އިންޑިއާގެ ހުޅަނގު ބެންގަލްގެ ޕްރައިމަރީ ސްކޫލެއްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުންދާ ދެ ދަރިވަރަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރަމުންދިޔަ ޓީޗަރެއްގެ މައްސަލަ ފެންމަތިވެއްޖެއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، މި ދެ ކުދިންނާއި ހަތަރު ދުވަސް ވަންދެން ގަދަކަމުން ބެހިފައި ވަނީ ސްކޫލް ގަޑި ނިންމުމަށް ފަހުއެވެ. މި މައްސަލަ ފެންމަތިވެފައި ވަނީ، އެ ޓީޗަރު ގަދަކަމުން ބެހެމުން ދިޔަ ދެ ކުދިންގެ ތެރެއިން ކުއްޖަކު މިިދިޔަ ހުކުރު ދުވަހު ސްކޫލަށް ދާން ދެކޮޅު ހަދައި އެ ވާހަކަތައް ކިޔާދިނުމުންނެވެ.

އެ ކުއްޖާ އޭނާގެ މައިންބަފައިން ކައިރީ ބުނިގޮތުގައި، ސްކޫލް ނިންމުމަށްފަހު ހަތަރު ދުވަހެއްގައި ހަތަރު ފަހަރެއްގެ މަތިން އޭނާގެ އިތުރުން އޭނާގެ ރަހުމަތްތެރި އެހެން އަންހެން ކުއްޖަކު ވަނީ ރޭޕްކޮށްފައެވެ.

އެ ކުއްޖާގެ މައިންބަފައިން ވަނީ ވަގުތުން އަނެއް ކުއްޖާގެ ގެއަށް ގޮސް އެ ހުރިހާ ވާހަކައެއް ކިޔާދީފައެވެ.

މި ދެ ކުދިންގެ މަންމަވެސް ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. ފުލުހުން ބުނިގޮތުގައި، އެ މައްސަލަ ފެންމަތިވުމާއެކު އުމުރުން 35 އަހަރުގެ އެ ޓީޗަރު ވަނީ ފިލާފައެވެ.

މިއަދުގެ ވަގުތެއްގައި މި ދެކުދިންގެވެސް މެޑިކަލް ޓެސްޓުތަކެއް ހަދާނެކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖޮއްބެ

    އިންޑިއާގެ ގައުމީކަމެއް ވިއްޔަދޯ.?

  2. ބްރަވާޑޯ

    ރޭޕް އިންޑިއާ..

  3. އެޑަމް

    މީހުން ގިނަ ތަނެއްގަ ހުރިހާކަމެއްވެސް ގިނަވާނެ އެކަމަކު އިންޑިޔާގަ ތިކަން ގިނައިން ފަޅާއަރަނީ އެމީހުން މިހާރު ހޭލުންތެރިވަމުން އަންނާތީ، އެކަމަކު މިޤައުމުގަ އަހަރުމެން ވަކި ތާހިރެއް ނޫން އިންޑިޔާއަށް އެއްޗެހި ކިޔާކަށް. އިސްލާމްދީނުގެ ނަމުގައި ދުލުން ސަހާދަތުގެ ދެކަލިމަ ކިޔައިގެން ތިބެ މިތާނގަ ނުކުރަނީ ކޮންކަމެއް...

    • މޫސަ

      ރަނގަޅު ވާހަކަ!

    • މަލިކައްޑޫ

      ރޭޕު ގެ ކަންކަމުގައި އިންޑިއާ އާއި ދިވެހިރާއްޖެ އެއްގޮތް ނުކުރޭ! ގެރިމަސް ކެއުން އެމީހުން ގާޓު ރަގަޅެއް ނޫން!

  4. މ

    ތިކަހަލަ ކޮންމެސް ކަމެއް ވެވެ މިދުނިޔޭގަ އޮންނާނީ ޤިޔާމަތް ވާއިރު ތިބޭނީ ހުސް ކާފަރުންނު.
    އިމްތިހާން ކިތަންމެ ކުރިމަތިވިޔަސް މާތްﷲ އަށްޓަކާ އުޅޭ އެއްވެސް އަޅަކައް އިންޝާﷲ ނިކަމެތި ގޮތެއްނެތް ދެދުނިޔޭގަވެސް އަލްހަމްދުލިއްލާހި މާޝާﷲ