އުމުރުން 17 އަހަރުގައި ކައިވެނިކޮށްގެން އުޅުނު ފިރިހެނަކަށް ލިބުނު ދަރިއަކީ އޭނާގެ ދަރިއެއް ނޫންކަަމަށް ބުނެ ދެ މަސް ނުވާ ކުޑަކުއްޖަކަށް އަނިޔާކޮށް މަރާލައިފިއެެވެ.

އިންޑިއާގެ ދިއްލީ ހިނގި މި ހާދިސާގައި އޭނާ އެ ކުއްޖާ މަރާލާއި ވަނީ މޫނު މަތީގައި އެތައް ފަހަރަކު މަތިން ޖަހައިގެންނެވެ. އަދި އެވަގުތު އެ ކުއްޖާގެ މަންމަ އާއި އާއިލާގެ އިތުރު މީހަކު ގޭގައި ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ކުއްޖާ މަރުވެފައިވާކަން އެނގުނީ މަސައްކަތުގައި ވަގުތު ހޭދަ ކުރުމަށްފަހު ގެއަށް އައިއިރު، އެއްވެސް ހަރަކާތެއް ނެތި ބިންމަތީގައި އޮތުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔުމުންނެވެ. އެ ވަގުތު އެ އަންހެން މީހާގެ ފިިރިމީހާވެސް ގޭގައި ނެތް ކަމަށް ވެއެވެ. ނަމަވެސް އޭނާ ވަނީ މިހާރު ހައްޔަރުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން ކުއްޖާ ގަބޫލުކުރާގޮތުގައި އޭނާގެ އަނބިމީހާ އެހެން ފިރިހެން ކައިރިއަށްދެއެވެ. އެހެންކަމުން އޭނާއަށް ގަބޫލުކުރެވޭގޮތުގައި، އެ ކުއްޖާއަކީ އޭނާގެ ދަރިއަކަށް ނުވެދާނެއެވެ.

ފުލުހުން ބުނީ، މި ދެ މީހުން ކައިވެނިކޮށްގެން އުޅޭތާ ގާތްގަނޑަކަށް 10 މަސް ވަރު ވެދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު