19 ވަނަ ގަރުނުގެ ފަހު އަހަރުގައި އުފަންވި އުމުރުން 117 އަހަރުގެ ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ މަރުވެއްޖެއެވެ. ޖަޕާނުގެ ރައްޔިތެއްކަމުގައިވާ ނަބި ޓަޖިމާ އުފަންވެފައިވަނީ 1900 ވަނަ އަހަރުގައެވެ. އަދި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލެއްގައި އުމުރުން ދުވަސްވުމުގެ ސަބަބުންކަމަށް މައުލޫމާތު ލިބޭއިރު އޭނާ މަރުވެފައިވަނީ އޭނާ އުފަންވި ރަށްކަމުގައިވާ ކިކައިޖިމާގައި މިދޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

ގިނިސް ވޯލްޑް ރެކޯޑްސްއިން ވަނީ ޓަޖިމާއަކީ ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާކަމަށް އިއުލާންކުރުމަށް ދިރާސާއެއްވެސްކޮށްފައެވެ. ޓަޖިމާގެ ކުރިން ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާއަކީ ހަމަ 117 އަހަރުގެ ވައިލެޓް ބްރައުން ނަމަކަށްކިޔާ ޖެމެއިކާގެ ރައްޔިތެކެވެ. އެހެންނަމަވެސް އެމީހާވެސް ވަނީ މިދިޔަ އަހަރުތެރޭގައި މަރުވެފައެވެ.

ޓަޖިމާގެ މަރާއިއެކު ދެން ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާއަކީ ޖަޕާނުގެ 112 އަހަރުގެ މަސަޒޯ ނޮނަކާއެވެ. ޖަޕާނަކީ ދުނިޔޭގައި އެންމެ އުމުރުން ދުވަސްވީ މީހުންގެ އަދަދު ގިނަ އެއް ގައުމެވެ. އެގޮތުން އެގައުމުގައި 100 އަހަރު ފުރިހަމަވެފައިވާ 824،67 މީހުން ދިރިއުޅޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ބައެއް ދިރާސާތަކުން ވަނީ ޖަޕާނުގައި އެްހާ އުމުރުން ދުވަސްވީ މީހުން ގިނައީ ސަބަބެއް ނެތިއެއް ނޫންކަމަށް ދައްކަވައިދީފައެވެ. އެގޮތުން ޖަޕާނުގައި އުމުރުން ދުވަސްވާން ފެށުމާއިއެކު މީހުން އެމީހުންގެ ކެއުމުގައި ލޮނު ހިމެނުން މަދުކޮށް ކެއުމުގެ އާދަކާދަތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެއެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެއީ ޖަޕާނުގެ ރައްޔިތުން އެހާ އުމުރު ދިގުވާ އެއް ސަބަބެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް

    އިސްދޫގައި އެބަހުރި 105އަހަރު ވީ މީހަކު މިވާހަކަ ލިޔެބަލަ

  2. އ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
    جزاك اللهُ خيرًا