ޗައިނާއަށް ނިސްބަތްވާ މީހަކު ކާރު ދުއްވުމުގެ ލައިސަންސް ލިބުނުތާ 10 މިނަޓު ނުވަނީސް ފޯނަށް ބަލައިގެން އިނދެ ކާރު ދުއްވި މީހަކު، ބްރިޖެއް މަތިން ފުއްމާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޗައިނާގެ ސިޓީއެއް ކަމަށްވާ ޒުނީ ގައެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަނި ބްރިޖަކުން ކާރު ވެއްޓިފައިވަނީ އޭނާ ފޯނަށް އައި މެސެޖު ކިޔަން އުޅެނިކޮށެވެ. އޭނާ ދުއްވި ކާރު ބްރިޖް މަތިން ވެއްޓޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ދަރުވަމުން އަންނައިރު އެ ވީޑީއޯ ވަނީ ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައެވެ.

އެ ސިޓީގެ ފުލުހުންވަނީ އޭނާ ދުއްވި ކާރު ކާރު ބްރިޖްމަތިން ވެއްޓިފައިވަނީ އޭނާ ލައިސަންސް ލިބުނުތާ މާގިނަ އިރުތަކެއް ނުވަނީސް ގެއަށް ދިޔަ މަގުމަތީ ފޯނަށް ބަލައިގެން ދުއްވަމުން ދަނިކޮށް ކަން ކަށަވަރު ކޮށްދީފައެވެ.

މި ހާދިސާއާއި ގުޅިގެން ކާރު ދުއްވަން ހުރި މީހާ ބުނެފައިވަނީ ބްރިޖް މަތިން ވެއްޓިފައިވަނީ ދުއްވަމުން ގޮސް ފޯނަށް އައި މެސެޖު ބަލަން އުޅުމުގެ ތެރޭގައި ކަަމަށެވެ.

މި ހާދިސާގައި އޭނާ ސަލާމަތްވެފައިވަނީ ދޮރުގައި ފައިންޖަހައި ދޮރު ހުޅުވައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވި ކަމުގައިވިއަސް އޭނާ ދުއްވި ކާރަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެފަރާތުން ބުނެފައިވަނީ މީގެ ކުރިން 2017 ވަނަ އަހަރުވެސް ފޯނާއި ކުޅެމުން ސައިކަލު ދުއްވި މީހަކު މަގުމެދުގައި ހުރި ވަޅަކަށް ވެއްޓި އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކި

    ލިޔެވޭ އެއްޗެއް ނުލިޔެވޭ އެެއްޗެއް ނޭގެ ދޯ

    4
    13
  2. އަނީނ

    ބޮއްޅަބޭވެސް ވެރިކަން ލިބުނުތާ މާގިނައިރެއް ނުވެ ފުންމާލީ ވެރިކަމުން

    21
    3