A young woman holding her painful head

މައިގްރޭންގެ ސަބަބުން ބޮލުގައި ރިއްސުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިކަމުން ސަލާމަތްވާން އެތައް ވައްތަރެއްގެ ބޭސް ކާން ޖެހެއެވެ.

ދާއިމީ ގޮތެއްގައި މިފަދަ ބޭސްތައް ކެއުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ވަރަށް ގިނަ ގެއްލުންތަކެއް ވާއިރު، މިކަމައް ބޭސް ބޭނުން ނުކޮށް ގުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ހައްލެއް ހޯދިދާނެއެވެ.

އެގޮތުން ފުރަތަމަ ކަމަކަށް މޭބިސްކަދުރު ޖޫސް ބޭނުން ކުރެވިދާނެއެވެ. މިކްސްޗަރެއްގެ ތެރެއަށް މޭބިސްކަދުރާއި އެކު ފެންފޮދެއް އެޅުމައްފަހު ޖޫހަށް ވަންދެން ރަނގަޅަށް މިކްސް ކޮށްލާށެވެ. ރަހަ ގަނޑު ރަނގަޅު ކޮށްލަން ބޭނުންވާ ކަމުގައި ވަނީނަމަ، ކުޑަ ހަކުރު ކޮޅެއް އެޅުމަކުން މައްސަލަ އެއް ނުޖެހޭނެއެވެ. ނަމަވެސް ރަނގަޅު ގޮތަކީ ހަކުރު ނާޅައި ބުއިމެވެ. މިގޮތަށް އަމިއްލަ އަށް ޖޫސް ތައްޔާރު ކޮށްލުމަށް ފަހުގައި ތާޒާ ކަންމަތީ ބުއިމުން ޕެކެޓްތަކުގައި ހުންނަ ޖޫހާއި މީގެ ތަފާތު އެތައް ގުނައަކުން އިހްސާސު ކުރެވި، އޭގެ އިތުރުން ބޮލުގައި ރިހޭ ރިހުމަށްވެސް ހައްލެއް ގެނުވައިދެއެވެ.

ދެވަނަ ގޮތަކީ ކުދީނާފަތުގެ ތެލެވެ. ކުދީނާ ފަތުގެ ތެލުން 10 ވަރަކަށް މިނެޓު ވަންދެން ބޯ މަސާޖް ކޮއްލާށެވެ. މަސާޖް ކުރުމައްފަހު ކުޑަ އިރުކޮޅެއްވަންދެން ނިދާލުމުން މިކަން ރަނގަޅުވެގެން ދާއިރު، ފޮނިތޮށި ޕޭސްޓަކީވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ރީތި ފޮނިތޮށި ކޮޅެއް މިކްސްޗަރަށް އަޅައި ރަނގަޅަށް ހިމުންކުރުމަށްފަހުގައި، ޕޭސްޓައްވާވަރަށް ކުޑަ ފެންފޮދެއް އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު މިޕޭސްޓް ބޮލުގައި ހާކައި 30 މިނެޓު ވަންދެން ބެހެއްޓުމައްފަހު ދޮވެލާށެވެ.

މައިގްރޭން އަކީ އާދައިގެ ކަމެއް ކަމަށް ގިނަ މީހުންނަށް ހީވެފައި އޮތް ނަމަވެސް، މިކަމުގެ ހަގީގަތް އެނގެނީ މިފަދަ ކަމަކާއި ކުރިމަތިލާން ޖެހުމުންނެވެ. އެހެންކަމުން، ތިއިން ބޭފުޅަކާއި މިފަދަ ކަމެއް ކުރިމަތި ވެއްޖެ ކަމުގައި ވަނީނަމަ، މި ދެންނެވި ގޮތައް ކަންތައް ކޮށްލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވ ބޮޑަށް ޝުކުރިއްޔާ

  2. ޝުކުރިއްޔާ