ޢާއްމުވެފައިވާ އިރުވެސް އަހަރެމެން މުސްލިމުންވީ ހިލޭ ފިރިހެނުންނާއި އަންހެނުން ގައިގޯޅިވެ ރަނގަޅަށް ނިވާނުވާ ހެދުން ލައިގެން ފިލްމު ކުޅެހަދަންހެއްޔެވެ. މާތްﷲ އަށް ބިރުވެތިވެ ފުރިހަމަ އިސްލާމީ ރިވެތި ގަހަނާައިން ޖަރީވެ ފާޙިޗްކަންތަކާއި ނުބައި އާދަތަކުން ދުރުވެ މި ބަލާތަކުން ސަލާމަތްވޭތޯ ދުޢާދަންވަމާ ހިނގާށެވެ. ހަމަ މިހާރުވެސް މަރުއައިސް ބައްދަލުކޮށްފާނެއެވެ. އޭރުން އޮންނާނީ އެމީހެއްގެ ޢަމަލެއް އެމީހަކަށެވެ. ކިތަންމެ މޮޅަށް ފިލްމެއްކުޅަނަސް ކުރާނެ މަންފާއެއް ނޯންނާނެއެވެ. އޭ ހޭއަރާ ތިބޭށެވެ. ސަލާމަތެއްއޮތީ ވިސްނާ ފިކުރުކޮށް ހެޔޮމަގަށް ރުޖޫޢަވީ މީހަކަށެވެ.

    28
    2
  2. XD

    ތި ޕޯސްޓަރެއް ބަލާފަ ހަމަ ހިނިއަންނަނީ.

    11
  3. ހިޔާލު

    ޒަހަރު އެބަހުރިތަ ޒަހަރު

  4. ޒައިޝާ

    ތި އަނދިރި ދުނިޔެއިން އަލިކަމުގެ ތެރެއަށް ނުކުންނާކަށް ނުވޭތަ؟ މުޅި ދުނިޔެ ބިރުވެރި ކަމެއްގެ ތެރޭގައި ވާ އިރު އަދިވެސް ނަހީކުރެއްވި ކަންތައްތައް ކުރުމަށް މީހުންނަށް ދައުވަތު ދޯ ދެނީ.

    18