ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ބޮލީވުޑްގެ ބައެއް ފިލްމުތައް ސިނަމާތަކަށް ނެރުން ލަސްކުރަން ޖެހިދާނެކަމުގެ އަޑުތަކެއް އިންޑިއާގެ ނޫސްތަކުން ފަތުރަން ފަށައިފިއެވެ.

އިންޑިއާގެ ހުރިހާ ހުރިހާ ސަރަހައްދަކުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 60 އަށް އަރާފައެވެ. ކޮވިޑް-19 އާއި ގުޅިގެން އައިފާ އެވޯޑުވެސް ވަނީ ފަސްކޮށްފައެވެ. މި ހަރަކާތް ފަސްކޮށްފައިވަނީ އާންމުންގެ ރައްކާތެރިކަމަށްޓަކައި އެއްވެ ނޫޅުމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން އެނގުމާއި ގުޅިގެންއެވެ. މި އެވޯޑު ހަފްލާ ބާއްވާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ބައެއް ފިލްމުތައް ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ ދުވަހު ނުނެރޭނެ ކަމުގެ އަޑުތަކެއެ ފެތުރިފައިވާ ކަމަށެވެ. ވިޝޭކް ޗޯހާން ބުނިގޮތުގައި މި ބަލީގެ ސަބަބުން ހަމައެކަނި އަސަރު ކުރާނީ ބޮލީވުޑަށް އެކަންޏެއް ނޫނެވެ. މުޅި އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ވެސް ބޮޑެތި ގެއްލިންތަކެއް ލިބިގެންދާނެއެވެ. މި މަހު 24 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ "ސޫރްރިޔަވަންޝީ" އާއި "83" ހިމެނެއެވެ. ސޫރްރިޔަވަންޝީގެ ލީޑު ރޯލުތަކުން ފެނިގެންދަނީ އަކްޝޭ ކުމާރު، ރަންވީރު ސިންގް، އަޖޭ ދޭވްގަން އަދި ކެޓްރީނާ ކެއިފްއެވެ. އޭޕްރިލް 10 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ 83' ގެ ލީޑުން ފެނިގެންދާނީ ރަންވީރު ސިންގް އާއި ދިޕިކާ ޕަޑުކޯންއެވެ.

އޭގެއިތުރުން، މިހާރު ކުރިއަށްދާ ފިލްމުތަކުގެ ޝޫތިންތައް ވެސް ވަނީ މެދުކަނޑާލާފައެވެ. އެގޮތުން ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާނެ "ރާދޭ ޔުއާ މޯސްޓް ވޯންޓެޑް ބާއީ" އާއި އަކްޝޭ ކުމާރު އާއި މަނޫޝީ ޗިލަރގެ "ޕްރިތްވިރާޖް" ގެ އިތުރުން ކަރަން ޖޯހަރުގެ "ތަޙްތު" ގެ ޝޫޓިންތައް ވަނީ މެދުކަނޑާލާފައެވެ.

ކެރެލާއިން 12 މީހަކުގައިން މި ބަލީގެ އަލާމަތްތައް ފެނިފައިވުމާއި ގުޅިގެން ސިނަމާތައްވެސް ވަނީ ބަންދުކޮށްފައެވެ. މީގެ ސަބަބުން އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ބޮޑު ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެ ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރަތް

    ހަދާންއެބަވޭ ދުނިޔޭގައޮތް އެންމެ ނުރައް ކާތެރި ބަލި އެބޯލާ ވައިރަސް ފަގީރު އެފްރި ކާގެ ގައުމުތަ ކުގައި ފެތުރުނުއިރު ޔޫރޮޕް ކުޅިބަލަން އޮތް ހަދާން.. މިހާރު ކޮރޯނާ ޔޫރަޕްގެ ފެތުރިގެން މީހުން މަރުވަމުން ދާއިރު އިޙްސާސްވޭބާ ނި ކަ މެތި އެފްރި ކާގެ ރައްޔިތުން ރުއި ހަދާން.

    19
    2
  2. ޖިންނި

    އަލްޙަމްދުލިﷲ !