ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އައިފާ އެވޯޑު ފަސްކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި އައިފާ އެވޯޑު ފަސްކުރީ، މިހާރު ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔަކު މަރުވަމުންދާތީ އާއި އެ ވައިރަހަކީ އެކަކު އަނެކަކު ގައިން އަރާ ވައިރަހަކަށް ވާތީ އާންމުންގެ ސަލާމަތަށްޓަކައި ކަމަށެވެ. އެ ހަފްލާއަކީ ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔަކު އެ ތަނަކަށް ޖަމާވެ ވަރަށް ފޯރިއާއެކު ކުރިއަށް ގެންދާ ހަފްލާއެއް ކަން ވެސް ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 ގެ ސަބަބުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ވަނީ ފްރާންސްގައި އޮތް "ޕެރިސް ފެޝަން ވީކް" ހަފްލާއަށް ދިޔުން ވެސް ކެންސަލްކޮށްފައެވެ. މިއަހަރު އައިފާ އެވޯޑުގައި ރަންވީރު ސިންގްގެ ނަން ވަނީ 14 އެވޯޑެއްގައި ހިމެނިފައެވެ.

އައިފާ އެވޯޑަކީ ކޮންމެ އަހަރެއްގެވެސް މާރިޗު މަހު ބާއްވާ އެވޯޑު ހަފްލާއެކެވެ. މިއަހަރުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 27 އިން 29 ގެ ނިޔަލަށެވެ. ނަމަވެސް ހަލުވި ކަމާއެކު ފެތުރެމުންދާ ވަރިހުގެ ސަބަބުން މި ހަފްލާ ބާއްވާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރުގެ އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އިންދޯރުގައި ދެ ދުވަސް އަދި ބޯޕާލްގައި އެއް ދުވަހުގެ ނިޔަލަށެވެ. މި ހަފްލާ ބޭއްވުމަށް 700 ކުރޯޑުގެ ބަޖެޓެއް މިއަހަރުވަނީ އެކުލަވާލާފައެވެ. އަދި 90 ގައުމެއްގައި މި ހަފްލާ އަޅުވާނެ ކަމުގެ މައުލޫމާތު ތަކެއް ވެސް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗަންކީ

    ހުރިހާ އެވޯޑެއް ދެނީވެސް ސްޓްރަގްލް ކުރާ އަނަންނިޔާ ޕާންޑޭއާ ހުސް ކަރަން ޖޯހަރަށް ބައްޕަ ކިޔާ މީހުންނަށް ، ފިލްމްފެއާގަ ވެސް ހެދީ އެހެން، ސޯ އައި ޑޯންޓް ކެއާ

    4
    1
  2. އ. ޖ. އ

    އޭތި ވަރަށް ސަޅި