ޑޮކްޓަރުންނަކީ މުޖުތަމަޢުގައި މީހުން ޤަދަރު ކުރާ ބައެކެވެ. އިންސާނިއްޔަތުކަމުގެ މީޒާނުން، އެތައް މުޙިއްމުކަމެއް ދެވިފައިވާ ބައެކެވެ. އެހެންނަމަވެސް، އެފަރާތްތަކަށް ލިބިފައިވާ ޤަދަރު ކުޑަވާ ގޮތަށާއި އިންސާނިއްޔަތުކަމަށް އެއްވެސް ބެލުމެއް ނެތި، ދުނިޔޭގެ ބައެއް ޑޮކްޓަރުން ކަންތައް ކުރަމުންދާކަމީ ހިތާމައެކެވެ.

އެގޮތުން، އިންޑިޔާގައި ދާދިފަހުންވަނީ ޑޮކްޓަރަކު އަމިއްލައަށް، ބަލިމީހެއްގެ ފަރާތުން ހޯދަން ޑިމާންޑުކުރި ފައިސާ، ބަލިމީހާގެ އާއިލާއަށް ނުދެވުމުން، ފަރުވާ މެދުކަނޑާލާފައެވެ.

ރިޝްވަތުގެ ގޮތުގައި 5000 އިންޑިޔާ ރުޕީސް ހޯދަން މި ޑޮކްޓަރު އެދުނުއިރު، މިކަމަށް ބަލިމީހާގެ އާއިލާއިން ނުކުޅެދިފައިވާއިރު، ބަލިވެގެން ހޮސްޕިޓަލުގައި އޮތް 11 އަހަރުގެ ކުޑަކުއްޖަކުވަނީ މިކަމުގެ ސަބަބުން ދުނިޔެ ދޫކޮށްފައެވެ.

"އިންޑިޔާ ޓައިމްސް" އިން ބުނެފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ އެޤައުމުގެ ޕަންޝެހީ ނަމަކަށް ކިޔާ ސަރަޙައްދެއްގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައެވެ. އަދި، މިކަން ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މިކަމާ ގުޅިގެން، މަރުވި ކުއްޖާގެ އާއިލާގެ ފަރާތުން އެނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދަން ޑިމާންޑުކޮށްފައިވަނީ އެވަގުތު ހޮސްޕިޓަކުގެ އޯޕީޑީގައި އިސްކޮށް ހުރި ޑޮކްޓަރު ކަމަށެވެ.

މީގެއިތުރުންވެސް، އެނޫހުން ބުނެފައިވާ ގޮތުގައި ކުއްޖާ މަރުވުމުން، އެކުއްޖާގެ ފުރާނެ ނެތް މަސްގަނޑު ހިފައިގެން، މެޖިސްޓްރޭޓުގެ އަރިހަށް ގޮސްވަނީ ޑޮކްޓަރުގެ މައްސަލަ ހުށަހަޅާފައެވެ. އަދި، އެތަނުން އެމްބިއުލާންސެއްގައި ހަށިގަނޑު ގެއަށް ފޮނުވާލާފައިވެއެވެ.

ހަމައެހެންމެ، މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް، މެޖިސްޓްރޭޓުވަނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާވައްޑޭ

    އަހަރެން މި ޚަބަރުގެ ސުރުޙީ ކިޔާލާފަވެސް ޔާޤީން ކޮށްފިން މި އިންޑިޔާގެ ކަމެއްކަން. މިކަހަލަ ހުރިހާ ކަމަކުން އިންޑިއާ އޮންނާނެ އެންމެ ކުރީގައި. ރޭޕިސް، ރިޝްވަތު،

  2. ތިމަންނަ

    ރާއްޖެއަށްވުރެ ކުޑަތަންކޮޅެއް ކުރިއަށް އަރައިފި