ކެއިލީ ވިލްކްސް ދާދި ފަހުން މީސް މީޑިއާ މެދުވެރިކޮށް އޭނާ ދެ އަހަރެއްހާ ދުވަސް ވަންދެން ފެންދީ ބަަލަހައްޓަމުންދިޔަ ގަހަކީ ޕްލާސްޓިކް ގަހެއްކަން އެނގުނު ވާހަކަ ހިއްސާ ކުރިއެވެ. އެ ވާހަކަ ހިއްސާ ކުރުމާއެކު ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަންވެސް ލިބިގެން ދިޔައެވެ.

އޭނާ މީސް މީޑިއާގައި އެ ގަހުގެ ފޮޓޯއެއް ހިއްސާ ކުރމަުން ބުނެފައި ވަނީ، އޭނާ ސަކިއުލަންޓް ނަމަކަށް ކިޔާ އެ ގަސް ގެންގުޅޭތާ މިހާރު ދެ އަހަރުދުވަސް ވެދާނެ ކަމަށެވެ. އެއީ ރީތި، އަދި ސިއްހަތު ރަނގަޅު ގަނެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ކެއިލީ އެ ގަސް ބަހައްޓާފައި ވަނީ ބަދިގޭގެ ކުޑަ ދޮރު ކައިރީގައެވެ. އެއަށް އޭނާ ފެންވެސް ދެމުންދިޔައެވެ.

"އެހެން މީހަކު އެ ގަހަށް ފެންދޭން އުޅުމުންވެސް އަހަރެން އެ މީހަކު ދުރުކުރަން. އަހަރެން ދިޔައީ އެ ގަސް ވަރަށް ރަނގަޅަށް ބަލަހައްޓަމުން، އަހަރެން އެ ގަސް ދެެކެ ވަރަށް ލޯބިވޭ". ކެއިލީ ބުނެފައި ވެއެވެ.

ކެއިލީ ބުނިގޮތުގައި، އެއީ ފޭކް ގަހެއްކަން އޭނާއަށް އެނގިގެން ދިޔައީ، އެ ގަސް އެހެން ވާސްއެއްގައި ޖަހަން އުޅުމުގެ ތެރޭގައެވެ.

"އަހަރެން އެ ގަހުގެ އަސްލު ކޮޓެއިންނާއިން ނެއްޓުމުން އެނގުނީ އެއީ ފޭކް ގަހެއްކަން/ އަހަރެން އެ ގަސް ދެކެ ވަރަށް ލޯބިިން، އޭގެ ފަތްތައް ސާފްކޮށް، އެ ގަހަަށް ވަރަށް ކަމޭހިތާއިގެނ ބެލެހެއްޓިން، އެއީ ހަމަ ޕްލާސްޓިކް، އަހަރެންނަށް މިކަން ކުރިން ނޭނގުނީ ކީއްވެ؟". ކެއިލީ ބުނެފައި ވެއެވެ.

އޭނާ ބުނީ، އެ ގަސް ކޮންޓެއިނާއިން ނެއްޓިއިރު، އެ ގަސް އިނީ ސްޓައިރޯފޯމްގައި، ތެރަސް ލައިފައި ތަތްކޮށްފައިކަން އެނގުނު ކަމަށް އޭނާ ބުނެފައި ވެއެެވެ.

އޭނާ މިއަދު އެކަމާއި ވަަރަށް ދެރަވެ ހިތާމަ ކުރެއެވެ.

އުމުރުން 24 އަހަރުގެ ކެއިލީ ނުނީ، މިދިޔަ ދެ އަހަރުގައި އޭނަގެ މުޅި ދިރިއުޅުމަކީ ދޮގެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯބުރާންތި

    ކީއްކު ރާނީ އަބަދު ތިބޭނީ ހިނދުކޮޅު އައިސްފަ ނޮޓް ސަޕް ރައިސް

    7
    2
  2. އެމާ

    ކޮންކަހަލަ ބަލިމަޑުކަމެއްގެ އަލާމަތެއްހޭ މިފެންނަނީ