މިހާރު ދުނިޔޭގައި ހަކުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނަސް އޭގެ އަލާމަތްތައް ނުފެނި ފަސް ދުވަސް ވެގެން ހިނގައިދާނެ ކަމަށް އެމެރިކާގެ ސައިސްވެރިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ޖޯން ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތް އިން އިއްޔެ އާއްމުކުރި ދިރާސާގައި ބުނާގޮތުގައި އިންކިއުބޭޝަން ޕީރިއަޑް ނުވަތަ ހަށިގަނޑަށް ވައިރަސް ވަނުމަށްފަހު އޭގެ ނިޝާންތައް ފެންނަން ފަށާނީ އެއް ދުވަހާއި ފަސް ދުވަސް ތެރޭގައެވެ.

ދިރާސާ ކުރުމަށް ސައިންސްވެރިން ރިޕޯޓް ތައްޔާރުކޮށްފައި ވަނީ އިތުރު މައުލޫމާތު ހޯދުމަށްފަހުގައެވެ. ނޫސްތަކުންނާއި، ހެލްތް މިނިސްޓްރީތަކުގެ އިތުރުން ސަރުކާރުތަކުން އާންމު ކޮށްފައިވާ ބަޔާންތައް އެފަރާތުން ވަނީ ދިރާސާ ރިޕޯޓް އާންމު ކުރުމުގެ ކުރިން ބަލާފައެވެ.

މި ދިރާސާއަށް ސައިންސްވެރިން ވަނީ ފެބްރުއަރީ 24 ގެ ކުރިން ބަލި ޖެހިފައިވާ މީހުންގެ ކޭސްތައްވެސް ބަލާފައެވެ. އެ ރިޕޯޓްތަކަށް ބަލައި ފުރަތަމަ އެމީހުން ޕޮޒިޓިވް ވެފައިވާ ދުވަހާއި އަލާމާތްތައް ފެނިގެން ޝައްކު ކުރެވުނު ދުވަސްތައް ވަނީ ދިރާސާކޮށްފައެވެ. މިދިރާސާ ކުރި ސައިންސްވެރިން ވަނީ މި ދިރާސާ ހެދުމަށް 181 ކޭސް ބަލާފައެވެ.

އެ ދިރާސާއިން ބުނާ ގޮތުގައި ކޮވިޑް-19ގެ އަލާމާތްތަކަށް ކަރަންޓީން ކުރާ ފަރާތްތަކުގެ ތެރެއިން ބައެއް މީހުން އަލާމާތްތައް ފެންނަތާ 11 ދުވަސް ފަހުން ވެސް ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައި އެބަހުއްޓެވެ. އެހެން ކަމުން މިހާރު އާންމު އުސޫލެއްގެ ގޮތުން ކަރަންޓީން ކުރާ 14 ދުވަހަކީ ރަނގަޅު މުއްދަތު ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ދިރާސާ އިން ދައްކާ ގޮތުގައި އެހެން މީހުންގެ ގަޔަށް އާއްމުކޮށް ބަލި ފެތުރެނީ ހުން އައިސްފައި ތިބޭ މީހުން ނުވަތަ ކެއްސާ މީހުންގެ ގައިންނެވެ. އެއްވެސް އަލާމާތެއް ނުފެންނަ މީހުންގެ ގައިން ބަލި ފެތުރެމުންދާ ނިސްބަތް މަދުކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.

ނަމަވެސް މިދިރާސާ ކުރި ސައިންސްވެރިން ވިދާޅުވާ ގޮތުގައި މިއީ އަދި ކޮވިޑް-19 އާއި ގުޅިގެން ލިބިފައިވާ ވަރަށް ކުޑަ މައުލޫމާތެކެވެ. އެހެންކަމުން މިދިރާސާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބިނާކޮށް އެއްވެސް ބަޔަކު ކަމަކަށް ބަދަލެއް ގެނައުން އެއީ އެންމެ ރަނގަޅު ގޮތައް ނުވެދާނެ ކަމަށް ދިރާސާގައި ބައިވެރިވި ސައިންސްވެރިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމަންޖެ

    އެހެންވީމަތާ މިގައުމައް އެތެރެވާން އަންނަ އިޓަލީމީހުންވެސް 2 ދުވަހު ލަންކާގަ ބައިތިއްބާފަ އެގެންނަނީ. 5 ދުވަހޭ ބަޔަކު ކިޔަސް އަޑެއްނީވޭނެ، އަލީ ވަހީދުގެ މޮޅުވިސްނުންތަ އެއީ. މުޅި ސަރުކާރު ފެއިލް.

    17
    5
  2. ފާތުން

    މީ މިކަންތައް ސިޔާސީ ކުރަންވީ ވަގުތެއް ނޫން.ވިސްނަވީ ކަމަކީ މިފަދަަކަން ދިމާވަން މެދުވެރި ވަނީ މީސްތަކުންގެ އަމަލުތަކުންކަން .ﷲ އަައް ބިރުވެތިވެ އެކަލާންގެ މަގަށް ރުޖޫއަވާންވީ.ހަމަ އެކަނި ސުނާމީ އަރާ ގެން ނޫންކަން ކޯފާލިބެނީ ގަބޫލުކުރަން ވީ.ދޫތައް ރައްކާތެރި ކުރޭ.ﷲ ގެ މަގަށް ރުޖޫއަވޭ.

  3. މަހުދީ

    ތެދެއް ތި ބުނީ! އަދި އެ ހުރިހާ ނުބައިކަމެއް ކޮށްަފައި އެކަން ފަޚުރެއްގެ ގޮތުގައި ނެރެ ހާމަވެސް ކޮށްފިޔޭ ދޯ މީހުންގެ ލެއި ކެކިގަންނާނެ ވަރު ނޭނގި ބީތާ ވިޔަސް ބޮޑުވަރު!

  4. Anonymous

    ސިޔާސީ ކުރަނީ ކި ނޫނޭ މީ ސަރުކާރު ފެއިލްވުން އަސްލު ދީނަށް ގޮންޖެހިމީހާވެސް ދަނޑިވަޅުބަލާފަ ދޫކޮށްލީ އެހެންވެ