އިނގިރޭސިވިލާތުގެ މީޑިޔާއަކުން ހޮވި ދުނިޔޭގެ އެންމެ ރިތި އަންހެން ކުދިންގެ ތެރޭގައި ހިމެނޭ ނަސްތީޔާ އާއިލާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެވެ.

މި އާއިލާ ޗުއްޓީ ހޭދަކުރަމުން ދަނީ ސަން ޝިޔާމް އިރުފުށީގައެވެ.

މީގެ ހަތް ދުވަސް ކުރިން ރާއްޖެއަށް ނަސްތީޔާ އާއި އޭނާގެ ބައްޕަ އާއި މަންމަ އަދި މީގެ އިތުރުން ބޭބެވެސް ދަނީ އުފާވެރި ވަގުތުކޮޅެއް ރާއްޖޭގައި ހޭދަކުރަމުންނެވެ.

https://www.instagram.com/p/Bh1F8QGFrL3/

ނަސީތީޔާގެ މަންމަ އަންނާ ދަނީ އެ މީހުން ރާއްޖޭގައި ހޭދަކުރަމުންދާ އުފާވެރި ވަގުތުތަކުގެ ފޮޓޯތައް އިންސްޓަގްރާމް ކުރަމުންނެވެ. އެގޮތުން ނަސްތިޔާ މޫދުގައި ވަގުތުތައް ހޭދަ ކުރުމާއި، ދޮންވެލިގަނޑު މަތީ ވެއްޔާއި މޮޑެ ހަދާ ފޮޓޯތައްވެސް މީސް މީޑިޔާގައި އޭނާގެ މަންމަ ވަނީ ހިއްސާކޮށްފައެވެ. އަދި މީގެ އިތުރުން، ކުރުނބާ ބޯ މަންޒަރު ފެންނަ ފޮޓޯތައްވެސް ވަނީ ހިއްސާކޮށްފައެވެ.

https://www.instagram.com/p/BhyITVrFWgY/

ނަސްތީޔާއަކީ އެތައް ބައެއްގެ ސަމާލުކަން ލިބެމުން އަންނަ ކުއްޖެކެވެ. އޭނާ ރީތި ނޫ ދެލޮލާއި އިސްތަށިގަނޑުގެ ސަބަބުން އެތައް ބަޔަކަށް އޭނާ ރީތިވެގެން ގޮސްފައިވާއިރު، މޮޑެލް ކުރުމަކީ މިހާރު އޭނާ ކުރާކަމެއް ކަމަށް އަންނާ ވަނީ ބުނެފައެވެ.

https://www.instagram.com/p/Bh1lZAilkeE/

އަންނާ ބުނާގޮތުގައި، އޭނާގެ ދަރިފުޅުގެ ފޮޓޯތައް ނަގަން ބޭނުންވެގެން އެތައް ބަޔަކު ދަނީ މިހާރުވެސް އެ މީހުން ކައިރީ އެދެމުންނެވެ.

ނަސްތީޔާ ބޮޑަށް މޮޑެލްކޮށް އިޝްތިހާރު ކުރަނީ ކުަޑަކުދިންގެ ހެދުން އެއްޗެއްސެވެ.

އުމުރުން ހަތް އަހަރު ވެފައިވާ ނަސްތީޔާ އިންސްޓާގްރާމް އެކައުންޓުގައި އެތައް މިލިއަން ފޮލޯވާސް މިހާރުވެސް އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙަބޭޝް

    ތީ ބުނީމަރީތި ބަލާކަށް ވަކި ރީއްޗެއްނޫން ތިއައްވުރެ މާރީތިކުދިން ރާއްޖޭގަިވެސް އެބަތިބި

  2. ބޭބެ

    މިއީ ދުނިޔޭގައި އިން އެއްމެރީތި ކުއްޖާކަމަށް ތިބާ ކަޑައެޅީ ކޮންގޮތަކުންތޯއެވެ.
    ރީތިކަން ދައްކަން ބަޔަކު ބައިވެރިވާ މުބާރާތުގެ ބައިވެރިންގެ ތެރެއިން ހޮވޭ އެއްމެ ރީތި މީހަކީ ދުނިޔޭގައި އިން އެއްމެ ރީތި މީހާކަމަށް ދެއްކިދާނެތޯއެވެ. ހަމަ ޔަގީނުންވެސް ދުނިޔޭގައި އެ ފަދަ މުބާރާތްތަކުގައި ވާދަނުކުރާ މީހުން އެތައް ގުނައެއް ގިނަވާނެއެވެ.

  3. ނަސީރު

    ތިޔައްވުރެ މާރީތިކުދިން މިރާއްޖޭގައި ވަރައް ގިނައިން އެބަތިބި.

  4. ާުަިއެބޭ

    ބުނީމަ ރީތި.... ކޮަންމެ މީހަކީވެސް ރީތި މީހެއް، ތިޔަހެން ކިޔާގެން އެހެން މީހުން ހުތުރު ކުރަން ނޫޅުއްވާ....

  5. ވާނުވާ

    ނަމަނަމަ ތިމަންޖެ އިންޑިއާޔަށް ނާރުވާތި..

  6. ލިއު

    ރީއްޗެއް ނުން އެއް ގޮތަކަށް ވެސް.... ހަމަ ނޯރމަލް ލުކް އެއް....!

    • ޝަހްދާ

      .ހަމަތެދެތް. ތިޔަށްވުރެ މާރީތިކުދިން ސީރިޔާގަވެސް ތިބޭ. .ތަފާތަކީ އިންސްޓަގްރާމް އަށް ނޭވާޔަކުން އެއްފަހަރުފޮޓޯ ނުލާތި.
      ދުނިޔޭގެ އެންމެ ރީތިއޭ ބުނީމަ ހަމަބުނެލީ?

  7. ޙަސަނުބެ

    ޢެއީ މާ ރީތި މީހުން ތިބިތަނެއްތަ އެ ތަނުން ދުނިޔޭގެ އެންމެ ރީތި ކުއްޖާ ކަނޑަ އަޅަން

  8. ޣުބާރު

    ހެޑް ލައިން ކިޔާލި އިރު ހީވަނީ އެއީ ރާއްޖެ ކުށްޖެއް ހެން

  9. ދެންދޯ

    މިހުރިހާ ވާހަކަ ދެއްކުނު އިރުވެސް މިކުއްޖާގެ ގައުމުގެ ވާހަކަ ފެއްނާކަށްނެތް، މީ ރަޟިޔާގެ މޮސްކޯ އަށް އުފަން ކުއްޖެކެވެ.

  10. ޙުދުހުދު

    މަގޭ ދަރިފުޅުވެސް މާ ރީތި. މަގޭ އަނބިވެސް. އެކަމް މަގޭ އަނބި ހުންނަނީ މޫނު ބުރުގާ އަޅައިގެން. ދުނިޔެއަށް އިސްތިހާރު ވެގެނެއް ނޫން.

  11. މަ މިއު މަ

    'އެންމެ' ރީތި ކުއްޖެއް ނުހުންނާނެ. ތީވެސް ރީތި ކުއްޖެއް، ތިނޫނަސް ހަމަ ރީތި ކުދިން. ދެން މޮޔަވެގެންތަ މިމީހުން ޅަ ކުދިން އިސްތިހާރު މި ކުރަނީ؟

  12. ޝުއަރޭޒް

    ނޫނޭ!!! އެކުއްޖާ އަސްޅައް ވަރަށް ރީތި

  13. މ

    މާޝާﷲ