އެމެރިކާގެ 32 އަހަރުގެ އަންހެނެއް ކަމަށްވާ އެމީ މެޔެރޮޓްގެ އުމުރުން 32 އަހަރު ފުރުނު އިރު އޭނާ އަށް އެއްފަހަރު ވެސް އޭނާގެ ބައްޕަ ދެކިލުމުގެ ފުރުސަތެއް ނުލިބެއެވެ. އެމީ އަކީ ދެމަފިރިއަކު އެޑޮޕްޓް ކޮށްގެން ބޮޑު ކުރި މީހެކެވެ. އެމީ އަށް މީގެ އަހަރުތަކެއް ކުރިން އޭނާގެ އަސްލު މަންމަ އާއި ބައްދަލުވި ނަމަވެސް އަސްލު ބައްޕަ އަކީ ކޮބައިކަމެއް ވެސް އޮތީ ނޭނގިއެވެ.
މިހާރު ކައިވެންޏެއްކޮށް ދެދަރިން ވެސް ލިބިފައިވާ އެމީ އަބަދުވެސް އޭނާގެ ބައްޕަ އާއި ބައްދަލު ވާނެ ކަމަށް އުއްމީދު ކުރެއެވެ. ނަމަވެސް ބައްޕަަގެ ނަމެއް ވެސް އަދި ބައްޕަ ދިރިއުޅޭ ތަނެއް ވެސް ނޭނގޭތީ އެއުއްމީދު ހާސިލް ވާނެ ގޮތެއް އޮތީ ނުފެނިފައެވެ.
އެމީގެ ހަޔާތް ބަދަލު ކޮށްލީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އެމީގެ ޑީއެންއޭ ޓެސްޓެއް ހެދުމަށް އޭނާގެ ފިރިމީހާގެ ކޮއްކޮ އެދުނު އެދުމަކަށް އާނއެކޭ ބުނީ ބައްޕަ ފެނިދާނެ ކަމުގެ މާބޮޑު އުއްމީދެއް އޮވެގެންނެއް ނޫނެވެ.
ނަމަވެސް އެމީގެ އަތުގައި ނަސީބު ހިފިއެވެ. ގެއްލިފައިވާ އާއިލާ މެންބަރުން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދޭ ގްރޫޕަކުން ވަނީ އެމީގެ ޑީއެންއޭ އާއި މެޗްވާ މީހާ ހޯދާފައެވެ. އެއީ ޓިމް ބެރިގަން ކިޔާ މީހެކެވެ.
ޓިމް އާއި އެމީ މިހާރު ވަނީ ބައްދަލުވެފައެވެ. ޓިމް ބުނާ ގޮތުން އެމީގެ މަންމަ އާއި އޭނާ އާއި ދެމެދު ލޯބީގެ ގުޅުމެއް އޮތެވެ. ނަމަވެސް ކައިވެންޏެއް ނުކުރެއެވެ. އެމީގެ މަންމަ ޓިމްގެ ދަރިއަކަށް ބަލިވެ އިން ކަމެއް ވެސް ޓިމް އަކަށް ނޭނގެއެވެ. އެހެންކަމުން އޭނާގެ ދަރިއަކު ހުރި ކަން އޭނާ އަށް އޮތީ ނޭނގިއެވެ.
އެމީގެ މަންމަ މިހާރު ވަނީ މަރުވެފައެވެ. ޓިމް އާއި އެމީ ބައްދަލުވި ހިސާބުން މިހާރު ޓިމްގެ އާއިލާ ވަނީ ބޮޑުވެފައެވެ. ހުރިހާ ކުދިން ވެސް އުޅެނީ ވަރަށް ގުޅިގެން އެކުވެރިކޮށެވެ.
ތިޔަކަހަލަ ގެއްލޭ ބައްޕަ ރަގަޅުވާނީ ދުވަހަކުވެސް ނުފެނުނިއްޔާ. 30 40 އަހަރުފަހުން މިއީ ބައްޕައޭ ކިޔާފަ އައިމަ ވަރަށް ރީތި ނަސީބެއްތާ ދެމީހުން އޮޅިގެން އިނދެގެން ދަރިން ނުހޯދިކަން