ކޮވިޑް-19 ގެ ބިރުވެރިކަން މިހާރު އެންމެ ބޮޑުވެފައިވާ އިޓަލީގެ ސިޓީއެއްކަމަށްވާ ނެޕްލްސްގައި ކޮވިޑް-19 ޖެހިގެން މަރުވި އަންހެނެއްގެ ހަށިގަނޑު ބަލާ، އިޓަލީގެ ކަމާއި ބެހޭ އޮތޯރިޓީތަކުން އައީ، އެކަން މީސް މީޑިއާގެ ސަމާލުކަމަށް ގެނައުމުންނެވެ.

އާއިލާއެކު ދިރިއުޅެމުންދިޔަ އުމުރުން 47 އަހަރުގެ އިރެސާ ފްރެންޒީސްގެ ހަށިގަނޑުން ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށީ މިދިޔަ ހަފްތާ ތެރޭގައެވެ. ދުވަހެއް ދުވަހަަކަށް އޭނާގެ ހާލަތު ދަށްވަމުން ގޮސް، ހެދި ޓެސްޓުތަކުގެ ނަތީޖާ ނުލިބެނީސް އޭނާ ވަނީ މަރުވެފައެެވެ.

އިރެސާގެ މަރުވީ ގޭގެ އެނދުމަތީގައި އޮއްވާއެވެ. އެކަން ހޮސްޕިޓަލްގެ ސަމާލުކަމަށް ގެނައުމުންވެސް އެއްވެސް މީހަކު އޭނާ ނުގެންދިޔައެވެ.

އެންމެފަހުން އެކަން މީސް މީޑިއާގެ ސަމާލުަކަމަށް ގެންނަން މަޖުބޫރުވީ އޭނާގެ ކޮއްކޮ ލޫކާއަށެވެ.

"އަހަރެންގެ ދައްތަ އެ އޮތީ މަރުވެފައި އެނދުގައި، އަހަރެންނަކަށް ނޭނގެ، އަހަރެން ކަންތައްކުރަންވީ ގޮތެއް. ދައްތަ ބޭނުންވާ ކަހަކަ ގޮތަކަށް ޖަނާޒާއެއް އަަހަރެންނަށް ކުރިއަށްގެންދެވޭކަށް ނެތް، ހުރިހާ އިންސްޓިޓިއުޝަންތަކުން އަހަރެން އެކަނިވެރިކޮށްލައިފި" ލައިވް ވީޑިއޯއެއް މެދުވެރިކޮށް އޭނާ ބުނެފައި ވެއެވެ.

އެ ވީޑިއޯގައި އޭނާ ވަނީ، މަރުވެފައިވާ އޭނާގެ ދައްތަގެ ހަށިގަނޑުވެސް ދައްކާފައެވެ. އޭނާ ވަނީ، އެންމެންވެސް އެ ވީޑިއޯ ޝެއާ ކުރުމަށް އެދިފައެެވެ.

އެ ވީޑިއޯ ހިއްސާ ކުރިތާވެެސް އެތައް އިރެސާގެ ހަށިގަނޑު ބަލާ ބަޔަކު އައެވެ. ކޮވިޑް-19 އަށް ރައްކާތެރިވުމަށް ބޭނުންކުރާ ހުރިހާ އެއްޗެއް ލައިގެން އައި އެ މީހުން އޭނާގެ ހަށިގަނޑު ގެންދިޔައީ ސީދާ ސަަހަރާއަށެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުލީ، ޖަނާޒާއެއް ބޭއްވުމެއް ނެތިއެވެ.

އަދި މިހާރު އޭނާގެ މުޅި އާއިލާ އޮތީ ކަރަންޓީންކޮށްފައެވެ. އެއީ އެ މީހުންނަށްވެސް އެ ބަލި ޖެހިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ކޮވިޑް-19ގެ ބިރުވެރިކަމާއި ހެދި މުޅި އިޓަލީ އޮތީ ހުއްޓމަކަށ އައިސްފައެވެ. އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1266 އަށް އަރާފައެވެ.

މިހާރު އެ ގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ މިވަނީ 17660 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަބުރު?

    ވަރަށް ދެރަ. ނުރައްކާ ބޮޑުކަމުން ކޮމެންޓްވެސް ކުރަންމިޖެހެނީ މާސްކް އަޅައިގެން.

    35
    9
  2. ނައީމް

    އައްނި އަށް ކައުންސިލް މެޖޯރިޓީ ދީފިނަމަ ދީނީ މިނިވަންކަން މިގައުމުގަ ހުޅުވާލާނެ ގޮތްނިންމާނީ ތައްޔިތުން މިކަމަށް ތިޔަބައިމީހުން ނުރުހޭނަމާ ފާޅުގަ އިދިކޮޅަށް ކެމްޕެއިންކޫރޭ. ދެން އިތުރަކަށް ބަރުލަމާނީ ނިޒާމަކަށް ބަދަލް ކުރަން ރައްޔިތުންގެ ވޯޓަކަށް ނާހާނެ ހުރިހާކަމެއްވެސް ކޮއްފަބުނާނެ ރައްޔިތުންގެ މެޖޯރެޓީ އޭ ރައްޔިތުންނޭ ހޭލާށޭ ހޭއަރާށޭ ގައުމު ހަލާކު މިހުރަނީ ހަމަ ރައްޔިތުން ނޫންތޯ. ވޯޓުން މެޖޯރިޓީން..... ޔަގީން ހަބަރެއް...

    72
    5
  3. ޕާޓީއަށްވުރެމުހިންމީއަހަރެންގެދީން

    ރަށްރަށުގައި ވެސް ފާޅުގައި އިސްލާމް ދީނަށް ހަޖޫޖަހައި ޝައްކު އުފައްދާ ދޭނެ މީހުން އުފައްދައި އެމީހުންނަށް އަމާންކަމާއި ރައްކާތެރިކަން ކައުންސިލް ތަކުން ފޯރުކޮއްދޭވޭނީ އޭރަށް. އިސްލާމް ދީނަށް ނަސްރު ނުދޭ ބައިގަޑަކަށް މިފަހަރު ނޫނެކޭ ބުނަމާ،

    60
    4