ގިނަ ފަހަރަށް ވަޒީފާއެއް ނުލިބިގެން ޝަކުވާކުރާއިރު ވިސްނާލަންޖެހޭކަމަކީ ބައެއް ފަހަރު އިންޓަވިއުގައި އަމިއްލަ މީހާއަށް ކުރެވޭ ކަމަކުންވެސް އިންޓަވިއު ކުރަން ތިބޭ ފަރާތްތަކަށް ކަމުނުދާ ސިފައެއް ހާމަވެ ފެނިގެން ހިނގައިދާނެކަމެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ވަޒީފާއެއް ބައެއް ފަހަރު ލިބުން އުނދަގޫ ވަނީ އަމިއްލަ މީހާއަށް އިންޓަވިއުގައި ކުރެވޭ ނުރަނގަޅު ކަމެއްގެ ސަބަބުންކަމަށްވުމަކީވެސް އެކަށީގެންވާކަމެއްކަމެވެ.

އިންޓަވިއު ކޯޗެއްކަމުގައިވާ ބެރީ ޑްރެކްސްލާރ ބުނާގޮތުގައި ވަޒީފާގެ އިންޓަވިއުއެއްގައި ކޮންމެގޮތެއްވިޔަސް ކޮށްގެން ނުވާނޭ މައިގަނޑު ތިން ކަމެއް އޮވެއެވެ. ޑްރެކްސްލާރ އަކީ މުޅިއަކު 000،10 އަށްވުރެ ގިނަ އިންޓަވިއު ކުރިއަށްގެންގޮސްފައިވާ 30 އަހަރުވަންދެން އެކި އެކި ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމެންޓުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ފަރާތެކެވެ.

ޑްރެކްސްލާރ ބުނާގޮތުގައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެމީހާ ކުރިން ވަޒީފާގައި އުޅުނު ތަންތަނާއި ބެހޭގޮތުން ގޯސްކޮށް ވާހަކަދެއްކުން ހުއްޓާލުމެވެ. އެންމެ ރަނގަޅު ގޮތަކީ ކުރިން ވަޒީފާ އަދާކުރި ތަންތަނާއި އެތަންތަނުގެ އިސްވެރިންނާއި ބެހޭގޮތުން އެއްވެސް ކަހަލަ ގޯސް ބަހެއް ނުބުނުމެވެ. ސަބަބަކީ އެފަދަ ކަމެއްކޮށްފި މީހަކަށް ދެވަނަ ފަހަރަށް މިހާރު ތި ވަންނަން އުޅޭ ކުންފުންޏާއި އެކުންފުނީގެ އިސް ވެރިންނާއި ބެހޭގޮތުންވެސް ގޯސްކޮށް ވާހަކަދައްކަން ކެރޭނެތީއެވެ.

އަދި ތިބާއަށް ކުރެވޭ ކުށްތަކުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި އެޅުވުމަކީވެސް އިންޓަވިއުގައި ކޮށްގެން ނުވާނޭ ކަމެކެވެ. އެފަދަ މީހުންނަކީ އިންޓަވިއުއެއްގައި އިންޓަވިއު ކުރާ ފަރާތްތަކުން ވަރަށް ފަސޭހައިން ފާހަގަކޮށް ދެނެގަންނަ ބަޔަކަށްވާއިރު އެފަދަ މީހުންނަކީ އިންޓަވިއުކުރާ ފަރާތްތަކުން ވަރަށް ހިތްހަމަނުޖެހޭ ބައެއްކަމަށް ޑްރެކްސްލާރ ވަނީ ކިޔައިދީފައެވެ.

ދެން ވިސްނަންވީކަމަކީ ކުރިން މަސައްކަތްކުރި ފަރާތްތަކާއި ބެހޭގޮތުން ވާހަކަދައްކާއިރު އެއްވެސްކަހަލަ ޒާތީ ހަސަދަވެރިކަމެއް ނުބޭއްވުމެވެ. އެއީ އެހެން މީހުންނާއި ގުޅިގެން އުޅެން އުނދަގޫ މީހެއްކަން އަދި ކަންކަމަށް މައާފްކޮށް ހަދާން ނެއްތުމަށް ނޭނގޭ މީހެއްކަން ވަރަށް ފަސޭހައިން ދައްކުވައިދޭ ކަމެކެވެ.

މި ދެންނެވި ކަންކަމަކީ ދާއިރާގެ ތަޖުރިބާކާރެއްގެ ފަރާތުން ލިބިފައިވާ މުހިންމު ބައެއް މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ީިލިލީ

    ވަޒީފާ ބޭނުމިއްޔާ ވަކި ޕާޓީ އަކަށް ނިސްބަތްވާންވީ. ވަޒީފާދޭ މީހުން ހިތްހަމަ ޖެހޭމީހަކަށްވާންވީ. މީހަމަ ބޭކާރު އެއްޗެއް.ތަޖުރިބާާއާ އެކު މިބުނަނީ

    • ކާކު؟

      ތީ އީ ތޭދެއް!