ބޮލީވުޑްގެ އެކްޓްސް ދިޕިކާ ޕަދުކޯން މިހާރު ކައިވެނިކޮށްގެން އުޅެނީ އެކްޓަރ ރަންވީރް ސިންގާއެވެ. ދިޕިކާ މިހާރު އުފަލުގައި އުޅެމުން އައި ނަމަވެސް، އޭނާގެ ދިރިއުޅުމުގައި ވަރަަށް އުނދަގޫ ހިތްދަތި ދުވަސްތަކެއް އައެވެ.

ކުރިން އެކްޓަރ ރަންބީރު ކަޕޫރް އާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިޕިކާ ވަަނީ ދާދި ފަހުން ވަނީ އޭނާ ދުވަހަކުވެސް ބޭވަފާ ތެރިނުވާކަމުގެ ޔަގީންކަން ދީފައެވެ.

"އަހަރެން ރިލޭޝަންޝިޕެއްގައި އުޅުނުއިރު ދުވަހަކުވެސް މީހަކަށް ބޭވަފާތެރިއެއް ނުވަން، އަހަރެން އެކަން ކުރާނަމަ ކީއްކުރަންތޯ ރިލޭޝަންޝިޕެއްގައި އުޅެންވީ، އެއަށްވުރެ މާ ރަނގަޅުވާނެ އަހަރެން ސިންގަލްކޮށް ހުރެމަޖާ ކުރުން، އެހެން ނަމަވެސް އެންމެން މިިގޮތަށް ނުވިސްނާ". އޭނާ ބުނެފައި ވެއެވެ.

އެއްވެސް މީހެއްގެ ނަން ހާމަ ނުކޮށް ދިޕިކާ ވަނީ، އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކު އޭނާއަށް ބޭވަފާތެެރިވިކަން ހާމަކޮށްފައެވެ.

"އެހެންވެ ކަންނޭނގެ އަހަރެންނަށް މީގެ ކުރިން "ހާޓް"ވެފައި ހުރީ، އަހަރެންނަށް އޭނައަށް ދެވަނަ ފުރުސަތެއް ދެވުނީ، އެކަން ކުރީވެސް އޭނާ ރޮއެ އާދޭސް ކުރުމުން، އޭގެ ފަހުން އަހަރެން އޭނާ ރެޑް ހޭންޑްކޮށް ހިފިން".

ދިޕިކާ ބުނެފައިވާގޮތުގައި، އޭނާ އެކަމުން ދުރަށްދާން ގިނަ ދުވަސްތަކެއް ވިއެވެ. އެހެން ނަަވެސް އެކަން ކޮށްފި ކަމަށާއި، އޭނާ އެނބުރި ދިއުމަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ދިޕިކާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނެފައިވާގޮތުގައި، ފުރަތަމަ ފަހަރަށް އެ މީހާ އޭނާއަށް ބޭވަފާތެރިވުމުން އޭނާ ހީކުރީ ރިލޭޝަންގައި މައްސަލައެއް އުޅެނީ ކަމަށެވެ.

"ނަމަވެސް އެކަން ތަކުރާރުވުމުން، އެއީ އެ މީހާގެ މައްސަލައެއްކަން ޔަގީންވާނެ، ހުރިހާ ދޮގާއި އޮޅުވާލުން".

ދިޕިކާ ރަންބީރު އާ ލޯބީގެ ގޮތުން ދެ އަހަރު ވަންދެން އުޅުނެވެ. އެ ގުޅުން ކެނޑި، ދިޕިކާ ދެން ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށީ ރަންވީރު އާއެވެ. އަދި 2018 ވަނަ އަހަރު ތެރޭގައި ދެ މީހުން ވަނީ ކައިވެނިކޮށްފައެވެ.